ނ. ކެނދިކުޅުދޫ، ކުޅުދޫ އަވަށު އެކަމަޑޭޝަން (ހަރަހެރި-2) ކުއްޔަށް ދޫކުރުމާ ގުޅޭ

ނ.ކެނދިކުޅުދޫ، ކުޅުދޫ އަވަށު ހަރަހެރި-2 އެކަމަޑޭޝަން ނިދާ ކައިބޮއެ ހަދާ ތަނެއްގެ ގޮތުގައި ބޭނުންކުރުމަށް (ދިރިއުޅުމަށް)، ދިގުމުއްދަތަކަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ.

މިއެކަމަޑޭޝަން ކުއްޔަށް ނަގަން ޝައުޤުވެރިވާ ފަރާތްތަކުން 2025 އޮގަސްޓް 19 ވަނަ ދުވަހުގެ 13:00 ގައި ކައުންސިލުގެ މީޓިންގ ރޫމަށް ވަޑައިގެން އަގުބަޔާންކޮށް ސިޓީއަކުން ހުށަހެޅުމަށް ދަންނަވަމެވެ. ސިޓީއާއެކު ކުއްޔަށް ނަގާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ވިޔަފާރިއެއްނަމަ ރަޖިސްޓްރީ ކޮޕީ ހުށަހަޅަންވާނެއެވެ.

މި ބްލޮކްގެ މިބައި ހިމެނެނީ 2 ކޮޓަރި އާއި ފާޚާނާ އަދި ބަދިގެއާއި ސީޓިންގް ރޫމްއެކެވެ. މިތަނުގައި ބޭނުން ކުރާނެ ފަރުނީޗަރާއި ހިފާ ގެންގުޅޭނެ އެހެނިހެން ވަޞީލަތްތައް ހޯދުމަކީ ކުއްޔަށް ހިފާ ފަރާތުން ކުރަންޖެހޭނެ ކަމެކެވެ.

ކުއްޔަށް ދިނުމުގައި ހުށަހަޅާ އަގާއި މުއްދަތުގެ އިތުރުން، ތަނުގައި ކުރަންހުރި މަރާމަތުތަކާއި ތަނުގެ އާބާތުރަ ފިލުވާދިނުމުގެ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭން އެއްބަސްވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކުއްޔަށް ދޭނެ ފަރާތެއް ކަނޑައެޅުމުގައި މާކްސް ދެވޭނެ ގޮތް :

އަގަށް:

މާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވަލުއޭޝަންއިން ފާސްވާ ފަރާތްތަކުން ހުށައަޅާ ބޮޑު ކުޑައަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިޔާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން އެއްމެ ގިނަމާކްސް ލިބޭނީ އެއްމެ ބޮޑު އަގު ހުށަހެޅި ފަރާތަކަށެވެ. ކުލީގެ ގޮތުގައި ހުށަހަޅަންވާނީ މަހަކަށް ޖެހޭވަރެވެ. އަދި ކުލީގެ ޖުމުލައާއި އަހަރަކަށް އެވްރެޖް ޖެހޭނެވަރު އެނގޭގޮތަށް ބަޔާންކޮށްފައެވެ.

50%

މުއްދަތަށް:

މާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވަލުއޭޝަންއިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެއްމެ ދިގު މުއްދަތަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެވެ. މިގޮތުން އެއްމެ ގިނަ މާކްސް ލިބޭނީ އެއްމެ ދިގު މުއްދަތަކަށެވެ. (އެންމެ ދިގު މުއްދަތެއްގެ ގޮތުގައި އިމާރާތް ކުއްޔަށް ދޫކުރެވޭނީ 35 އަހަރަށެވެ)

20%

މަރާމާތަށް:

