ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ޙަރަކާތްތައް ކުރިއަށްދާނެ ސަރަހައްދާއި ވަގުތު އެންގުމާއި ގުޅޭ

2026 ވަނަ އަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅުވައިގެން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޙަރަކާތްތަކާ ގުޅޭގޮތުން ދަންނަވަމެވެ.

މި އަހަރުގެ ކަނޑުތަކުގެ ދުވަހުގެ ޝިއާރު "Reimagine: Beyond The World We Know - A New Relationship With Our Ocean" ގެ ދަށުން 20 ޖޫން 2026 ގައި ބޭއްވުމަށް ހަމަޖެހިފައިވާ "އެންމެން އެކުގައި މޫދަށް" މި ނަމުގައި ހިންގާ ހާއްޞަ ޙަރަކާތްތަކެއް ނ. ކެނދިކުޅުދޫގައިވެސް ކުރިއަށްދާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އެގޮތުން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ހަރަކާތްތަކުގެ ތެރޭގައި، މޫދު ކުޅިވަރާއި އަދި ފަޅާއި، ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ސާފުކުރުމުގެ ޕްރޮގްރާމް ފެށިގެން ކުރިއަށްދާނެ ތަނާއި ވަގުތު ތިރީގައި އެވަނީއެވެ.

· ތަން: ބަނދަރު މަރިޔާދުގެ ސަރަހައްދު

· ތާރީހް: 20 ޖޫން 2026

· ވަގުތު:ހެނދުނު 8:30 ގައި

މޫދު ކުޅިވަރު ހަރަކާތްތައް ފެށިގެން ކުރިއަށްދާނެ ތަނާއި ވަގުތު ތިރީގައި އެވަނީއެވެ.

· ތަން: ކުޅުދޫއަވަށު ފާލަންމަގު ސަރަހައްދު

· ތާރީހް: 20 ޖޫން 2026

· ވަގުތު:ހެނދުނު 11:30 ގައި

އަދި ދަންނަވަމެވެ. މި ޙަރަކާތްތަކުގެ ތެރެއިން ސާފުކުރުމުގެ އިވެންޓްގައި އެންމެ ގިނަ އަދަދަކަށް (ކިލޯގްރާމްއިން) ކުނި ހޮވައިގެން 1 ވަނަ 2 ވަނަ 3 ވަނައަށް އަންނަ ގްރޫޕުތަކަށް ޚާއްޞަ އިނާމުތަކެއްވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މިހަރަކާތްތަކުގައި ކެނދިކުޅުދޫގެ ވީހާވެސްގިނަ ރައްޔިތުންނާއި މުވައްސަސާތަކުން ގްރޫޕްތައް ހައްދަވައިގެން މި ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގެން ދެއްވުމަކީ މި ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ. މި ހަރަކާތްތަކާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 9899877 ނުވަތަ 6560013 ފޯނު ނަންބަރާ ގުޅުއްވުން އެދެމެވެ.

ޑައުންލޯޑް ކުރުމަށް

ރަށުގެ އިއުލާނާއި ދެންނެވުން

18-06-2026

އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް - (ދާއިމީ)

18-06-2026

ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ޙަރަކާތްތައް ކުރިއަށްދާނެ ސަރަހައްދާއި ވަގުތު އެންގުމާއި ގުޅޭ

15-06-2026

ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން ބާއްވާ ފަރުމަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުމާ ގުޅޭ

19-05-2026

ބަނދަރުގައި ޓަކް ޝޮޕް ހިންގުމުގެ ފުރުޞަތު ހުޅުވާލުމާ ގުޅޭ

13-05-2026

އަޟްޙާ ޢީދު ކުޅިވަރުތައް ހިންގުމަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލުން

07-05-2026

ނ. ކެނދިކުޅުދޫ "ލައިކް" އެވެ ކިޔާ ބަންޑާރަ ގޯތީގެ ގޯތީގެ ރަޖިސްޓްރީ ގެއްލުމާއި ގުޅޭ

07-05-2026

ނ. ކެނދިކުޅުދޫ "މުރިގު" އެވެ ކިޔާ ބަންޑާރަ ގޯތީގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ގެއްލުމާއި ގުޅޭ

03-05-2026

ނ. ކެނދިކުޅުދޫގެ ހޭޅިފަށުގައި ހުއިވަނި ގިނަވުމާ ގުޅިގެން އަޅާ ފިޔަވަޅުތަކާ ބެހޭ

03-05-2026

ނ. ކެނދިކުޅުދޫ "ވިލަރެސް" އެވެ ކިޔާ ބަންޑާރަ ގޯތީގެ ރަޖިސްޓްރީ ގެއްލުމާއި ގުޅޭ