ކެނދި ތާޖު ޤުރްޢާން އަދި މަދަޙަ މުބާރާތުގެ ބައެއް އިންތިޒާމްތައް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
ކެނދިކުޅުދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކެނދި ތާޖު ޤުރްއާން އަދި މަދަހަ މުބާރާތުގެ ބައެއް ކަންކަން އިންތިޒާމްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މިބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކަށެވެ.
ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު)ގެ ދަށުން، ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓުރީ ކުރެވިފައިވާ ވިޔަފާރިތައް؛
ޤާނޫނު ނަންބަރު 2011/13 (ޕާޓްނަރޝިޕް ޤާނޫނު)ގެ ދަށުން، ޕާޓްނާޝިޕެއްގެ ގޮތުގައި ރަޖިސްޓުރީ ކުރެވިފައިވާ ވިޔަފާރިތައް؛
ޤާނޫނު ނަންބަރު 2007/3 (ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނު)ގެ ދަށުން، ކޯޕަރޭޓިވް ސޮސައިޓީއެއްގެ ގޮތުގައި ރަޖިސްޓުރީ ކުރެވިފައިވާ ވިޔަފާރިތައް؛ އަދި
ޤާނޫނު ނަންބަރު 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު)ގެ ދަށުން، ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓުރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.
ކުރަންޖެހޭ މަސައްކަތްތައް:
1. މުބާރާތް ކުރިއަށް ދާ ހޯލް ޑެކަރޭޓްކުރުމާއި މުބާރާތް ހިންގާ ކޮމިޓީއިން ދޭ މައުލޫމާތާއި އެއްގޮތަށް ކެންވަސްތައް ޑިޒައިންކުރުމާއި ހަރުކުރުން
2. ޤުރްއާން އަދި މަދަހަ މުބާރާތުގެ ސައުންޑްގެ އެންމެހާ އިންތިޒާމްތައް ހަމަޖެއްސުން
3. ޤުރްއާން އަދި މަދަހަ މުބާރާތުގެ ވީޑިއޯ ރިކޯޑިންގ އަދި ލައިވްކުރުމުގެ އެންމެހާ މަސައްކަތްތައް ކުރުން
4. ދެ މުބާރާތަށް ބޭނުންވާ ޑިޖިޓަލް ބޯޑު/ޓީވީ ތައް ހަރުކުރުން
5. ދެ މުބާރާތަށް ބޭނުންވާ ޖަޖު ޕެނަލް، ހުށަހަޅާ ޕޯޑިއަމް އަދި އިދާރީ ޕެނަލް ހެދުމާއި ބެހެއްޓުން
6. ދެ މުބާރާތުގެ ފޮޓޯގްރަފީގެ އެންމެހާ މަސައްކަތްތައް ކުރުން
7. މުބާރާތް އޮންނަ މުއްދަތުގައި ދޭންޖެހޭ އެންމެހާ އައިޓީ ސަޕޯޓް ދިނުން
8. މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގެ އިންތިޒާމްތައް ކުރިއަށް ގެންދިއުން
ނަން ނޯޓް ކުރުން/ ރަޖިސްޓްރޭޝަން
ބީލަން ހުށަހަޅަން ބޭނުންފުޅުވާ ފަރާތްތަކުން، 19 މާރިޗް 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރޭޝަން ފޯރމު ފުރިހަމަކޮށް ފޮނުވަންވާނެއެވެ.
ރަޖިސްޓްރޭޝަން ލިންކް: https://forms.office.com/r/SrhEC3QWNd
މިއިޢުލާނަށް ބީލަން ހުށަހެޅޭނީ، ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ.
ބީލަން ހުށަހެޅުން
ބީލަން ހުށަހެޅުން އޮންނާނީ 26 މާރިޗް 2026 ވާ ބުރާސްފަތި ދުވަހު 13:00ގައި ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކާއި، ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.
ބީލަން ހުށަހަޅާ ފަރާތަށް ހުށަހެޅޭނީ 01 (އެކެއް) ޕްރޮޕޯސަލެވެ. އެއް ޕްރޮޕޯސަލަށްވުރެ ގިނަ ޕްރޮޕޯސަލް، އެއް ފަރާތަކުން ހުށަހަޅައިފިނަމަ، އެފަރާތަކުން ހުށަހަޅާ ހުރިހައި ޕްރޮޕޯސަލެއް ބާތިލް ކުރެވޭނެއެވެ. މީގެ ތެރޭގައި އެހެން ފަރާތަކުން ހުށަހަޅާ ޕްރޮޕޯސަލެއްގައި ބައިވެރިވުންވެސް ހިމެނޭނެއެވެ.
އިތުރު މަޢުލޫމާތު
އެކަށީގެންވާ އަދަދަށް ބިޑު ލިބިފައި ނުވާނަމަ އަދި ހުށަހަޅާފައިވާ ބިޑްތަކުގެ އަގާއި މުއްދަތު އެކަށީގެންނުވާނަމަ މި އިޢުލާނު ބާޠިލްކުރުމުގެ އިޚްތިޔާރު ނ. ކެނދިކުޅުދޫ ކައުންސިލަށް ލިބިގެން ވެއެވެ.
- ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
- ނ. ކެނދިކުޅުދޫ، ދިވެހިރާއްޖެ،
- ފޯން: 6560013 ނުވަތަ 6560674 /6560668 (ރަސްމީ ގަޑީގައި)
- އީމެއިލް: projects@kendhikulhudhoo.gov.mv
ޑައުންލޯޑް ކުރުމަށް
ރަށުގެ އިއުލާނާއި ދެންނެވުން
15-06-2026
ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން ބާއްވާ ފަރުމަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުމާ ގުޅޭ
19-05-2026
ބަނދަރުގައި ޓަކް ޝޮޕް ހިންގުމުގެ ފުރުޞަތު ހުޅުވާލުމާ ގުޅޭ
13-05-2026
އަޟްޙާ ޢީދު ކުޅިވަރުތައް ހިންގުމަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލުން
07-05-2026
ނ. ކެނދިކުޅުދޫ "ލައިކް" އެވެ ކިޔާ ބަންޑާރަ ގޯތީގެ ގޯތީގެ ރަޖިސްޓްރީ ގެއްލުމާއި ގުޅޭ
07-05-2026
ނ. ކެނދިކުޅުދޫ "މުރިގު" އެވެ ކިޔާ ބަންޑާރަ ގޯތީގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ގެއްލުމާއި ގުޅޭ
03-05-2026
ނ. ކެނދިކުޅުދޫގެ ހޭޅިފަށުގައި ހުއިވަނި ގިނަވުމާ ގުޅިގެން އަޅާ ފިޔަވަޅުތަކާ ބެހޭ
03-05-2026
ނ. ކެނދިކުޅުދޫ "ވިލަރެސް" އެވެ ކިޔާ ބަންޑާރަ ގޯތީގެ ރަޖިސްޓްރީ ގެއްލުމާއި ގުޅޭ
16-03-2026
ކެނދި ތާޖު ޤުރްޢާން އަދި މަދަޙަ މުބާރާތުގެ ބައެއް އިންތިޒާމްތައް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
13-03-2026