ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ސިޔާސީ ހަރަކާތް ހިންގުމަށް ދޫކޮށްފައިވާ ބިން ބާޠިލުކުރުމާ ބެހޭ
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ސިޔާސީ ހަރަކާތް ހިންގުމަށް 2023 ވަނަ އަހަރު ކެނދިކުޅުދޫއިން ދޫކޮށްފައިވާ ބިމުގެ އެގްރިމަންޓް (ނަންބަރު: (AGR)286-CB/286/2023/18) އަދި ސިޔާސީ ޕާޓި ތަކަށް ބިން ދޫކުރުމުގެ އުޞޫލު (ނަންބަރު: (DIR)286-CB/286/2023/2) އަދި އިލެކްޝަން ކޮމިޝަން އޮފް މޯލްޑިވްސްގެ އިޢުލާން (ނަންބަރު: (IUL)38-CB./38/2025/61) އާއި ޙަވާލާދީ ދަންނަވަމެވެ.
އިލެކްޝަން ކޮމިޝަން އޮފް މޯލްޑިވްސް އިން 30 ޖަނަވަރީ 2025 ގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުވާލާފައިވާކަން އަންގާ އިޢުލާން ގެޒެޓްގައި ޝާއިރުކޮށްފައިވާތީ އާއި ސިޔާސީ ޕާޓި ތަކަށް ބިން ދޫކުރުމުގެ އުޞޫލުގެ 9 ވަނަ މާއްދާގެ (ހ)،(ރ) އަދި (ބ) އާ ހިލާފުވެފައިވާތީ އާއި މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލް އިދާރާއާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ 11 ވަނަ މާއްދާ (އެއްބަސްވުން އުވާލުން) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ވެފައި ނުވާތީ ޕީޕީއެމް އަށް ސިޔާސީ ހަރަކާތް ހިންގުމަށް 2023 ވަނަ އަހަރު ކެނދިކުޅުދޫއިން ދޫކޮށްފައިވާ 3000 އަކަފޫޓު ބިމުގެ އެގްރިމަންޓް 30 ޖަނަވަރީ 2025 ގައި ބާޠިލު ކުރިކަން އިޢުލާން ކުރަމެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
13 ޝައުބާން 1446
12 ފެބުރުވަރީ 2025
ޑައުންލޯޑް ކުރުމަށް
ރަށުގެ އިއުލާނާއި ދެންނެވުން
13-03-2025
ކެނދިކުޅުދޫން ދޫކޮށްފައިވާ އާގެވަޅުތަކުގެ ސަރަހައްދުތަކުގައި މަގުބައްތި ޖެހުމަށް އަޅަންޖެހޭ ކޭބަލް ކޮނެ ވަޅުލައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
13-03-2025
ނ. ކެނދިކުޅުދޫ ކައުންސިލްގެ އިދާރާއަށް 2 މޮޓޯސައިކަލު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
10-03-2025
ޕްރޮކިއުމަންޓާ ގުޅޭ މަޢުލޫމާތު ޢާންމުކޮށް ޝާއިޢުކުރުން - ފެބުރުވަރީ 2025
10-03-2025
ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމަށް ބިންދޫކުރުމުގެ އުސޫލަށް ޚިޔާލު ހުށައެޅުމަށް ހުޅުވާލުން
05-03-2025
ކެނދިކުޅުދޫ ކައުންސިލްއަށް ބޭނުންވާ ކޮންޕިއުޓަރ ސިސްޓަމްތައް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ
04-03-2025
ނ.ކެނދިކުޅުދޫ އަތިރިމަތީގައި އެއްވެސް އަމިއްލަ ފަރާތެއްގެ މުދަލެއް ވާނަމަ އެތަކެތި ނެގުމާ ބެހޭ
25-02-2025
ކެނދިކުޅުދޫ ސްޓޭޑިއަމް ރޮސްޓްރަމް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމައް ކުރި އިޢުލާނުގެ މުއްދަތު އިތުރުކުރުމާ ގުޅޭ
25-02-2025
ކެނދި ޕްލޭ ސްކޫލަށް ދަރިވަރުން ވެއްދުމާއި ގުޅޭ
25-02-2025