ކެނދިކުޅުދޫ އިސްލާމިކް އެޑްވައިޒަރީ އެކްޝަން ކޮމެޓީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުން
ކެނދިކުޅުދޫ ކައުންސިލަށް ލަފާދޭ ބޯޑުތަކާއި ކޮމެޓީތައް އުފެއްދުމުގެ އުޞޫލު (DIR)286-MP/286/2026/8 ގެ ދަށުން މި ކައުންސިލުގެ 20 ވަނަ ޖަލްސާ އިން ފާސްކޮށްފައިވާ ޤަރާރާއި އެއްގޮތަށް، ކެނދިކުޅުދޫ އިސްލާމިކް އެޑްވައިޒަރީ އެކްޝަން ކޮމެޓީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ކޮމެޓީގެ މެންބަރުންގެ އަދަދަކީ 5 މެންބަރުންނެވެ.
މަޤާމް: | ކޮމެޓީ މެންބަރު |
ބޭނުންވާ އަދަދު: | 5 |
މަޤާމުގެ ޝަރުތުތައް: |
|
ހުށަހަޅަން ޖެހޭ ލިޔެކިޔުންތަށް | - ދިވެހި ރައްޔިތެއް އަންގައިދޭ ކާޑުގެ ކޮޕީ (ދުވަސް ހަމަ ނުވާ) - ވަނަ ވަރު ( ސީ.ވީ) |
އެޕްލިކޭޝަން ހުށަހެޅުމުގެ ސުން ގަޑި | 5 ނޮވެންބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 |
މި މަޤާމްތަކަށް އެދި ކުރިމަތިލުމަށް planning@kendhikulhudhoo.gov.mv ގުޅުން ހުރި ލިޔުންތަކާއިއެކު ސުންގަޑީގެ ކުރިން އީ-މެއިލް މެދުވެރިކޮށް ފޮނުވަދެއްވުން އެދި ދަންނަވަމެވެ. މިކަމާއި ގުޅޭ އިތުރު މަޢޫލޫމާތު ސާފްކުރުމަށް 6560013 އަށް ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
14 ޖުމާދަލްއޫލާ 1448
25 އޮކްޓޫބަރު 2026
ޑައުންލޯޑް ކުރުމަށް