(+960) 6560013
ރަށުގެ މަޢުލޫމާތުކައުންސިލްޕްރެސްރޫމްޕްރޮޖެކްޓް
އިންވެސްޓްކުރުމަށްޚިދުމަތްތައް

ނޫނު ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ

(+960) 6560013info@kendhikulhudhoo.gov.mv

ރަސްމީ ގަޑި: އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް

ކައުންސިލަރުންތަރައްޤީގެ ޕްލޭންކައުންސިލް ބައްދަލުވުންތައް
ފަހުގެ ޚަބަރުއިޢުލާނާއި ދެންނެވުންރަށުގެ ތަޢާރަފު
ޕްރޮޖެކްޓްތައް

އިންފޮމޭޝަން އޮފިސަރ

(+960) 6563929

ސެކްރެޓަރީ ޖެނެރަލް

(+960) 7619622

All rights reserved 2023

ނޫނު ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ

ކައުންސިލަރުންތަރައްޤީގެ ޕްލޭންކައުންސިލް ބައްދަލުވުންތައްޕްރޮޖެކްޓްތައްފަހުގެ ޚަބަރުއިޢުލާނާއި ދެންނެވުންރަށުގެ ތަޢާރަފު

އިންފޮމޭޝަން އޮފިސަރ

(+960) 6563929

ސެކްރެޓަރީ ޖެނެރަލް

(+960) 7619622
(+960) 6560013info@kendikulhudhoo.gov.mv

ރަސްމީ ގަޑި: އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް

All rights reserved 2023

(+960) 6560013
ޕްރޮޖެކްޓް
އިންވެސްޓްކުރުމަށްޚިދުމަތްތައް

ދަޢުލަތުގެ ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ރަސްމީ ދަތުރުފުޅުގެ ނަމުގައި ކެމްޕެއިން ހަރަކާތްތައް ހިންގުން ކުށްވެރިކޮށް ނެރޭ ނޫސްބަޔާން

ޕަބްލިޝްކުރި ތާރީޚު

02-03-2024

ޑައުންލޯޑް ކުރުމަށް

ނޫސްބަޔާން

ޑައުންލޯޑް ކުރުމަށް

ނޫސްބަޔާން

ހުރީހާ ނުސްބަޔާނާއި ޤަރާރުތައް

04-08-2025

ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިޞްލާޙުތަކަކީ، ލާމަރުކަޒީ މިނިވަންކަމަށް ދޭ ޙަމަލާއެއްގެ ގޮތުގައި ނ. ކެނދިކުޅުދޫ ކައުންސިލުން ކުށްވެރިކުރުން

އިތުރަށް ކިޔާލަން

16-03-2025

ކެނދިކުޅުދޫގެ ލޭންޑް ޔޫސް ޕްލޭނަށް ގެންނަންޖެހޭ ބައެއް ބަދަލުތައް ގެނައުމާއި ޓޫރިޒަމް ބިމުގެ ސަރަހައްދަށް ބަދަލު ގެނައުމާއި ގުޅޭ ނ.ކެނދިކުޅުދޫ ކައުންސިލުގެ ޤަރާރު

އިތުރަށް ކިޔާލަން

04-03-2025

ނ.ކެނދިކުޅުދޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑަށް ޙަވާލުކޮށްފައިވާ ނ. ކެނދިކުޅުދޫ ކައުންސިލުގެ "މަގޭ ހިޔާ" ހައުސިންގ ޕްރޮޖެކްޓް، ފައިސާދޫކުރުމާ ގުޅޭ - ނ.ކެނދިކުޅުދޫ ކައުންސިލް ޤަރާރު

އިތުރަށް ކިޔާލަން

04-03-2025

ނ. ކެނދިކުޅުދޫ ކައުންސިލުގެ "މަގޭ ހިޔާ" ހައުސިންގ ޕްރޮޖެކްޓް، ނ.ކެނދިކުޅުދޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑަށް ޙަވާލުކުރުމާ ބެހޭ - ނ.ކެނދިކުޅުދޫ ކައުންސިލް ޤަރާރު

