1447 ވަނަ އަހަރުގެ ރަމަޟާން މަހާ ގުޅިގެން ސަރުކާރުން ހަދިޔާ ކުރާ މަސްދަޅު ކޭސް ބެހުމާ ގުޅޭ
މިދިޔަ އަހަރެކޭވެސް އެއްފަދައިން، މިއަހަރުވެސް ބަރަކާތްތެރި ރަމަޟާންމަހާ ގުޅިގެން ސަރުކާރުން ދިވެހިރައްޔިތުންނަށް ރޯދަ ހަދިޔާގެ ގޮތުގައި ދެއްވާ މަސްދަޅު ކޭސް ކެނދިކުޅުދޫއަށް ލިބިފައިވާތީ އެތަކެތި ބެހުމުގެ މަސައްކަތް މާދަމާ (29 ޖަނަވަރީ 2026) ން ފެށިގެން 9 ފެބުރުއަރީ 2026 ގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 13:00 އާއި ހަމަޔަށް ކުރިއަށްދާނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މިގޮތުން ގޭބިސީގެ ގޮތުގައި ބަލާފައިވާނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާ (ނަންބަރު: 494-LGS1/228/2025/25) ސިޓީއިން އިރުޝާދު ދެއްވާފައިވާ ފަދައިން ވަކިން ކައްކާ ކައިބޮއެ ދިރިއުޅޭ ނ.ކެނދިކުޅުދޫގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ އާއިލާތަކެވެ. އަދި މީގެ އިތުރުން ކެނދިކުޅުދޫގެ ލިސްޓް އެކުލަވާލުމުގައި ފެނަކަ ނ.ކެނދިކުޅުދޫ ބްރާންޗުގެ މީޓަރު ލިސްޓް އަށް ރިޢާޔަތް ކޮށްފައިވާނެއެވެ.
ވީމާ، ގޭބިސީތަކުން މަސްދަޅު ކޭހާއި ހަވާލުވުމަށްޓަކައި ޒިންމާދާރު ބޭފުޅަކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ކައުންސިލް އިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ.
ވީމާ, މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
09 ޝަޢުބާން 1447
28 ޖަނަވަރީ 2026
ޑައުންލޯޑް ކުރުމަށް
ރަށުގެ އިއުލާނާއި ދެންނެވުން
16-03-2026
ކެނދި ތާޖު ޤުރްޢާން އަދި މަދަޙަ މުބާރާތުގެ ބައެއް އިންތިޒާމްތައް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
13-03-2026
"ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް 2026" ކުރިއަށްދާ މުއްދަތުގައި ފުޓްބޯޅަ ދަނޑު ސަރަޙައްދުން ކެންޓީން ހިންގުމަށް އަލުން ހުޅުވާލުމާގުޅޭ
09-03-2026
ފިޠުރު ޢީދު ހަރަކާތްތައް ހިންގުމަށް ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލުން
09-03-2026
ވޯލް މައުންޓް އެއަރ ކޮންޑިޝަނަރ (އޭ.ސީ) ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
05-03-2026
ސްޓޭޑިއަމް ލެޑް ލައިޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
03-03-2026
ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓު ލިބުނުގޮތުގެ ޝީޓު - ޑްރައިވަރ (ދާއިމީ)
01-03-2026
"ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް 2026" އަށް ގެންނަ ރެފްރީންގެ ހުރުން ހަމަޖެއްސުމާއި ގުޅޭ
01-03-2026
"ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް 2026"ގައި އޮފިޝަލުކަން ކޮށްދޭނެ ފަރާތްތައް ހޯދުމާ ގުޅޭ
01-03-2026