ޒުވާނުންގެ އިނާމާ ބެހޭ
2024 ވަނަ އަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޒުވާނުންނަށް ޙާއްސަ ކޮށްގެން ޒެވާނުންގެ އިނާމު ދިނުމަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވަނީ ހުޅުވާލާފައެވެ.
ޒުވާނުންގެ އިނާމަކީ ތަފާތު ދާއިރާތަކުން ޤައުމުގެ ތަރައްޤީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ އިނާމެކެވެ. އަދި މި އިނާމަކީ ޤައުމުގެ ތަރައްޤީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމަޢުއަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި ވާގިދިނުމުގެ ގޮތުން ދެވޭ އިނާމެކެވެ.
އެހެންކަމުން، މި އިނާމަށް ނަން ހުށަހެޅުއްވުމަށް ޝަރުތުހަމަވާ 18 އަހަރު ފުރި 36 އަހަރު ނުވާ ފަރާތްތަކުން، 26 ސެޕްޓެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެޕްލިކޭޝަން ފޯމް ހުށަހެޅުއްވުމަށް ދަންނަވަމެވެ. އެޕްލިކޭޝަން ހުށަހަޅުއްވާނީ ގޫގުލް ލިންކް: https://forms.gle/nL5K5ZRqWNc6dy9v9 ނުވަތަ އީމެއިލް info@youth.gov.mv މެދުވެރިކޮށެވެ. ނުވަތަ ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ރިސެޕްޝަނަށެވެ. ޒުވާނުންގެ ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އަދި ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުނު 14:00 އަށެވެ.
މި އިނާމަށް ކުރިމަތިލާން ޝަޢުގުވެރިވާ ފަރާތްތަކުން ފޯމް ހުށަހެޅުމަށް ދީފައިވާ ސުންގަޑި 26 ސެޕްޓެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ފޯމް ހުށަހެޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
ޑައުންލޯޑް ކުރުމަށް
ރަށުގެ އިއުލާނާއި ދެންނެވުން
20-07-2026
ކެނދިކުޅުދޫ ކައުންސިލްގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުމާގުޅޭ ގުޅޭ
14-07-2026
ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓު ލިބުނުގޮތުގެ ޝީޓު އާއްމު ކުރުން –ކައުންސިލް އޮފިސަރ (ދާއިމީ)
14-07-2026
ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓު ލިބުނުގޮތުގެ ޝީޓު އާއްމު ކުރުން – އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް (ދާއިމީ)
13-07-2026
ކަދުރު ބެހުމާ ގުޅޭ
13-07-2026
ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓު ލިބުނުގޮތުގެ ޝީޓު އާއްމު ކުރުން – ކޮމްޕިއުޓަރ ޓެކްނީޝަން (ދާއިމީ)
09-07-2026
ނ.ކެނދިކުޅުދޫގެ އަތިރިމަތިން ކަނޑު އުޅަނދު އެހެލާ ބޭލުން މަނާ ސަރަހައްދުތައް ކަނޑައެޅުމާ ގުޅޭ
09-07-2026
ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓު ލިބުނުގޮތުގެ ޝީޓު އާންމު ކުރުން – ކައުންސިލް އެސިސްޓެންޓް (ދާއިމީ)
05-07-2026
ވަޒީފާއަށް ކުރިމަތިލި ފަރާތްތަކުގެ ސްކްރީނިންގ މަރުޙަލާގެ ނަތީޖާ ޝީޓު –ކައުންސިލް އޮފިސަރ (ދާއިމީ)
01-07-2026