މަރާމާތުގެ ގޮތުގައި އެކަމަޑޭޝަން ބްލޮކްގެ އާބާތުރަ ފިލުވުމުގެ (އެގޮތުން، އޭސީ ހަރުކުރުމާއި، ކަރަންޓް ވިއުގަ މަރާމާތު ކުރުމާއި، ފަންކަތައް ބަދަލުކުރުމާއި، މުޅި ބްލޮކުގައި ކުލަލުމާއި ފަރުނީޗަރުގެ ގޮތުގައި ބޭނުންކުރާނެ ކަބަޑުސެޓާއި އެނދާއި، ބަދިގޭގައި ބޭނުންކުރާ އެންމެހާ ސާމާނު ހަމަކުރުން ހިމެނެއެވެ). މަސައްކަތަށް ޚަރަދުކުރާނެ މިންވަރު އަދި ކުރާނެ މަސައްކަތްތައް އެނގޭނެ ލިޔުން ހުށައަޅަންވާނެއެވެ.

30%

ޖުމްލަ:

100%

އިތުރު މަޢުލޫމާތު:

އެކަށީގެންވާ އަދަދަށް ބިޑު ލިބިފައި ނުވާނަމަ އަދި ހުށަހަޅާފައިވާ ބިޑްތަކުގެ އަގާއި މުއްދަތު އެކަށީގެންނުވާނަމަ މިއިޢުލާނު ބާޠިލްކުރުމުގެ އިޚްތިޔާރު ނ. ކެނދިކުޅުދޫ ކައުންސިލަށް ލިބިގެން ވެއެވެ.

- ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ

- ނ. ކެނދިކުޅުދޫ، ދިވެހިރާއްޖެ،

- ފޯން: 6560013 ނުވަތަ 6560663 (ރަސްމީ ގަޑީގައި)

- އީމެއިލް: projects@kendhikulhudhoo.gov.mv

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

14 ޞަފަރު 1447

08 އޮގަސްޓް 2025

ޑައުންލޯޑް ކުރުމަށް

ރަށުގެ އިއުލާނާއި ދެންނެވުން

08-12-2025

ޝިފޫސް ޙިޖާމާ ތެރަޕީ ސެޝަންގެ 3 ވަނަ ބުރަށް ހުޅުވާލުން

08-12-2025

ރުއްގަހުގެ ވެރިފަރާތް ހޯދުމާއި ގުޅޭ

01-12-2025

ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓު ލިބުނުގޮތުގެ ޝީޓު - އެސިސްޓެންޓް ކައުންސިލް އޮފިސަރ (ދާއިމީ)

30-11-2025

ކުނި އުކާލުމާއި ކުނި ނައްތާލުމާބެހޭ ޤަވާޢިދު (ނ. ކެނދިކުޅުދޫ)

30-11-2025

ކުޅުދޫ އަވަށުން ދޫކުރުމަށް ހަމަޖެހިފައިވާ 2 ދަނޑުބިމުގައި ހުރި ރުއްގަހުގެ ވެރިފަރާތްތައް ހޯދުމާއި ގުޅޭ

14-11-2025

ދި މެންގްރޫވް އައިލެންޑް ހުސްނޫނު ވޮލީބޯލް ޗެންޕިއަންޝިޕް 2025 - މުބާރާތުގެ ގަވާއިދު (ފުރަތަމަ އިސްލާހް)

14-11-2025

"ދި މެންގްރޫވް އައިލެންޑް ހުސްނޫނު ވޮލީބޯލް ޗެމްޕިއަންޝިޕް 2025" ކުރިއަށްދާ މުއްދަތުގައި އެއްގަމުދަތުރުފަތުރު ކޮށްދިނުމަށާއި ކޮޓަރި ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމާއި ގުޅޭ

12-11-2025

އުސޫލު ނަންބަރު: (DIR)286-CB/286/2025/13 (ކެނދިކުޅުދޫގެ ބަނދަރުގައި ހަރުކޮށްފައިވާ ޑިޖިޓަލް ބޯޑުގައި އާންމުކޮށް އިޝްތިހާރުކުރުމާބެހޭ އުޞޫލު)

10-11-2025

ވަޒީފާއަށް ކުރިމަތިލި ފަރާތްތަކުގެ ސްކްްރީނިންގ މަރުޙަލާގެ ނަތީޖާ ޝީޓު - އެސިސްޓެންޓް ކައުންސިލް އޮފިސަރ (ދާއިމީ)