ރުއްގަހުގެ ވެރިފަރާތްތައް ހޯދުމާއި ގުޅޭ

ނ. ކެނދިކުޅުދޫ، ކުޅުދޫ އަވަށުން ދިގުމުއްދަތަށް ކުއްޔަށް ދޫކޮށްފައިވާ ދަނޑުބިންތަކާއި އިންވެގެން އަމީނީމަގަށާއި އަދި ދަނޑުބިންތަކަށް އަރާގޮތަށްހުރި ރުއްގަހުގެ ވެރިފަރާތްތައް ހޯދަން ބޭނުންވެއެވެ.

ނަންބަރުތަކުގެ ތަފްޞީލު

މިސަރަހައްދަށް އަރާ ރުއްގަހުގައި ނަންބަރު ޖަހާފައި ހުންނާނީ M-1 އިން ފެށިގެން M-45 އާ ހަމައަށް ރަތް ކުލައިގެ ދަވާދުންނެވެ. މި ސަރަހައްދުގައި ހުރި ރުއްގަހުގެ ވެރިފަރާތްތަކުން 28 ޑިސެންބަރު 2025 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ރުއްގަސް ނަންނޯޓުކުރާ ފޯމް މެދުވެރިކޮށް ފޯމް ހުށަހެޅުމަށް ދަންނަވަމެވެ. ފޯމް ހުށަހަޅާނީ ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ކައުންޓަރަށް ނުވަތަ އޮންލައިން ކޮށްނަމަ ms@kendhikulhudhoo.gov.mv އީމެއިލް އެޑުރެހަށެވެ. ރުއްގަހުގެ ނަންބަރު ނޯޓުކުރާ ފޯމް އަދި ސަރަހައްދު އަންގައިދޭ ޗާޓު މިއިޢުލާނާއެކު ގެޒެޓް ކޮށްފައިވާނެއެވެ. އަދި މީގެއިތުރުން ރުއްގަސް ނޯޓްކުރާ ފޯމް މިކައުންސިލްގެ ވެބްސައިޓުން އަދި ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

ޑައުންލޯޑް ކުރުމަށް

ރަށުގެ އިއުލާނާއި ދެންނެވުން

30-12-2025

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ ދޫކުރުމާއި ގުޅޭ

24-12-2025

ރަށުގެ ޕްރޮޓެކްޓެޑް އޭރިޔާ ތެރޭގައި ހުރި ގަސްގަހުގެ ހިކިދަރު ހޮވުމުގެ ފުރުސަތު ހުޅުވާލުމާއި ގުޅޭ

24-12-2025

ދިވެހި ބޭސްވެރިންގެ ދަފްތަރެއް އެކުލަވާލުން

22-12-2025

ޕަބްލިކް ސްޕީކިންގ ޓްރެއިނިންގ ޕްރޮގްރާމް ހިންގުމާއި ގުޅޭ

21-12-2025

ނ. ކެނދިކުޅުދޫގައި ކުރިއަށްދާ ފެނާ ނަރުދަމާގެ މަސައްކަތާއި ގުޅޭ

18-12-2025

މޯލްޑިވްސް، މިއުޒިކް އެންޑް އާރޓްސް ސެންޓަރުން ކުރިއަށް ގެންދާ މުބާރާތް، "މަދަހަ ރަންއަޑު" އާއި ގުޅޭ

18-12-2025

ވޮލީބޯޅަ ރެފްރީން ތަމްރީން ކުރުމުގެ ކޯހެއް ހިންގުމާއި ގުޅޭ

18-12-2025

ރުއްގަހުގެ ވެރިފަރާތްތައް ހޯދުމާއި ގުޅޭ

14-12-2025

ކެނދި ޕްލޭ ސްކޫލަށް ދަރިވަރުން ވެއްދުމާއި ގުޅޭ