ކުޅުދޫ އަވަށުން ދޫކުރުމަށް ހަމަޖެހިފައިވާ 2 ދަނޑުބިމުގައި ހުރި ރުއްގަހުގެ ވެރިފަރާތްތައް ހޯދުމާއި ގުޅޭ

ނ. ކެނދިކުޅުދޫއިން ދިގުމުއްދަތަށް ކުޅުދޫ އަވަށުން ދޫކުރުމަށް ހަމަޖެހިފައިވާ 2 ދަނޑުބިމުގައި ހުރި ރުއްގަހުގެ ވެރިފަރާތްތައް ހޯދަން ބޭނުންވެއްޖެއެވެ.

ދިގު މުއްދަތަށް ދޫކުރުމަށް ހަމަޖެހިފައިވާ 2 ދަނޑުބިން

މިއީ ނ. ކެނދިކުޅުދޫ ކުޅުދޫ އަވަށުން، ދިގު މުއްދަތަށް ދަނޑުވެރިކަމަށް ދޫކޮށްފައިވާ، ފުޅާމިނުގައި 62 ފޫޓު 9 އިންޗި، ދިގުމިނުގައި 80 ފޫޓު ހުންނަ ބިމެކެވެ. މިބިން އޮންނާނީ ކުޅުދޫ އަވަށުން މިހާރު ދިގު މުއްދަތަށް ދަނޑުވެރިކަމަށް ދޫކޮށްފައިވާ 20،000 އަކަފޫޓުގެ ބިމުގެ އުތުރުން 6 ފޫޓުގެ މަގެއް ދޫކޮށް، އުތުރުން 144 ފޫޓު ދުރަށެވެ.

ނަންބަރުތަކުގެ ތަފްޞީލު

މިސަރަހައްދަށް އަރާ ރުއްގަހުގައި ނަންބަރު ޖަހާފައި ހުންނާނީ 8 އިން ފެށިގެން 46 އާ ހަމައަށް ރަތް ކުލައިގެ ދަވާދުންނެވެ.

ވުމާއެކު، މިބިންތަކުގައި ހުރި ރުއްގަހުގެ ވެރިފަރާތްތަކުން 10 ޑިސެމްބަރ 2025 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ރުއްގަސް ނަންނޯޓުކުރާ ފޯމް މެދުވެރިކޮށް ފޯމް ހުށަހެޅުމަށް ދަންނަވަމެވެ. ފޯމް ހުށަހަޅާނީ ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ކައުންޓަރަށެވެ. ނުވަތަ އޮންލައިންކޮށްނަމަ ms@kendhikulhudhoo.gov.mv މި އީމެއިލް އެޑުރެހަށެވެ. ރުއްގަހުގެ ނަންބަރު ނޯޓުކުރާ ފޯމް، އަދި ސަރަހައްދު އަންގައިދޭ ޗާޓު މިއިޢުލާނާއެކު ގެޒެޓް ކުރަމެވެ. އަދި ރުއްގަސް ނޯޓްކުރާ ފޯމް މިކައުންސިލުގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

ރަށުގެ އިއުލާނާއި ދެންނެވުން

01-12-2025

ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓު ލިބުނުގޮތުގެ ޝީޓު - އެސިސްޓެންޓް ކައުންސިލް އޮފިސަރ (ދާއިމީ)

30-11-2025

ކުނި އުކާލުމާއި ކުނި ނައްތާލުމާބެހޭ ޤަވާޢިދު (ނ. ކެނދިކުޅުދޫ)

30-11-2025

ކުޅުދޫ އަވަށުން ދޫކުރުމަށް ހަމަޖެހިފައިވާ 2 ދަނޑުބިމުގައި ހުރި ރުއްގަހުގެ ވެރިފަރާތްތައް ހޯދުމާއި ގުޅޭ

14-11-2025

ދި މެންގްރޫވް އައިލެންޑް ހުސްނޫނު ވޮލީބޯލް ޗެންޕިއަންޝިޕް 2025 - މުބާރާތުގެ ގަވާއިދު (ފުރަތަމަ އިސްލާހް)

14-11-2025

"ދި މެންގްރޫވް އައިލެންޑް ހުސްނޫނު ވޮލީބޯލް ޗެމްޕިއަންޝިޕް 2025" ކުރިއަށްދާ މުއްދަތުގައި އެއްގަމުދަތުރުފަތުރު ކޮށްދިނުމަށާއި ކޮޓަރި ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމާއި ގުޅޭ

12-11-2025

އުސޫލު ނަންބަރު: (DIR)286-CB/286/2025/13 (ކެނދިކުޅުދޫގެ ބަނދަރުގައި ހަރުކޮށްފައިވާ ޑިޖިޓަލް ބޯޑުގައި އާންމުކޮށް އިޝްތިހާރުކުރުމާބެހޭ އުޞޫލު)

10-11-2025

ވަޒީފާއަށް ކުރިމަތިލި ފަރާތްތަކުގެ ސްކްްރީނިންގ މަރުޙަލާގެ ނަތީޖާ ޝީޓު - އެސިސްޓެންޓް ކައުންސިލް އޮފިސަރ (ދާއިމީ)

06-11-2025

އެއްގަމުގައި ދުއްވާ ހެވީ ވެހިކަލް ދުއްވުމުގެ ޕްރެކްޓިކަލް ޓެސްޓް ކުރައްވާނެ އެގްޒަމިނަރުން ހޯދުން

05-11-2025

"ދި މެންގްރޫވް އައިލެންޑް ހުސްނޫނު ވޮލީބޯލް ޓޯރނަމެންޓް 2025" ކުރިއަށްދާ މުއްދަތުގައި ވޮލީ ދަނޑު ސަރަޙައްދުން ގާޑިޔާ ހިންގުމަށް ކުއްޔަށް ދޫކުރުމާގުޅޭ