އިތުރަށް ކިޔާލަން

22-01-2025

ނ. ކެނދިކުޅުދޫ ލޯކަލް ޓޫރިޒަމް އައިލެންޑް މެނޭޖަރ ކަނޑައެޅުމާއި ހޯމް ސްޓޭ އުސޫލު ފާސްކުރުން - ނ. ކެނދިކުޅުދޫ ކައުންސިލްގެ ޤަރާރު

އިތުރަށް ކިޔާލަން

23-12-2024

ބިނާވެނި ޕްލޭންކޮށް ހިންގުމުގެ ގާނޫނާއި އާރބަން ޕްލޭނިންގ ބިލު އިސްލާހުކުރުމަށް ގޮވާލާ ގަރާރު

އިތުރަށް ކިޔާލަން

ނޫސްބަޔާން ނަންބަރު: (PR)286-CB/286/2024/1

.

2024 ފެބުރުވަރީ މަހުގެ 29 ވީ ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރަސްމީ ދަތުރުފުޅެއްގައި މި ރަށަށް ކުރި ޒިޔާރަތުގައި، ކައުންސިލުގެ ރުހުން ނެތި، ކައުންސިލުން އިންތިޒާމުކޮށް ކުރިއަށް ގެންދިޔަ ހަރަކާތްތައް ސިޔާސީ ހަރަކާތެއްގެ ގޮތުގައި ސިފަވާ ގޮތަށް، ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވި ހަފްލާގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރު ނިސްބަތްވާ ޕާޓީއަށް ތާއީދު ހޯދުމުގެ ގޮތުން ވާހަކަފުޅުދައްކަވާފައިވާތީ ދަންނަވަމެވެ.

2024 ފެބުރުވަރީ މަހުގެ 29 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މި ރަށަށް ކުރާ ރަސްމީ ދަތުރުފުޅެއްގައި ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާތީ، އެ ދަތުރުފުޅުގެ އެންމެހައި އިންތިޒާމުތައް ހަމަޖައްސައިދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެންގެވި އެންގުމާ އެއްގޮތަށް މި ކައުންސިލުން ވާނީ އެ ދަތުރުފުޅާ ގުޅިގެން ކުރަންޖެހޭ އެންމެހައި އިންތިޒާމުތައް ހަމަޖައްސައިދީފައެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ރަށަށް ފައިބާވަޑައިގަތުމަށްފަހު ރަށުގެ ރައްޔިތުންނާ މުޚާތަބު ކުރުމަށް ބޭއްވި ހަފްލާގެ އެންމެހައި އިންތިޒާމެއް ހަމަޖައްސައި، އެ ހަފްލާގައި ކައުންސިލުންވެސް ވާނީ ބައިވެރިވެފައެވެ.

އެހެންނަމަވެސް، އެ ހަފްލާގެ ވަކި ހިސާބަކުން، ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ކެބިނެޓުގެ ބައެއް ބޭފުޅުން ދެއްކެވި ވާހަކަފުޅުގެ މިސްރާބު ބަދަލުވެގެންދިޔައީ، ސިޔާސީ ޕޯޑިއަމެއްގައި، ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ސިޔާސީ ޕާޓީގެ ފަރާތުން ރައްޔިތުންގެ މަޖިލިސް 2024 އިންތިޚާބަށް ކުރިމަތިލައިފާވާ ކެނޑިޑޭޓުންނަށް ތާއީދު ހޯދުމަށް ދެއްކެވި ވާހަކަފުޅަކަށެވެ. ކައުންސިލަށް އެ ޙަފްލާ ސިފަވެގެންދިޔައީ، ރަސްމީ ދަތުރުފުޅެއްގެ ނަމުގައި ވަޑައިގެން، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރު ނިސްބަތްވާ ޕާޓީއަށް ތާއީދު ހޯދުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ގޮތުގައެވެ.

ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކީ، ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ރިޔާސީ އިންތިޚާބުގައި ވާދަކޮށް އެ މަޤާމަށް ހޮވިވަޑައިގެންފައިވާ ފަރާތަކަށްވާތީ، އެ މަގާމު ފުރުއްވުމުގައި ވަކި ޕާޓީއެއް ޕްރޮމޯޓްކޮށް، ސިޔާސީ ގޮތުން އެ ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމަކީ އޭގެ ޒާތުގައި ޤާނޫނަކުން މަނާކޮށްފައިވާކަމަކަށް ނުވާތީ، ރައީސުލްޖުމްހޫރިއްޔާއަށް އެކަން ކުރެވިދާނެއެވެ. އެހެންނަމަވެސް، އިންތިޚާބަށް ކެމްޕެއިން ކުރުމަށްޓަކައި، ސަރުކާރުގެ އޮފީސްތަކާއި ކައުންސިލްތަކުގެ އިދާރާތައް ބޭނުންކުރުމަކީ ކަނޑައެޅިގެން ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ އާންމު ޤާނޫނު) ގެ 19 ވަނަ މާއްދާއިން މަނާކޮށްފައިވާ އަދި އިންތިޚާބަށް ތާއީދު ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކުން ހިފަހައްޓަންޖެހޭ ސުލޫކާ ޚިލާފު ކަމަކަށްވާތީ، ކައުންސިލްގެ ބައިވެރިވުން ހިމެނޭ ގޮތަށް ކުރިއަށް ގެންދިޔަ މި ހަފްލާގެ އިންތިޚާބަށް ކެމްޕެއިން ކުރުމުގެ މަގްސަދުގައި އިންތިޒާމުކުރެވުނު ހަފްލާއަކަށް ބަދަލުވެގެންދިޔަ ދިޔުން، މި ކައުންސިލުގެ ފަރާތުން ކުށްވެރިކުރަމެވެ. ކައުންސިލުން ދެކޭ ގޮތުގައި، ދައުލަތުގެ ވަސީލަތްތަކާއި ދައުލަތުގެ އިދާރާތަކުގެ ނަހަމަ ބޭނުންހިފައިގެން ހިންގޭ އެފަދަ އަމަލުތަކުގެ ސަބަބުން، ރައްޔިތުންގެ މެދުގައި ދައުލަތުގެ އިދާރާތަކަށް ކުރާ އިތުބާރަށް ވަރަށް ބޮޑަށް ބުރޫއަރާނެއެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކެނދިކުޅުދޫއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ރައްޔިތުންނާ ބައްދަލުކުރުމުގެ ޖަލްސާގައި ސިޔާސީ ކުލަޖެހި ކެންޕެއިން ކުރުމުގެ ޙަރަކާތްތަކެއް ކުރިއަށް ގޮސްފައިވާތީ، މިކަމަށްޓަކައި ކެނދިކުޅުދޫ ކައުންސިލުން ރައްޔިތުންގެ ކިބައިން ނިހާޔަތައް މަޢާފަށް އެދެމެވެ.

ހަމައެއާއެކު، ދިވެހިރާއްޖޭގައި އަމަލުކުރާ ޤާނޫނުތަކަކީ އިސްތިސްނާއެއް ނެތި، އެންމެހައި ފަރާތްތަކުގެ މައްޗަށްވެސް ހަމަހަމަ އުސޫލުން ހިނގާ އެއްޗަކަށްވާއިރު، ޤާނޫނުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ ބޭރުން އެއްވެސް ފަރާތަކުން އަމަލުކުރާނަމަ، އެއީ މި ކައުންސިލުން ބަލައިގަންނާނެ ކަމެއް ނޫނެވެ. ވީމާ، ކުރިއަށް އޮތް ތަނުގައިވެސް، މިފަދަ އަމަލުތައް ތަކުރާރުނުކުރެއްވުމަށް އެންމެހާ ސިޔާސީ ފަރާތްތަކަށް އިލްތިމާސްކުރަމެވެ. އަދި ކެނދިކުޅުދޫ ކައުންސިލާއި ކެނދިކުޅުދޫ ރައްޔިތުންގެ ނަމާއި ޤަދަރަށް ހުތުރުވާފަދަ އެއްވެސް ޢަމަލެއް ނުހިންގުމަށްވެސް އިލްތިމާސްކުރާވާހަކަ ދެންނެވީމެވެ.

21 ޝައުބާން 1445

02 މާރިޗު 2024