ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން ބާއްވާ ފަރުމަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުމާ ގުޅޭ
މިއަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ފަރުމަސްވެރިކަމުގެ މުބާރާތް 19 ޖޫން 2026 ވާ ހުކުރު ދުވަހު ރާއްޖޭގެ ހުރިހާ ރަށްތަކަކަށް ހުޅުވާލައިގެން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން، މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ނ. ކެނދިކުޅުދޫގެ އެންމެހާ ރައްޔިތުންނަށާއި ޓީމުތަކަށް ހުޅުވާލަމެވެ.
މުބާރާތުގެ އުޞޫލާއި ޝަރުޠުތައް:
- މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ ފުރަތަމަ ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ 20 (ވިހި) ޓީމަށެވެ.
- ކޮންމެ ޓީމެއްގައި މެނޭޖަރާއެކު ގިނަވެގެން ހިމެނޭނީ 13 (ތޭރަ) މެންބަރުންނެވެ.
- ޓީމުގެ މެނޭޖަރު ފިޔަވައި، އެހެން ހުރިހާ މެންބަރުންނަށް މަސްވެރިކަމުގެ ޢަމަލީ ހަރަކާތްތަކުގައި ބައިވެރިވެވޭނެއެވެ.
މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ތިރީގައިވާ ގޫގުލް ފޯމް ލިންކް މެދުވެރިކޮށް ފޯމު ފުރިހަމަކުރެއްވުމަށްފަހު، 17 ޖޫން 2026 ވާ ބުދަ ދުވަހުގެ 18:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.
ފޯމް ލިންކް: (https://forms.gle/XJ9zXUqTQNdyi5iD6)
މި މުބާރާތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުނަމަ 6560013 ނުވަތަ 9899877 ފޯނު ނަންބަރާ ގުޅުއްވުން އެދެމެވެ. މުބާރާތާ ގުޅިގެން މިނިސްޓްރީން އެކުލަވާލާފައިވާ އާންމު ގަވާއިދު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
ޑައުންލޯޑް ކުރުމަށް
ރަށުގެ އިއުލާނާއި ދެންނެވުން
15-06-2026
ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން ބާއްވާ ފަރުމަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުމާ ގުޅޭ
19-05-2026
ބަނދަރުގައި ޓަކް ޝޮޕް ހިންގުމުގެ ފުރުޞަތު ހުޅުވާލުމާ ގުޅޭ
13-05-2026
އަޟްޙާ ޢީދު ކުޅިވަރުތައް ހިންގުމަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލުން
07-05-2026
ނ. ކެނދިކުޅުދޫ "ލައިކް" އެވެ ކިޔާ ބަންޑާރަ ގޯތީގެ ގޯތީގެ ރަޖިސްޓްރީ ގެއްލުމާއި ގުޅޭ
07-05-2026
ނ. ކެނދިކުޅުދޫ "މުރިގު" އެވެ ކިޔާ ބަންޑާރަ ގޯތީގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ގެއްލުމާއި ގުޅޭ
03-05-2026
ނ. ކެނދިކުޅުދޫގެ ހޭޅިފަށުގައި ހުއިވަނި ގިނަވުމާ ގުޅިގެން އަޅާ ފިޔަވަޅުތަކާ ބެހޭ
03-05-2026
ނ. ކެނދިކުޅުދޫ "ވިލަރެސް" އެވެ ކިޔާ ބަންޑާރަ ގޯތީގެ ރަޖިސްޓްރީ ގެއްލުމާއި ގުޅޭ
16-03-2026
ކެނދި ތާޖު ޤުރްޢާން އަދި މަދަޙަ މުބާރާތުގެ ބައެއް އިންތިޒާމްތައް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
13-03-2026