ރިޔާސީ އިންތިޙާބު 2023 - އޮބްޒާވްކުރުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

20-07-2023

thumbnail_news_featured

09 ސެޕްޓެމްބަރު 2023 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ވޯޓު ނެގުމާއި، ގުނުމުގެ ކަންތައްތައް އޮބްޒާވުކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް (ސިޔާސީ ޕާޓީތަކާއި، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، އަމިއްލަ ގޮތުން އޮބްޒާވްކުރުމަށް އެދޭ ފަރާތްތައް) އެކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު 2023 ޖުލައި 19 އިން 2023 އޮގަސްޓް 13 ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 އިން މެންދުރުފަހު 03:00 ، ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އާ ހަމައަށް ހުޅުވާލެވިފައިވާކަމުގައި އިލެކްޝަންސް ކޮމިޝުން އަންގަވާފައިވެއެވެ.

އަދި މި މެއިލްއާއެކު ރިޔާސީ އިންތިޚާބު 2023 ގެ ވޯޓު ނެގުމާއި، ގުނުމުގެ ކަންތައްތައް އޮބްޒާވުކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް (ސިޔާސީ ޕާޓީތަކާއި، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، އަމިއްލަ ގޮތުން އޮބްޒާވްކުރުމަށް އެދޭ ފަރާތްތައް) އެކަމަށް އެދި ފޯމު ހުށައެޅުމުގެ ފުރުސަތު ހުޅުވާލައި އެ ކޮމިޝަނުން ކުރައްވާފައިވާ އިޢުލާން، އޮބްޒާވަރަކަށް ވުމަށް އެދޭ ފޯމް، އިޤުރާރު، ލިސްޓްގެ ޓެމްޕްލޭޓް އަދި ސުލޫކީ މިންގަނޑު ފޮނުވީމެވެ.

ވީމާ، މިއިޢުލާން އާއްމުކޮށް ފެންނާނޭހެން ބަހައްޓަވައިދެއްވުމަށްފަހު މިއިދާރާއަށް އަންގަވައިދެއްވުން އެދެމެވެ.

ފޯމް ހުށަހެޅުމާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންގެ ނޯޓް: ފޯމު ހުށަހަޅާނީ ފޯމުހުށަހަޅުއްވާ ފަރާތުން އީމެއިލް މެދުވެރިކޮށެވެ. ފޯމު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ފޯމާއި ލިޔެކިއުން ފޮނުވާނީ omc@elections.gov.mv އަށެވެ. ފައިލް ސައިޒް 10mb އަށް ވުރެ ބޮޑުވެގެން މި ކޮމިޝަނަށް ނުލިބޭ އީމެއިލްތައް ބެލެވޭނީ ހުށަނާޅާ ފޯމެއްގެ ގޮތުގައެވެ.

އިއުލާނުގެ ލިންކް:

https://gazette.gov.mv/iulaan/249370

20 ޖުލައި 2023