ނ.ކެނދިކުޅުދޫ، ކުޅުދޫ އަވަށުން ދިގުމުއްދަތައް ދަނޑުބިން ދޫކުރުމާ ގުޅޭ
ނ. ކެނދިކުޅުދޫ، ކުޅުދޫ އަވަށުން ދަނޑުވެރިކަން ކުރުމަށް 35 އަހަރަށް ބިންދޫކުރުމަށް ހުޅުވާލަމެވެ.
ބިން އޮތް ސަރަހައްދާއި ބޮޑުމިން
ދޫކުރުމަށް ހަމަޖެހިފައިވަނީ ކުޅުދޫ އަވަށުން ދިގުމުއްދަތައް ދޫކޮށްފައިވާ ދަނޑުބިން (ނަންބަރު: AGR-01-01) ގެ އުތުރުން 3000 އަކަފޫޓުގެ 7 ބިމާއި 5000 އަކަފޫޓުގެ 2 ބިމެވެ. ސަރަހައްދު އަންގައިދޭ ޗާޓު މިއިޢުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.
މި މަސައްކަތަށް ކުރިމަތިލެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު(ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކާއި، ޖަމްޢިއްޔާތަކުގެ ޤާނޫނު (ޤާނޫނު ނަންބަރު 3/2022) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑުގައި ރަޖިސްޓްރީވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ބީލަން ހުށަހެޅުމަށް ކަނޑައެޅިފައިވާ ތާރީޙުގައި މިކައުންސިލަށް ވަޑައިގެން ބީލަން ހުށަހެޅުމަށް ދަންނަވަމެވެ. ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކާއި ގަޑިޖެހިގެން ބީލަން ހުށަހެޅުމަށް އަންނަ ފަރާތްތަކަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. މިބިޑާއި ގުޅިގެން ބާއްވާ މަޢުލޫމާތު ސެޝަން 4 އޮގަސްޓް 2025 ވާ ހޯމަ ދުވަހު ކެނދިކުޅުދޫ ކައުންސިލް ޖަލްސާކުރާ މާލަން (ކެނދި މާލަން) ގައި އޮންނާނެއެވެ. މިސެޝަންގައި ބައިވެރިވުމުގެ އިޚްތިޔާރު ރަޖިސްޓްރީވާ ބީލަންވެރިންނަށް ލިބިގެންވެއެވެ.
ދަނޑުވެރިކަމަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގައި ކުރެވޭނެ މަސައްކަތްތަކާއި، ބީލަމުގައި ބައިވެރިވުމަށް ހުށައަޅަންޖެހޭ ތަކެއްޗާއި އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ މަޢުލޫމާތު ކަރުދާހާއި، ރަޖިސްޓްރޭޝަން ލިންކް، ބީލަން ހުށައަޅާ ފޯމް މިއިޢުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.
ސުންގަޑިތައް:
ބިޑު ރަޖިސްޓްރޭޝަން:
02 އޮގަސްޓް 2025، 23:59
ލިންކް: https://forms.office.com/r/azVgeUPXr1
މަޢުލޫމާތު ސެޝަން:
04 އޮގަސްޓް 2025، 13:15
ކެނދިކުޅުދޫ ކައުންސިލް މީޓިންގ ރޫމް
ބީލަން ހުޅުވުން:
07 އޮގަސްޓް 2025، 13:30
ކެނދިކުޅުދޫ ކައުންސިލް މީޓިންގ ރޫމް
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
29 މުޙައްރަމް 1447
24 ޖުލައި 2025
ޑައުންލޯޑް ކުރުމަށް
ރަށުގެ އިއުލާނާއި ދެންނެވުން
08-12-2025
ޝިފޫސް ޙިޖާމާ ތެރަޕީ ސެޝަންގެ 3 ވަނަ ބުރަށް ހުޅުވާލުން
08-12-2025
ރުއްގަހުގެ ވެރިފަރާތް ހޯދުމާއި ގުޅޭ
01-12-2025
ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓު ލިބުނުގޮތުގެ ޝީޓު - އެސިސްޓެންޓް ކައުންސިލް އޮފިސަރ (ދާއިމީ)
30-11-2025
ކުނި އުކާލުމާއި ކުނި ނައްތާލުމާބެހޭ ޤަވާޢިދު (ނ. ކެނދިކުޅުދޫ)
30-11-2025
ކުޅުދޫ އަވަށުން ދޫކުރުމަށް ހަމަޖެހިފައިވާ 2 ދަނޑުބިމުގައި ހުރި ރުއްގަހުގެ ވެރިފަރާތްތައް ހޯދުމާއި ގުޅޭ
14-11-2025
ދި މެންގްރޫވް އައިލެންޑް ހުސްނޫނު ވޮލީބޯލް ޗެންޕިއަންޝިޕް 2025 - މުބާރާތުގެ ގަވާއިދު (ފުރަތަމަ އިސްލާހް)
14-11-2025
"ދި މެންގްރޫވް އައިލެންޑް ހުސްނޫނު ވޮލީބޯލް ޗެމްޕިއަންޝިޕް 2025" ކުރިއަށްދާ މުއްދަތުގައި އެއްގަމުދަތުރުފަތުރު ކޮށްދިނުމަށާއި ކޮޓަރި ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމާއި ގުޅޭ
12-11-2025
އުސޫލު ނަންބަރު: (DIR)286-CB/286/2025/13 (ކެނދިކުޅުދޫގެ ބަނދަރުގައި ހަރުކޮށްފައިވާ ޑިޖިޓަލް ބޯޑުގައި އާންމުކޮށް އިޝްތިހާރުކުރުމާބެހޭ އުޞޫލު)
10-11-2025