މަގު ހިނގާ މީހުންނަށާއި އެއްގަމު އުޅަނދުފަހަރު ދުއްވުމަށް އުނދަގޫވާގޮތަށް މަގަށް ނުކުމެފައިވާ ގަސްތައް ކޮށުމާއި ގުޅޭ
ނ. ކެނދިކުޅުދޫގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކުގެ އިމުން ބޭރަށް، ހުރިގަސްގަހުގެ އަފިތަކާއި ރުއްތަކުގެ ފަންތަކުގެ ސަބަބުން ހިނގާބިނގާވެއުޅޭ މީހުންނަށާއި އެއްގަމުގައި ދުއްވާ އުޅަދުފަހަރުގެ ތެރެއިން ޕިކަޕްތަކާއި، ލޮރީ، އެކްސަވޭޓަރ އަދި ސްކޫލް ބަސް ފަދަ އުޅަނދުތައް ދުއްވުމަށް އުނދަގޫވެ ގެއްލުން ލިބޭކަމުގެ ޝަކުވާ ކައުންސިލަށް ދަނީ ލިބެމުންނެވެ. އަދި މިނޫނަސް ގޯތިގެދޮރުގައި ހައްދާފައިވާ ރުއް ގަސްތަކުގެ ސަބަބުން އަވަށްޓެރި ގެތަކުގެ ފުރާޅު ނުވަތަ ގެދޮރަށް ކުނި އެޅި އުނދަގޫވާ ކަމުގެ ޝަކުވާވެސް ތަކުރާރުކޮށް ކައުންސިލަށް ލިބެމުންދާކަން ފާހަގަ ކުރަމެވެ.
އެގިވަޑައިގަންނާނެ ފަދައިން ރަށުގައި ކުލަގަދަ ގޮތެއްގައި އަޟްހާ ޢީދު ފާހަގަ ކުރުމަށް ދެ އަވަށުން ތައްޔާރުވަމުން ދާއިރު ރަށަށް ގިނަ އަދަދެއްގެ މެހެމާނުންވެސް ޒިޔާރަތް ކުރަމުންދާނެކަމަށް ފެންނާތީ، ރަށުގެ ރީތިކަމާއި ފުރިހަމަކަން އެންމެ އެކަށީގެންވާގޮތުގައި ފެނިގެންދާނީ ހިނގާ ބިނގާވެ އުޅޭ މަގުތަކަށް އުނދަގޫވާނެހެން ހުރި ގަސްތަކާއި ރުއްތަކުގެ ފަންތައް ކޮށައި ސާފުކޮށްގެން ކަމުގައި ދަންނަވަމެވެ. އެހެންކަމުން، ނ. ކެނދިކުޅުދޫގައި މީހުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގެ މަގާއި ގޯޅިތަކަށްވާ ގޮތަށް، ގޯތީގެ އިމުން ބޭރަށް ނުކުމެފައިވާ ގަސްގަހުގެ އަފިތަކާއި ރުއްތަކުގެ ފަންތައް ކަނޑައި މަގު ސާފުކޮށްދެއްވުމަށް ދަންނަވަމެވެ.
އަދިހަމައެހެންމެ، މީހުން ދިރިއުޅުމަށް ދޫކުރެވިފައިވާ ގޯތިތަކުގެ އިމުން ބޭރަށް 10 ފޫޓު ތިރިއަށް ފައިބާފައި ހުރި ގަސްގަހުގެ އަފިތަކާއި ރުއްތަކުގެ ފަންތައް މިއިޢުލާނުގައިވާ ތާރީޚުން ފެށިގެން 10 ދުވަސް ތެރޭގައި ކޮށާ ސާފުކުރުމަށް ދަންނަވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.
23 ޛުލްގައިދާ 1446
21 މެއި 2025
ޑައުންލޯޑް ކުރުމަށް
ރަށުގެ އިއުލާނާއި ދެންނެވުން
29-05-2025
ވަޒީފާއަށް ކުރިމަތިލި ފަރާތްތަކުގެ ސްކްރީނިންގ މަރުޙަލާގެ ނަތީޖާ ޝީޓް - ލީގަލް އޮފިސަރ
21-05-2025
ވަޒީފާއަށް ކުރިމަތިލި ފަރާތްތަކުގެ ސްކްރީނިންގ މަރުޙަލާގެ ނަތީޖާ ޝީޓް - އެސިސްޓެންޓް ކައުންސިލް އޮފިސަރ (ދާއިމީ)

16-05-2025