ކެނދިކުޅުދޫގައި ޤާއިމުކުރާ ގަހުގެ ނާސަރީ އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭގޮތުން ކުރިން ކޮށްފައިވާ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާން ކުރުން
ކެނދިކުޅުދޫ ކައުންސިލާއި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނަރޖީ އާއި ގުޅިގެން ކެނދިކުޅުދޫގައި ގަހުގެ ނާސަރީއެއް ޤާއިމުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލުމަށް 24 އޯގަސްޓް 2026 ގައި ކޮށްފައިވާ އިޢުލާން (ނަންބަރ: (IUL)286-MP/2026/70) އާއި ގުޅިގެން ހުށަހަޅާފައިވާ ބީލަމުގެ އަގު މިމަސައްކަތާއި އެކަށީގެން ނުވާތީ ، އެ އިޢުލާން ބާޠިލުކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
| ހ. ބީލަމުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، 27 ސެޕްޓެމްބަރ 2026 ވާ އާދީއްތަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އޮންލައިން ފޯމު މެދުވެރިކޮށް ރަޖިސްޓަރ ވާންވާނެއެވެ. ށ. ރަޖިސްޓްރޭޝަން ފޯމު: https://forms.cloud.microsoft/r/uHZaPEENnh ނ. ބީލަން ހުށަހެޅުމަށް ވަޑައިގެންނެވޭނީ ހަމައެކަނި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. |
| ހ. މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 27 ސެޕްޓެމްބަރ 2026 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ކެނދިކުޅުދޫ ކައުންސިލްގެ ޖަލްސާކުރާ މާލަން (ކެނދި މާލަން) ގައެވެ. މި ސެޝަނުގައި ބައިވެރި ނުވެވޭ ނަމަ ނުވަތަ އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާ ނަމަ މިކައުންސިލްގެ އިދާރާގެ ޕްރޮޖެކްސް މެއިލް (projects@kendhikulhudhoo.gov.mv) މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެވޭނެ އެވެ. އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެވޭނެ ސުންގަޑިއަކީވެސް 27 ސެޕްޓެމްބަރ 2026 ވާ އާދީއްތަ ދުވަހުގެ 11:00 އެވެ. ށ. ޕްރޮޖެކްޓާއި ބެހޭ މަޢުލޫމާތު އަދި ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު ގެޒެޓް ކޮށްފައިވާނެއެވެ. |
| ހ. ބީލަން ހުޅުވުން އޮންނާނީ 04 އޮކްޓޯބަރ 2026 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ނ. ކެނދިކުޅުދޫ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަން (ކެނދި މާލަން) ގައެވެ. |
|
- މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ - ނ. ކެނދިކުޅުދޫ، ދިވެހިރާއްޖެ - ފޯން: 6560013 ނުވަތަ 6560674 (ރަސްމީ ގަޑީގައި) - އީމެއިލް: projects@kendhikulhudhoo.gov.mv |
ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.
11 ރަބީއުލްއާޚިރް 1448
22 ސެޕްޓެންބަރު 2026