އެކި ބޭނުމަށް މަގުމަތި ކޮނުމަށްފަހު އަލުން ފަސްއަޅާ އެއްވަރުކުރުމާ ގުޅޭ
ނ. ކެނދިކުޅުދޫގެ މަގުތައް އެކި ބޭނުންތަކަށް (ފެނާއި ނަރުދަމާ، ކޭބަލް ޓީވީ، އިންޓަނެޓް އަދި އަމިއްލަ އެކިއެކި ބޭނުންތަކަށް) ކޮނުމުގެ މަސައްކަތް ކުރަމުންދާއިރު، ބައެއް ފަރާތްތަކުން މަސައްކަތް ނިންމުމަށްފަހު ފަސް ނާޅައި ދޫކޮށްލުމާއި، ފަސް އެޅުމުގައި ފަރުވާކުޑަކުރުމާއި، އަދި ބިންގަނޑު އެކަށީގެންވާ ފެންވަރަށް ހަރުނުކޮށް ބެހެއްޓުމުގެ ސަބަބުން މަގުތައް ހަލާކުވެ، އާންމު ރައްޔިތުންނަށާއި ދަތުރުފަތުރުކުރާ ފަރާތްތަކަށް ބޮޑެތި އުނދަގޫތަކާއި ނުރައްކާތަކާ ކުރިމަތިވަމުންދާކަން މި ކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ.
މިފަދަ ކަންކަމަކީ 28 އޮކްޓޫބަރ 2025 ގައި ގެޒެޓްކޮށް އާންމުކޮށްފައިވާ "ގަވާއިދު ނަންބަރު: (DIR)286-CB/286/2025/11 (މަގު ކޮނުމާއި މަގުގައި އެއްޗެތި ވަޅުލުމާބެހޭ ގަވާއިދު)" އާ ޚިލާފު ކަންކަމެވެ. އަދި މިއީ ކަނޑައެޅިގެން މަނާކަމެއް ކަމުގައިވީ ހިނދު، ގަވާއިދުގައިވާ ގޮތުގެ މަތިން މަގުކޮނުމުގެ މަސައްކަތް ކުރިއަށްގެންދާއިރު ތިރީގައިވާ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެންމެހާ ފަރާތްތަކަށް އަންގާ ހަނދާންކޮށްދެމެވެ.
- މަސައްކަތް ނިމުމުން ލަސްނުކޮށް ކޮނެފައިވާ ވަޅުގަނޑުތަކަށް ފަސްއަޅައި ބަންދުކުރުން.
- މަގު ކޮނުމަށްފަހު ފަސް އަޅާއިރު ފަސްގަނޑު އެއްވަރުކޮށް، ބިންގަނޑު ރަނގަޅަށް ހަރުކުރުމަށްފަހު މަގުގެ އެހެން ސަރަހައްދުތަކާ އެއްވަރުކުރުން.
- މަގުމަތީގައި އެއްވެސް މަސައްކަތެއް ކުރާނަމަ ހުއްދަނަގައި ބޯޑު ޖެހުން
- މަގު ކޮނުމާއި މަގުގައި އެއްޗެތި ވަޅުލުމުގައި ކަނޑައެޅިފައިވާ ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުން.
މިގަވާއިދާ އެއްގޮތަށް ޢަމަލުނުކުރާ ފަރާތްތަކާއި، ގަވާއިދާ ޚިލާފަށް މަގުތައް ހަލާކުކޮށް، ފަރުވާކުޑަކޮށް ދޫކޮށްލާ ފަރާތްތަކާމެދު، ގަވާއިދުގެ ދަށުން ފިޔަވަޅު އެޅޭނެއެވެ. އެގޮތުން ގަވާއިދާއި ޚިލާފުވާ ފަރާތްތަކާއި މެދު، ފުރަތަމަ ފަހަރަށް ނަސޭޙަތް ދިނުމަށްފަހު، ތަކުރާރުކޮށްފިނަމަ -/500ރ އާއި -/1000ރ އާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ކުށްތަކުރާރު ކުރަމުންދާނަމަ -/3000ރ އާއި -/5000ރ އާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.
ވުމާއެކު، އެކިއެކި ބޭނުންތަކަށް މަގުކޮންނަމުންދާ އެންމެހާ މުއައްސަސާތަކުންނާއި، ކުންފުނިތަކާއި، އަދި އަމިއްލަ ފަރާތްތަކުންވެސް މި ގަވާއިދަށް ފުރިހަމައަށް ބޯލަނބައި، މަގުތަކުގެ ރައްކާތެރިކަމަށް ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރަމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
ޑައުންލޯޑް ކުރުމަށް
ރަށުގެ އިއުލާނާއި ދެންނެވުން
09-07-2026
ނ.ކެނދިކުޅުދޫގެ އަތިރިމަތިން ކަނޑު އުޅަނދު އެހެލާ ބޭލުން މަނާ ސަރަހައްދުތައް ކަނޑައެޅުމާ ގުޅޭ
09-07-2026
ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓު ލިބުނުގޮތުގެ ޝީޓު އާންމު ކުރުން – ކައުންސިލް އެސިސްޓެންޓް (ދާއިމީ)
05-07-2026
ވަޒީފާއަށް ކުރިމަތިލި ފަރާތްތަކުގެ ސްކްރީނިންގ މަރުޙަލާގެ ނަތީޖާ ޝީޓު –ކައުންސިލް އޮފިސަރ (ދާއިމީ)
01-07-2026
ވަޒީފާއަށް ކުރިމަތިލި ފަރާތްތަކުގެ ސްކްރީނިންގ މަރުޙަލާގެ ނަތީޖާ ޝީޓު – ކައުންސިލް އެސިސްޓެންޓް (ދާއިމީ)
01-07-2026
ވަޒީފާއަށް ކުރިމަތިލި ފަރާތްތަކުގެ ސްކްރީނިންގ މަރުޙަލާގެ ނަތީޖާ ޝީޓު – އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް (ދާއިމީ)
01-07-2026
ވަޒީފާއަށް ކުރިމަތިލި ފަރާތްތަކުގެ ސްކްރީނިންގ މަރުޙަލާގެ ނަތީޖާ ޝީޓު – ކޮމްޕިއުޓަރ ޓެކްނީޝަން (ދާއިމީ)
01-07-2026
ކެނދިކުޅުދޫ ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި އެކޮމަޑޭޝަން ބްލޮކްތަކުގެ ގޯތިތެރެ އާއި މަގުފަޅި ސާފުކޮށް ކުނި ކަހާދޭނެ ފަރާތެއް ހޯދުމާ ގުޅޭ
30-06-2026
އަންހެނުންނަށް ޚާއްޞަ ބޮޑުބެރު ޖަަހަން ދަސްކޮށްދޭ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުމާ ގުޅޭ
30-06-2026