އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ ދޫކުރުމާއި ގުޅޭ
ނ. ކެނދިކުޅުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ކެނދިކުޅުދޫ ކައުންސިލުގެ އެހީތެރިކަމާއެކު ތަރައްޤީކޮށްފައިވާ "ކެނދިކުޅުދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ" ބޭނުންކުރުމާއި ކުއްޔަށްދިނުމަށް ވަނީ ނިންމާފައެވެ. މި ސެންޓަރު ބޭނުންކުރެވޭނީ ކައުންސިލު ނުވަތަ ކެނދިކުޅުދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބޭނުމަށާއި، ދަޢުލަތުގެ އިދާރާތަކާއި މުޢައްސަސާތަކުގެ ރަސްމީ ބޭނުމަށާއި، ޕާޓީތަކާއި ހަފްލާތައް ބޭއްވުމަށާއި އަދި ޢާންމު ރައްޔިތުންނަށެވެ.
ކެނދިކުޅުދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ ބޭނުންކުރުމާއި ކުއްޔަށް ދިނުމުގެ އުޞޫލު (ނަންބަރު: (DIR)286-CB/286/2025/15) ގެ ދަށުން ނެގޭ ފީގެ އަދަދު
- ދަޢުލަތުގެ އިދާރާތަކާއި މުޢައްސަސާތައް؛ ގަޑިއިރަކަށް 150ރ (ސަތޭކަ ފަންސާސް ރުފިޔާ)
- އަމިއްލަ ވިޔަފާރިތަކާއި ޖަމުޢިއްޔާ ޖަމާޢަތްތަކަށް؛ ގަޑިއިރަކަށް 200ރ (ދުއިސައްތަ ރުފިޔާ)
- ވަކިވަކި އަމިއްލަ ފަރުދުންނަށް؛ ގަޑިއިރަކަށް 100ރ (ސަތޭކަ ރުފިޔާ)
ފިޓްނަސް އެންޑް ރެކްރިއޭޝަން ރޫމް ކުއްޔަށްނެގުމުގެ ފީ ނެގޭނޭ ކަންކަން
- ޕާޓީ ހަފްލާތައް ބޭއްވުމަށް
- ކަރޯކޭ ބޭނުމަށް
- ހަފްލާތައް ބޭއްވުމަށް
ފިޓްނަސް އެންޑް ރެކްރިއޭޝަން ރޫމް ކުއްޔަށްނެގުމުގައި ފީ ނުނެގޭނެ ކަންކަން
- އެރޯބިކްސް
- ޒުންބާ ކުލާސް ހިންގުމަށް
- ކަސްރަތު ކުލާސްތައް ހިންގުމަށް
މިސެންޓަރު ހުޅުވިފައި ހުންނާނީ، ކޮންމެ ދުވަހެއްގެ މެންދުރު 14:00 އިން ރޭގަނޑު 23:00 އަށެވެ. ކަރޯކޭގެ ބޭނުމަށް ރޫމް ކުއްޔަށް ނެގޭނީ ކޮންމެ ފަރާތަކަށްވެސް ގިނަވެގެން ދުވާލަކު 2 ގަޑިއިރަށެވެ.
އެހެންކަމުން، ކެނދިކުޅުދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ ނެގުމަށް ބޭނުންވާ ފަރާތްތަކުން ކެނދިކުޅުދޫ ކައުންސިލްގެ އ.ތ.މ ކޮމިޓީގެ ނައިބު ރަޢީސް (ނަންބަރު: 9661385) އަށް ގުޅުއްވާ ނަންނޯޓު ކުރެއްވުންއެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
ރަށުގެ އިއުލާނާއި ދެންނެވުން
04-02-2026
ކެނދިކުޅުދޫ ގްރީން ހައުސް (ކެނދި ގޮވާން 13) ހިންގާނެ ފަރާތެއް ހޯދުމާ ގުޅޭ
04-02-2026
ނ. ކެނދިކުޅުދޫ "ނަޞްރު" އެވެ ކިޔާ ބަންޑާރަ ގޯތީގެ ރަޖިސްޓްރީ ގެއްލުމާއި ގުޅޭ
28-01-2026
1447 ވަނަ އަހަރުގެ ރަމަޟާން މަހާ ގުޅިގެން ސަރުކާރުން ހަދިޔާ ކުރާ މަސްދަޅު ކޭސް ބެހުމާ ގުޅޭ
26-01-2026
ކެނދިކޮޅު އަވަށު މަސްޖިދުލް ނަޖާތުގައި ތަރާވީޙް ކުރުމަށް ގެންނަ އިމާމް ބެހެއްޓުމާ ގުޅޭ
26-01-2026
ދި މެންގްރޫވް އައިލެންޑް ފުޓުބޯލް ޗެމްޕިއަންޝިޕް 2026
26-01-2026
ޔޫތު ޑިމޮކްރަސީ ޑައިލޮގްސް (އޮންލައިން)
11-01-2026
އޮޑި ދޯނި އެހެލާ ސަރަހައްދުން ކަރަންޓުގެ ޚިދުމަތް ދޫކުރުމާ ގުޅޭ
30-12-2025
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ ދޫކުރުމާއި ގުޅޭ
24-12-2025