14 އަހަރާއި 18 އަހަރުން ދަށުގެ އުމުރުފުރާއަށް ފުޓްސަލް އަދި ހޭންޑްބޯލް މުބާރާތް ހިންގުމަށް ހުޅުވާލުމާގުޅޭ

ނ. ކެނދިކުޅުދޫ ކައުންސިލުން އިންތިޒާމް ކޮށްގެން 18 އޮކްޓޯބަރ 2025 ގައި ބޭވުމަށް ހަމަޖެހިފައިވާ 14 އަހަރާއި 18 އަހަރުން ދަށުގެ ފުޓްސަލް އަދި ހޭންޑްބޯލް މުބާރާތް ރާވާ ހިންގުމަށް ޝައުޤުވެރިވާ ކްލަބް ޖަމްޢިއްޔާތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ. ހުށަހަޅާ ޕްރޮޕޯސަލްގައި ކްލަބް/ޖަމުޢިއްޔާއިން މުބާރާތް ހިންގުމުގެ ކަންކަން ކުރިޔަށްގެންދާނެ އުސޫލާއި، ޖަމުއިއްޔާތަކުން މުބާރާތް ރާވާ ހިންގަން ޕްލޭންކުރާ ގޮތާއި، އަދި ކައުންސިލުން އެހީތެރިކަން ބޭނުންވާ ދާއިރާތައް ކަނޑައެޅި ބަޔާން ކޮށްފައި އޮންނަންވާނެއެވެ. ޕްރޮޕޯސަލް ހުށަހަޅުއްވާއިރު، ކްލަބް/ޖަމްޢިއްޔާގެ ރަޖިސްޓްރީ ކޮޕީ ހުށަހަޅަންވާނެއެވެ.

ވުމާއެކު، މިދެމުބާރާތް ރާވާ ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2 އޮކްޓޯބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރިން ކައުންސިލަށް ޕްރޮޕޯސަލް ހުށަހެޅުމަށް ދަންނަވަމެވެ. އީމެއިލް މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހަޅުއްވާނީ sports@kendhikulhudhoo.gov.mv އަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ގަޑީގައި 6560013 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެވުމަށް ދަންނަވަމެވެ.

ވިމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

01 ރަބީޢުލްއާޚިރު 1447

23 ސެޕްޓެންބަރު 2025

ޑައުންލޯޑް ކުރުމަށް

ރަށުގެ އިއުލާނާއި ދެންނެވުން

24-09-2025

14 އަހަރާއި 18 އަހަރުން ދަށުގެ އުމުރުފުރާއަށް ފުޓްސަލް އަދި ހޭންޑްބޯލް މުބާރާތް ހިންގުމަށް ހުޅުވާލުމާގުޅޭ

24-09-2025

އާންމު ރައްޔިތުންނަށް އުދަގޫވާގޮތަށް ކުނި އަންދާ ރޯކުރުން މަނާކުރުމާ ގުޅޭ

24-09-2025

ގޮނޑުދޮށުގާ ބަހައްޓާފައިވާ އާންމުންގެ ތަކެތި ނެގުމާގުޅޭ

22-09-2025

ދި މެންގްރޫވް އައިލެންޑް ވޮލީބޯލް ޓޯރނަމެންޓް 2025 ގެ ހިންގާ ޤަވާއިދު - ފުރަތަމަ އިޞްލާޙް

15-09-2025

ޕްރޮކިއުމަންޓާ ގުޅޭ މަޢުލޫމާތު ޢާންމުކޮށް ޝާއިޢުކުރުން - އޮގަސްޓް 2025

14-09-2025

"ދި މެންގްރޫވް އައިލެންޑް ވޮލީބޯލް ޓޯރނަމެންޓް 2025" ކުރިއަށްދާ މުއްދަތުގައި ވޮލީ ދަނޑު ސަރަޙައްދުން ގާޑިޔާ ހިންގުމަށް ކުއްޔަށް ދޫކުރުމާގުޅޭ

14-09-2025

"ދި މެންގްރޫވް އައިލެންޑް ވޮލީބޯލް ޓޯރނަމެންޓް 2025" ސުޕޮންސަރކުރުމާއި، ސްޕޮންސަރ ބޯޑުޖެހުމަށް ހުޅުވާލުން

28-08-2025

ވަގުތީގޮތުން މަގު ބަންދުކުރުމާބެހޭ ގަވާއިދާއެއްގޮތަށް މަގުބަންދު ކުރުމަށާއި، ބޯޑަށް ފީނެގުމާއި ގުޅޭ

28-08-2025

ނ.ކެނދިކުޅުދޫ ނޭޗަރ ޕާކުގައި ބޭނުންކުރާ ކަނޑޫއޮޑި ކުއްޔަށް ދޫކުރުމަށް ފީނެގުމާގުޅޭ