ދި މެންގްރޫވް އައިލެންޑް ފުޓުބޯލް ޗެމްޕިއަންޝިޕް 2026

ނ. ކެނދިކުޅުދޫ ކައުންސިލުން އިންތިޒާމު ކޮށްގެން 2022 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ކުރިޔަށް ގެންދާ، "ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް 2026"، މިއަހަރު އޭޕްރިލް 20 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަ ޖެހިފައެވެ. ވޭތުވެދިޔަ ދެ އަހަރެކޭވެސް އެއްފަދައިން މިއަހަރުގެ މުބާރާތަކީވެސް މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިޔަށް ގެންދާ މުބާރާތެކެވެ. ޓީމް ރަޖިސްޓަރ ކުރުމަށް 20 ފެބުރުއަރީ 2026 ވާ ހުކުރު ދުވަހުގެ 23:59 ގެ ނިޔަލަށް ހުޅުވާލަމެވެ. ޓީމް ރަޖިސްޓަރ ކުރުމަށް ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިން ރަޖިސްޓްރޭޝަން ފުރިހަމަ ކުރެވޭނެއެވެ.

ރަޖިސްޓްރޭޝަން ފޯމް ލިންކް: https://forms.office.com/r/muAGxXYH93

މިމުބާރާތުގެ 2025 ވަނަ އަހަރުގެ ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ވޭތުވެދިޔަ އަހަރުގެ ޗެމްޕިއަން ޓީމް (ވިންޑް ވޯރިއަރސް ސްޕޯޓްސް ކްލަބް) އަދި ރަނަރަޕް ޓީމް (ނައިފަރު ޗެލްސީ ސްޕޯޓްސް ކްލަބް) އަށް ވާނީ ޖާގަދީފައެވެ. 2026 ވަނަ އަހަރުގެ މުބާރާތުގައި ޖުމުލަ ވާދަކުރެވޭނީ 10 ޓީމަށެވެ. އެހެންކަމުން، ފޯމް ފުރުއްވާ ތަރުތީބުން ޖާގަދެމުން ގެންދާނެ ވާހަކަ ދަންނަވަމެވެ.

މި މުބާރާތުގެ ޤަވާއިދު އެކުލަވާލުމުގެ މަސައްކަތް ނިމުނުހާ އަވަހަކަށް، ޤަވާއިދު އާންމު ކުރެވިގެންދާނެއެވެ.

"ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް 2026" ސްޕޮންސަރ ކުރަން ބޭނުންވާ ފަރާތްތަކަށް ސްޕޮންސަރ ހުށަހެޅުމުގެ ފުރުސަތުވެސް އޮންނާނެއެވެ. ސްޕޮންސަރ ކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ކެނދިކުޅުދޫ ކައުންސިލްގެ ސްޕޯޓްސް މެއިލް (sports@kendhikulhudhoo.gov.mv) މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރެއްވުމަށް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯދުމަށާއި މަޢުލޫމާތު ޙިއްސާކުރުމަށް އެސޯސިއޭޓް ކައުންސިލް އޮފިސަރ ޙުސައިން ޞަލާޙް (9899877) އަށް ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.

06 ޝަޢުބާން 1447

25 ޖަނަވަރީ 2026

ޑައުންލޯޑް ކުރުމަށް

ރަށުގެ އިއުލާނާއި ދެންނެވުން

05-03-2026

ސްޓޭޑިއަމް ލެޑް ލައިޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

03-03-2026

ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓު ލިބުނުގޮތުގެ ޝީޓު - ޑްރައިވަރ (ދާއިމީ)

01-03-2026

"ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް 2026" އަށް ގެންނަ ރެފްރީންގެ ހުރުން ހަމަޖެއްސުމާއި ގުޅޭ

01-03-2026

"ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް 2026"ގައި އޮފިޝަލުކަން ކޮށްދޭނެ ފަރާތްތައް ހޯދުމާ ގުޅޭ

01-03-2026

"ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް 2026" ކުރިއަށްދާ މުއްދަތުގައި ފުޓްބޯޅަ ދަނޑު ސަރަޙައްދުން ކެންޓީން ހިންގުމަށް ކުއްޔަށް ދޫކުރުމާގުޅޭ

24-02-2026

ވަޒީފާއަށް ކުރިމަތިލި ފަރާތްތަކުގެ ސްކްްރީނިންގ މަރުޙަލާގެ ނަތީޖާ ޝީޓު - ޑްރައިވަރ (ދާއިމީ)

22-02-2026

1447 ވަނަ އަހަރު ފިޠުރު ޒަކާތް ބަލައިގަތުމާއި ގުޅޭ

15-02-2026

ރާއްޖޭގައި އުފެއްދޭ ކާނާގެ ބާވަތްތައް އާލާކޮށް، ކާނާގެ ދުޅަހެޔޮކަން ރައްޔިތުންނަށް ހޯދައިދިނުމުގެ ގޮތުން ހިންގޭ ޕްރޮގްރާމުގެ ދަށުން ގޭބިސީތަކަށް ބޭނުންވާ ގަހުގެ މަޢުލޫމާތު އެއްކުރުމާ ގުޅޭ

10-02-2026

"ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް 2026"ގައި ރެފްރީކަން ކޮށްދޭނެ ފަރާތްތައް ހޯދުމާ ގުޅޭ