ނ. ކެނދިކުޅުދޫ ލޯކަލް ޓޫރިޒަމް އައިލެންޑް މެނޭޖަރ ކަނޑައެޅުމާއި ހޯމް ސްޓޭ އުސޫލު ފާސްކުރުން - ނ. ކެނދިކުޅުދޫ ކައުންސިލްގެ ޤަރާރު
الحَمْدُ اللهِ مَالِكِ الْمُلْكِ، ذِيْ الْجَلَالِ وَالْإِكْرَامِ، وَالصَّلاَةُ وَالسَّلَامُ عَلَى سَيِّدِنَا مُحَمَّدٍ، وَعَلَى آلِهِ وَصَحْبِهِ الْكِرَامِ. أَمَّا بَعْدُ
ދެންފަހެ، އަހުރެމެން، މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ މެންބަރުންގެ ހައިސިއްޔަތުން، ބުނެ ފާސްކުރަމެވެ.
1. ނ. ކެނދިކުޅުދޫ ކައުންސިލްގެ 4 ވަނަ ދައުރުގުގެ 119 ވަނަ ޢާންމު ޖަލްސާއަށް ހުށައެޅިފައިވާ މިކައުންސިލްގެ ނަންބަރު: (DIR)286-CB/286/2025/2 އުސޫލު، ހުރިހާ މެންބަރުންގެ އިއްތިފާޤުން ފާސްކޮށް ޢަމަލުކުރުމަށް ނިންމަމެވެ.
2. ނ. ކެނދިކުޅުދޫ ހޯމް ސްޓޭ އުސޫލުގެ ދަށުން އައިލެންޑް މެނޭޖަރެއްގެ ގޮތުގައި، ނ. ކެނދިކުޅުދޫ، ކުޅުދޫ، ދިލްޝާދުގެ، އަލްފާޟިލް އިބްރާހީމް ޝަނީޒް، އައިޑީ ނަންބަރު: A209192 ކަނޑައަޅާ އައްޔަންކުރުމަށް ނިންމަމެވެ.
وَصَلَّى اللهُ وَسَلَّمَ عَلَى سَيِّدِناَ مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِيْن، وَالْحَمْدُ للهِ رَبِّ الْعَالَمِيْن
މިޤަރާރުގައި ލިޔެ ސޮއިކޮށްފައިވަނީ ހިޖުރީ ސަނަތުން ހާހާއި ހަތަރު ސަތޭކަ ސަޔާޅީސް ވަނަ އަހަރުގެ ރަޖަބު މަހުގެ އަށް ވަނަ ދުވަސް ކަމުގައިވި މީލާދީ ސަނަތުން ދެހާސް ފަންސަވީސް ވަނަ އަހަރުގެ ޖަނަވަރީ މަހުގެ އަށް ވަނަ ދުވަސް ކަމުގައިވި ބުދަ ދުވަހު ބޭއްވުނު މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ ސަތޭކަ ނަވާރަ ވަނަ ޢާންމު ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންނެވެ.
Publication Date
08-01-2025
Download