ނ.ކެނދިކުޅުދޫގައި އިންޑޯ ޖިމެއް ޤާއިމުކޯށް ހިންގާނެ ފަރާތެއް ހޯދުމާ ބެހޭ

ނ. ކެނދިކުޅުދޫގައި އިންޑޯ ޖިމް ޤާއިމުކުރުމަށް ހަމަޖެހިފައިވާ ޢިމާރާތް (286-SP01) ވިޔަފާރި ބޭނުމަށް ކުއްޔަށް ދޫކުރުމަށް މި ކައުންސިލުން ނިންމާފައިވާތީ، މި އިމާރާތް ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ތަރައްޤީކޮށް ހިންގަން ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި ޢިމާރާތް ކުއްޔަށް ހިފާ ފަރާތުން، އިމާރާތުގެ އާބާތުރަ ފިލުވާ، ރަށުގެ އާންމު ރައްޔިތުންގެ ބޭނުންތަކަށް ރިޢާޔަތްކޮށް، މި ޢިމާރާތުގައި ޖިމެއް ޤާއިމުކޮށް ހިންގުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި މި އިދާރާއިން ކަނޑައަޅާފައިވާ ކަމެކެވެ.

މި އިޢުލާނަށް ބީލަން ހުށަހެޅޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ނުވަތަ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ.

އިތުރު ޝަރުޠުތައް:

• ޢިމާރާތުގެ ގޯތިތެރޭގައި އައުޓްޑޯ ޖިމް، ޢިމާރާތުގައި އިންޑޯޖިމް އަދި އެންޓަރޓެއިންމެންޓް ރޫމް އެއް ތަރަށްޤީކުރުން.

• ޢިމާރާތް ޙަވާލުކުރެވޭ ފަރާތަށް، ޢިމާރާތުގައި ޖިމާއި ގުޅުންހުރި އެހެނިހެން ވިޔަފާރި މި އިދާރާއިން ހުއްދަ ހޯދުމަށްފަހު ހިންގިދާނެއެވެ.

• ޢިމާރާތުގައި ޢިމާރާތް ހިންގާ ފަރާތުން ދިވެހިރާއްޖޭގެ ޤާނޫނާއި، އިސްލާމީ އުސޫލުތަކާއި އަދި އާންމު ޢިޖުތިމާއީ މިންގަނޑުތަކާއި ޚިލާފު ހަރަކާތްތަކަށް ހިންގައިގެން ނުވާނެއެވެ.

ބީލަން ހުށަހަޅާއިރު މަތީގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާގޮތަށް ޕްލޭން ކުރަންވާނެއެވެ. އަދި މިޝަރުޠުތައް ފުރިހަމަނުވާ ބީލަންތައް ބާޠިލްކުރެވޭނެއެވެ.

ވީމާ، މި ފުރުޞަތުގައި ޝައުޤުވެރިވާ ފަރާތްތަކުން ތަފްޞީލީ ޕްރޮޕޯސަލް ތައްޔާރުކޮށް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6560013 އަށް ގުޅުއްވުން އެދެމެވެ.

17 އޮކްޓޯބަރު 2024

ރަށުގެ އިއުލާނާއި ދެންނެވުން

17-10-2024

ނ.ކެނދިކުޅުދޫގައި އިންޑޯ ޖިމެއް ޤާއިމުކޯށް ހިންގާނެ ފަރާތެއް ހޯދުމާ ބެހޭ

16-10-2024

ވަލުން ނަފާ ހޯދާ ފަރާތްތަކުގެ ދަފްތަރު އެކުލަވާލުމާއިބެހޭ

14-10-2024

44 ވަނަ މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި ހޮވާ ކެޔޮޅުންގެ އެވޯޑާއި ޙިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

13-10-2024

ދަނޑުވެރިކަމުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

08-10-2024

ވަޒިފާގެ ފުރުސަތު | ކައުންސިލް އެސިސްޓެންޓް (ބަނދަރު)

02-10-2024

ރުއްގަހުގެ ވެރިފަރާތްތައް ހޯދުމާއި ގުޅޭ

26-09-2024

ކެނދިކުޅުދޫގެ ދެއަވަށުން ދޫކޮށްފައިވާ ސިނާއީ ބިންތަކުގައި ހުރި އާންމު ފަރާތްތަކުގެ މުދާތައް ނެގުމާ ބެހޭ

26-09-2024

ޖަމުޢިއްޔާ ޖަމާޢަތްތަކަށް ދޫކޮށްފައިވާ ބިންތަކުން ކުލި ނެގުމާއި ގުޅޭ

24-09-2024

ޒުވާނުންގެ އިނާމާ ބެހޭ