އެއްގަމުގައި ދުއްވާ ހެވީ ވެހިކަލް ދުއްވުމުގެ ޕްރެކްޓިކަލް ޓެސްޓް ކުރައްވާނެ އެގްޒަމިނަރުން ހޯދުން
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ދޫކުރާ އެއްގަމުގައި ދުއްވާ ހެވީ ވެހިކަލް ދުއްވުމުގެ ލައިސަންސް، ނ. ކެނދިކުޅުދޫއިން ދޫކުރުމަށްޓަކައި ޢަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރުން ބޭނުންވެއްޖެއެވެ. މި އިމްތިޙާނު އޮންނާނީ މި އިދާރާއިން ކަނޑައަޅާ ވަގުތު ތަކުގައި ކަނޑައަޅާ ތަނެއްގައެވެ. މި މަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށްވެސް ކުރެވިދާނެ މަސައްކަތެކެވެ.
އެގްޒަމިނަރުން:
- ބޭނުންވާ ޢަދަދު: 02 (ދޭއް)
އުޖޫރަ:
- ވެހިކަލް އަކަށް -/100 ރުފިޔާ (ސަތޭކަ ރުފިޔާ)
ޝަރުތު
- ކެނދިކުޅުދޫ ކައުންސިލްގެ އިދާރާގެ މުވައްޒަފަކަށް ނުވުން.
- ލިޔަންކިޔަން އެނގުން.
- ފާއިތުވި 05 އަހަރުދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައި ނުވުން.
- އުޅަނދު ދުއްވުމުގެ ކެޓަގަރީ V1, V2, V3, V4, V5, V6, V7, V8, V9, C0 ނުވަތަ މަދުވެގެން V1, V7, V8, V9, C0 އޮތުން.
- ޑްރައިވިންގ ސްކޫލެއްގައި އެއްވެސް ހައިސިއްޔަތަކުން މަސައްކަތްކުރާ ފަރާތެއްކަމުގައި ނުވުން.
ހުށަހަޅަންޖެހޭ ތަކެތި:
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ޕޯމް (ހެވީ ވެހިކަލް ދުއްވުމުގެ ލައިސެންސް ދޫކުރުމުގެ އެގްޒަމިނަރަކަށްވުމަށް އެދޭ ފޯމް)
- ޑްރައިވިންގ ލައިސަންސްގެ ކޮޕީ
- ޕޮލިސް ރިޕޯޓް (03 މަސް ދުވަސް ނުވާ)
- އައި.ޑީ ކާޑުގެ ކޮޕީ
ވުމާއެކު، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ލިޔުންތަކާއެކު 18 ނޮވެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ނުވަތަ މި އިދާރާގެ އީމެއިލް info@kendhikulhudhoo.gov.mv މެދުވެރިކޮށް ހުށަހެޅުން އެދެމެވެ. އެގްޒަމިނަރަކު އައްޔަންކުރުމުގައި އެންމެ ގިނަ ކެޓަގަރީތަކުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
15 ޖުމާދަލްޢޫލާ 1447
06 ނޮވެމްބަރ 2025
ޑައުންލޯޑް ކުރުމަށް
ރަށުގެ އިއުލާނާއި ދެންނެވުން
06-11-2025
އެއްގަމުގައި ދުއްވާ ހެވީ ވެހިކަލް ދުއްވުމުގެ ޕްރެކްޓިކަލް ޓެސްޓް ކުރައްވާނެ އެގްޒަމިނަރުން ހޯދުން
05-11-2025
"ދި މެންގްރޫވް އައިލެންޑް ހުސްނޫނު ވޮލީބޯލް ޓޯރނަމެންޓް 2025" ކުރިއަށްދާ މުއްދަތުގައި ވޮލީ ދަނޑު ސަރަޙައްދުން ގާޑިޔާ ހިންގުމަށް ކުއްޔަށް ދޫކުރުމާގުޅޭ
05-11-2025
"ދި މެންގްރޫވް އައިލެންޑް ހުސްނޫނު ވޮލީބޯލް ޓޯރނަމެންޓް 2025" ސުޕޮންސަރކުރުމާއި، ސްޕޮންސަރ ބޯޑުޖެހުމަށް ހުޅުވާލުން
29-10-2025
އެސިސްޓެންޓް ކައުންސިލް އޮފިސަރ
28-10-2025
ގާކުނޑި އެޅުމަށް ބަނދަރު ދެ ފައިކަށި ހަމަޖެއްސުމާ ގުޅޭ
28-10-2025
1 ނޮވެންބަރ 2025 އިން ފެށިގެން ކުނި ފީ ނުދައްކާ ގޭބިސީތަކުން ކުނި ނެގުން މެދުކަނޑާލުމާ ގުޅޭ
28-10-2025
ނ.ކެނދިކުޅުދޫ، އިޖްތިމާޢީ ސަރަހައްދުތަކާއި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގައި ކުނި އެންދުން މަނާކުރުމާ ގުޅޭ
26-10-2025
ދި މެންގްރޫވް އައިލެންޑް ހުސްނޫނު ވޮލީބޯލް ޓޯނަމެންޓް 2025 - މުބާރާތުގެ ގަވާއިދު
26-10-2025