ރުއްގަހުގެ ވެރިފަރާތްތައް ހޯދުމާއި ގުޅޭ
އިޢުލާން ނަންބަރު: (IUL)286-MP/286/2024/117
.
ނ. ކެނދިކުޅުދޫއިން ކުދި އޮޑިދޯނިފަހަރާއި ޑިންގީ ބަނދެ، މަރާމާތުކުރުމަށާއި މެކޭނިކަލް ވޯރކްޝޮޕް ފަދަ ސިނާއީ މަސައްކަތް ކުރުމަށް ދޫކޮށްފައިވާ ބިންތަކުގައި ހުރި ރުއްގަހުގެ ވެރިފަރާތްތައް ހޯދަން ބޭނުންވެއްޖެއެވެ.
ދިގު މުއްދަތަށް ކުޅުދޫ އަވަށުން ސިނާއީ މަސައްކަތްކުރުމަށް ދޫކޮށްފައިވާ 3 (ތިނެއް) ބިން:
މިއީ ނ. ކެނދިކުޅުދޫ ކުޅުދޫ އަވަށުން، ކުދި އޮޑިދޯނިފަހަރާއި ޑިންގީ ބަނދެ، މަރާމާތުކުރުމަށާއި މެކޭނިކަލް ވޯރކްޝޮޕް ފަދަ ސިނާއީ މަސައްކަތްކުރުމަށް ދޫކޮށްފައިވާ، ފުޅާމިނުގައި 209 ފޫޓު، ދިގުމިނުގައި 211 ފޫޓު 6 އިންޗި ހުންނަ ބިމެކެވެ. މިބިން އޮންނާނީ ކުޅުދޫ އަވަށު ނާސިޔާ މަގާއި އިންވެގެން އުތުރުން، ދަށްމަގާއި އިންވެގެން ހުޅަނގުންނެވެ. މިބިން އޮތް ސަރަހައްދުގައި ހުރި ރުއްގަހުގައި ނަންބަރު ޖަހާފައިވާނީ B1 އިން ފެށިގެން B19 އާއި ހަމަޔަށް ގަދަ ރަތް ކުލައިންނެވެ.
ދިގު މުއްދަތަށް ކެނދިކޮޅު އަވަށުން ސިނާއީ މަސައްކަތްކުރުމަށް ދޫކޮށްފައިވާ ބިން:
މިއީ ނ. ކެނދިކުޅުދޫ ކެނދިކޮޅު އަވަށުން، ކުދި އޮޑިދޯނިފަހަރާއި ޑިންގީ ބަނދެ، މަރާމާތުކުރުމަށާއި މެކޭނިކަލް ވޯރކްޝޮޕް ފަދަ ސިނާއީ މަސައްކަތްކުރުމަށް ދޫކޮށްފައިވާ، ފުޅާމިނުގައި 50 ފޫޓު، ދިގުމިނުގައި 50 ފޫޓު ހުންނަ ބިމެކެވެ. މި ބިން އޮންނާނީ ކެނދިކޮޅު މައިޒާން ހިނގުމާއި ނޫރާނީ ހިނގުމުގެ ދެމެދުން މަސްވެރި ހިނގުމުގެ ހުޅަނގުންނެވެ. މި ބިން އޮތް ސަރަހައްދުގައި ހުރި ރުއްގަހުގައި ނަންބަރު ޖަހާފައިވާނީ B20 އިން ފެށިގެން B21 އާއި ހަމަޔަށް ގަދަ ރަތް ކުލައިންނެވެ.
އެހެންކަމުން، މިބިންތަކުގައި ހުރި ރުއްގަހުގެ ވެރިފަރާތްތަކުން 13 ޖަނަވަރީ 2025 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ރުއްގަސް ނަންނޯޓްކުރާ ފޯމް މެދުވެރިކޮށް ފޯމް ހުށައެޅުމަށް ދަންނަވަމެވެ. ފޯމް ހުށައަޅާނީ ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ކައުންޓަރަށެވެ. ނުވަތަ އޮންލައިން ކޮށްނަމަ ms@kendhikulhudhoo.gov.mv އީމެއިލް އެޑުރެހަށެވެ. ރުއްގަހުގެ ނަންބަރު ނޯޓްކުރާ ފޯމް، އަދި ބިންތަކުގެ ސަރަހައްދު އަންގައިދޭ ޗާޓު މިއިޢުލާނާއެކު އެއްކަރުދާސް ކުރަމެވެ. އަދި ރުއްގަސް ނަން ނޯޓްކުރާ ފޯމް މިކައުންސިލުގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
31 ޑިސެމްބަރ 2024
30 ޖުމާދަލްއާޚިރާ 1446
ރަށުގެ އިއުލާނާއި ދެންނެވުން
08-01-2025
ބަނދަރު އުތުރުފަރާތު ފައިކަށީގައި ހުރި ތަކެތި ނެގުމާއި ގުޅޭ
08-01-2025
ވަޒީފާއަށް ކުރިމަތިލި ފަރާތްތަކުގެ ސްކްރީނިންގ މަރުޙަލާގެ ނަތީޖާ ޝީޓް - ކައުންސިލް އެސިސްޓެންޓް (އަދަދު 01)
08-01-2025
ވަޒީފާއަށް ކުރިމަތިލި ފަރާތްތަކުގެ ސްކްރީނިންގ މަރުޙަލާގެ ނަތީޖާ ޝީޓް - އެސިސްޓެންޓް ކައުންސިލް އޮފިސަރ (އަދަދު 01)
31-12-2024
މި ކައުންސިލްގެ ބެލުމުގެ ދަށުގައިހުރި ވިންޗްތައް ނީލަން ކިޔުމާއި ގުޅޭ
31-12-2024
ރުއްގަހުގެ ވެރިފަރާތްތައް ހޯދުމާއި ގުޅޭ
26-12-2024
ކައުންސިލް އެސިސްޓެންޓް (ދާއިމީ)
26-12-2024
އެސިސްޓެންޓް ކައުންސިލް އޮފިސަރ(ދާއިމީ)
17-10-2024
ނ.ކެނދިކުޅުދޫގައި އިންޑޯ ޖިމެއް ޤާއިމުކޯށް ހިންގާނެ ފަރާތެއް ހޯދުމާ ބެހޭ
16-10-2024