ކައުންސިލް

ކެނދިކުޅުދޫ ކައުންސިލަކީ ޤާނޫނު ނަމްބަރ 7/2010 “ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫން” އިން ބާރު ލިބިގެން އުފައްދާފައިވާ މިނިވަން މުސްތަޤިއްލު މުވައްސަސާއެކެވެ. ހަމައެއާއެކު އަމިއްލަ ނަމުގައި ދައުވާކުރުމާއި، ދައުވާ ލިބިގަތުގެ ބާރާއި އަދި އަމިއްލަ ނަމުގައި މުޢާމަލާތްކުރުމުގެ ހައިސއްޔަތު ލިބިފައިވާ ވަކި ސިއްކައެއް އޮންނަ ޤާނޫ ޝަޚުސެކެވެ. ލާމަރުކަޒީ ޤާނޫނު ވުޖޫދުވުމާގުޅިގެން ކުރިން ހިންގަމުން އައި ކެނދިކުޅުދޫ ރަށު އޮފީސްތަކުގެ ދަށުން ހިނގަމުން އައި އެންމެހާ މަސައްކަތްތަކާއި ރަށުއޮފީސްތަކުގެ ބެލުމުގެ ދަށުގައި ހުރި އެންމެހާ ވަޞީލަތްތަކާ، ހަރުމުދަލާ، ތަންތަން އަދި މުވައްޒަފުން، ޤާނޫނުގައި އޮންނަ ހަމައިގެމަތިން ކެނދިކުޅުދޫ ކައުންސިލަށް ނަގުލުކުރެވުނެވެ. މުވައްސަސާގެ މައިގަނޑު ބޭނުމަކީ ކެނދިކުޅުދޫގެ ރައްޔިތުންގެ ކަންކަން ދީމިޤްރާތީ އަދި ޖަވާބުދާރީވަނިވި އުސޫލުން ނިންމުމަށް މަގުފަހިކޮށްދީ، އިޖްތިމާޢީގޮތުންނާއި އިޤްތިޞާދީގޮތުންނާއި، ޘަޤާފީގޮތުން، ކެނދިކުޅުދޫގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ރައްޔިތުން ބާރުވެރިކޮށް، ރައްޔިތުންނާ އެންމެ ގާތުން ފުޅާދާއިރާއެއްގައި ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދީ، ކެނދިކުޅުދޫގައި އަމާންވެއްޓެއް ޤާއިމްކޮށް ދިނުމުގެވެ. ބަޔާންކުރެވުނު މަޤްޞަދުތަށް ޙާޞިލްކުރުމަށް ކެނދިކުޅުދޫ ކައުންސިލުން ކުރިއަށްގެންދާނެ އެންމެ މުހިއްމު މަސައްކަތަކީ ރަށްވެހިކަމުގެ ޚިދުމަތްތަށް ރަށުގައި ދިނުމެވެ. މިކަމަށް މަގުފަހިކުރުމަށް ކައުންސިލުން ތަރައްޤީގެ ޕްލޭންހަދައި، ޕްލޭނަށް ރިޢާޔަތްކޮށް ތަރައްޤީގެ މަޝްރޫޢުތައް ރާވައި، ބަޖެޓް ތައްޔާރުކޮށް ތަންފީޒުކުރުމުގެ މަސައްކަތް ގެންދިއުމަކީ ރަށުކައުންސިލުން ކަންކަން ޙާޞިލްކުރުމަށް ގެންގުޅޭނޭ ގޮތްތަކެވެ. ހަމައެއާއެކު މިކަންކަން ތަންފީޒުކުރުމާއި ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހަދަންޖެހޭ ގަވައިދުތަކާއި، އުސޫލުތަކާއި، ހަމަތައް ކަނޑައަޅަމުން ގެންދިއުމަކީ ކެނދިކުޅުދޫ ރަށުކައުންސިލްގެ ހިންގުމުގެ ވައްޓަފާޅިއެވެ.

ތަޞައްވުރު

ކެނދިކުޅުދޫ ކައުންސިލްގެ އިދާރާއަކީ، މުޅިރައްޔިތުންގެ ހެވާއި ލާބަޔަށްޓަކައި ކަންކަން އެކަށަހަޅައި، ރަށުގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި، ސަރުކާރާއި ދައުލަތުގެ އެންމެހާ މުއައްސަސާތަކުގެ ސިޔާސަތުތަކަށް ފެތޭގޮތަށް، ހުނަރުވެރިކަމާއެކު، އެންމެންގުޅިގެން މަސައްކަތްކުރާ، އިޚްލާޞްތެރިކަމާއެކު ޚިދުމަތްދޭ، ޤާބިލު ޒިންމާދާރު މުވައްޒަފުން ތިބި، ނަތީޖާ ޙާޞިލުކުރާ، ނަމޫނާ ދައްކައިދޭ ރަށުކައުންސިލްގެ އިދާރާއަކަށްވުން އަދި ނ. ކެނދިކުޅުދޫއަކީ، އެއްބައިވަންތަ އަދި ތަހުޒީބީ ރައްޔިތަކު ދިރިއުޅޭ ހިތްފަސޭހަ އަމާން ވެއްޓެއް ޤާއިމްކުރެވިފައިވާ ދީނާއި ޤައުމަށް ލޯބިކުރާ ދުޅަހެޔޮ ޞިއްޙަތެއްގައި ތިބި ބަޔަކު ދިރިއުޅޭ ރަށަކަށް ހެދުމަށް ހިއްމަތާ މިންނަތާއެކު މަސައްކަތްކުރުން

އަމާޒު

ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ޚިދުމަތްތައް ޒަމާނީ ޓެކްނޮލޮޖީއާއި ވަސީލަތްތަކުގެ އެހީގައި އެކަށީގެންވާ އަވަސް މިނެއްގައި ފޯރުކޮށްދިނުމާއި، ކައުންސިލްގެ މަސައްކަތްތަކުގެ ދެފުއްފެންނަ ހެން ރައްޔިތުންނާއި ގާތް ގުޅުމެއް ޤާއިމްކޮށްގެން ސަރުކާރުގެ އެންމެހާ އިދާރާތަކާއި ގުޅިގެން ރަށުގެ ތަރައްޤީއަށާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކޮށް ރަށު ރައްޔިތުންނަށް އެކި ގޮތްގޮތުން ލިބެންޖެހޭ އިޤްތިޞާދީ ފުރުޞަތުތައް ފޯރުކޮށްދިނުމާއި އެފަދަ ކަންކަމަށް މަގުފަހިކޮށްދީ ފުރުޞަތުތައް ދެމެހެއްޓުމަށް މަސައްކަތްކުރުން