1 ނޮވެންބަރ 2025 އިން ފެށިގެން ކުނި ފީ ނުދައްކާ ގޭބިސީތަކުން ކުނި ނެގުން މެދުކަނޑާލުމާ ގުޅޭ

ކައުންސިލްގެ ފަރާތުން ރައްޔިތުންނަށް ދެމުންދާ ކުނި ނެގުމުގެ ޚިދުމަތަކީ، ރައްޔިތުންގެ ޞިއްޙަތު ރައްކާތެރިކޮށް، ސާފުތާހިރު މާޙައުލެއް ޤާއިމުކުރުމަށްޓަކައި ވަރަށް މުހިންމު ޚިދުމަތެކެވެ. މި ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމަށްޓަކައި، ކަނޑައެޅިފައިވާ ކުނި ފީ ގަވާއިދުން ދެއްކުމަކީ ގޭބިސީތަކުގެ މައްޗަށް ލާޒިމުވާ ކަމެކެވެ.

ކުނި ފީގެ ގޮތުގައި ކަނޑައެޅިފައިވާ ފީ ނުދައްކަވާ ގޭބިސީތަކުން 1 ނޮވެންބަރ 2025 ވާ ހޮނިހިރު ދުވަހުން ފެށިގެން ކުނި ނެގުމުގެ ޚިދުމަތް މެދުކަނޑާލުމަށް މި ކައުންސިލްގެ 160 ވަނަ ޖަލްސާއިން ވަނީ ނިންމާފައެވެ. އެގޮތުން، ކުނި ނެގުމުގެ ޚިދުމަތް މެދު ނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި އެންމެހާ ގޭބިސީތަކުން ވެސް ގަވާއިދުން ކުނި ފީ ދެއްކުމަށް ސަމާލުކަން ދެއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

06 ޖުމާދަލްޢޫލާ 1447

28 އޮކްޓޯބަރ 2025

ޑައުންލޯޑް ކުރުމަށް

ރަށުގެ އިއުލާނާއި ދެންނެވުން

29-10-2025

އެސިސްޓެންޓް ކައުންސިލް އޮފިސަރ

28-10-2025

ގާކުނޑި އެޅުމަށް ބަނދަރު ދެ ފައިކަށި ހަމަޖެއްސުމާ ގުޅޭ

28-10-2025

1 ނޮވެންބަރ 2025 އިން ފެށިގެން ކުނި ފީ ނުދައްކާ ގޭބިސީތަކުން ކުނި ނެގުން މެދުކަނޑާލުމާ ގުޅޭ

28-10-2025

ނ.ކެނދިކުޅުދޫ، އިޖްތިމާޢީ ސަރަހައްދުތަކާއި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގައި ކުނި އެންދުން މަނާކުރުމާ ގުޅޭ

26-10-2025

ދި މެންގްރޫވް އައިލެންޑް ހުސްނޫނު ވޮލީބޯލް ޓޯނަމެންޓް 2025 - މުބާރާތުގެ ގަވާއިދު

26-10-2025

ކެނދިކޮޅު އަވަށުން ހުސްވެފައިވާ 01 ގެވަޅު ލައިޖެއްސުމަށް ހުޅުވާލުމާ ގުޅޭ

21-10-2025

އެފް.އޭ.އެމް އެޓޯލް ޗެމްޕިއަންޝިޕް 26/2025 ފުޓްބޯޅަ މުބާރާތުގައި ނ. ކެނދިކުޅުދޫއިން ވާދަކުރާ ޓީމް ރަޖިސްޓްރީ ވުމަށް ހުޅުވާލުން

15-10-2025

ކަނޑު ލައިސަންސް ދޫކުރުމަށް ބޭނުންވާ އެގްޒެމިނަރުން ހޯދުމާއިބެހޭ

13-10-2025

ފަސްޓް އެއިޑް ޓްރެއިނިންގ ޕްރޮގްރާމެއް ހިންގުމާއިގުޅޭ