"މަގޭ ހިޔާ" ކެނދިކުޅުދޫގައި ހައުސިން ޕްރޮޖެކްޓެއް ފަށަނީ

14-06-2023

thumbnail_news_featured

"މަގޭ ހިޔާ" މި ނަމުގައި ނ.ކެނދިކުޅުދޫގައި ހައުސިން ޕްރޮޖެކްޓެއް ފެށުމުގެ ގޮތުން އެކަމުގެ މަޢުލުމާތު ބައްދަލުވުމެއް މި މަހު (21 ޖޫން 2023) ކެނދިކުޅުދޫ ކައުންސިލްގައި ބާއްވާނެއެވެ.

ރެޖިސްޓްރޭޝަން ލިންކް: https://forms.office.com/r/typk3dbrQR

މި ޕްރޮޖެކްޓަކީ ނ.ކެނދިކުޅުދޫ ކައުންސިލާއި ބޭރު ކުންފުންޔަކާއި ގުޅިގެން ހިންގުމަށް ރޭވިފައިވާ ޕްރޮޖެކްޓެކެެވެ.

ކެނދިކުޅުދޫގައި ދޫކޮށްފައިވާ ގެވަޅުތަކުގައި ގެއަޅައިދުނުމަށް ރޭވިފައިވާ މިޕްރޮޖެކްޓަކީ، ދިގު މުއްދަތުން ފައިސާ ދައްކާ ޚަލާސް ކުރާ އުސޫލުން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ.

"އުންމީދަކީ މި ޕުރޮޖެކްޓިގެ ދަށުން މި ރަށު ރައްޔިތުންނަށާއި ރަށުން ބޭރު، ކެނދިކުޅުދޫގައި ދިރުއުޅުމަށް ގަސްދުކުރާ ފަރާތްތަކަށް، އަވަސް ލުއި ގޮތްތަކަށް ބޯހިޔާ ވަހިކަން ލިބިގެން ދިއުން" މުޙައްމަދު ރަޢޫފް - ކައުންސިލްގެ ރައީސް