ކެނދިކުޅުދޫ މަސްޖިދުލް-އީމާން ގައި ކުލަލައި ނިންމާލައިފި
01-06-2023
ކެނދިކުޅުދޫ ކުޅުދޫ އަވަށުގައި ހުންނަ މަސްޖިދުލް-އީމާން ގައި ކުލަ ލައި ނިންމާލައިފިއެވެ. މި މަސައްކަތް ކުރިޔަށް ގެންދެވުނީ މިސްކިތުގެ އާބާތުރަ ފިލުވުމަށްޓަކައެވެ.
މަސްޖިދުލް-އީމާން ގައި ކުލަލުމަކީ މާޒިޔާ ސާވިސް ޕްރައިވެޓް ލިމިޓެޑް ގެ ހިލޭ އެހީގެ ދަށުން ކުރިޔަށް ގެންދެވުން މަސައްކަތެކެވެ. މި މަސައްކަތް ފެށުނީ 10 މޭ 2023 ގައި އެވެ. ކުލަލުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައިވަނީ މާޒިޔާ ސާވިސް ޕްރައިވެޓް ލިމިޓެޑްގެ މުވައްޒަފުންނެވެ. މާޒިޔާގެ އެހީ ކެނދިކުޅުދޫގެ ތަރައްގީއަށް ވަރަށް ބޮޑަށް ލިބެމުންދާކަން ފާހަގަވެއެވެ.
ކެނދިކުޅުދޫ ކައުންސިލާއި މާޒިޔާ ސްޕޯޓްސްއާއި ގުޅިގެން ކެނދިކުޅުދޫގައި މާޒިޔާގެ ފުރަތަމަ ޓީމް 2021 ވަނަ އަހަރު ދިވެހި ޕްރެމިއާ ލީގަށް ތައްޔާރުވުމުގެ ގޮތުން ވަނީ ކޭމްޕް ކޮއްފައެވެ. އަދި އެހެންމެ، ކެނދިކުޅުދޫގައި މާޒިޔާގެ އެކަޑެމީ އެއް ކެނދިކުޅުދޫގެ ޅަ އުމުރުފުރާތަކުގެ ކުދިންނަށް ހުޅުވާލެވިގެން ކުރިޔަށް ގެންދެއެވެ.
ކެނދިކުޅުދޫގެ ކުރިއެރުމަށާއި ތަރައްގީ އަށް ކެނދިކުޅުދޫ ކައުންސިލުން ގިނަ ޕްލޭންތަކެއް ކުރަމުންދެއެވެ. ކެނދިކުޅުދޫ ކައުންސިލުން ގެންދަނީ ދީނީ ކަންކަމަށް ވަރަށް ޚާއްސަ އަހަންމިއްޔަތު ކަމެއް ދެމުންނެވެ.