ކެނދިކުޅުދޫ "ކެނދި ގޮވާން 13" (ގްރީން ހައުސް) އަދި ވަށައިގެންވާ ބިން ކުއްޔަށް ދޫކުރުމާއި ގުޅޭ
ނ. ކެނދިކުޅުދޫގައި ޤާއިމުކޮށްފައިވާ ގްރީން ހައުސް (ކެނދި ގޮވާން 13) އަދި ވަށައިގެންވާ ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށެވެ. މިގޮތުން ދޫކުރުމަށް ހަމަޖެހިފައިވާ ބިމަކީ ކެނދިކުޅުދޫ ލައިސަންސް ޓްރެކްގެ އިރުން އަދި ރޮބިންސިއާ ޔޫތް ފައުންޑޭޝަނަށް ދޫކޮށްފައިވާ ބިމުގެ ހުޅަނގުން އޮތް 4200 އަކަފޫޓުގެ ގްރީން ހައުސް ހިމެނޭ ބިމެވެ.
މި އިޢުލާނަށް ބީލަން ހުށަހެޅޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
1. ގްރީން ހައުސްއާ ބެހޭ މަޢުލޫމާތު
ހ - ގްރީން ހައުސްގެ ފްރޭމް ހަދާފައިވަނީ ގަލުވަނައިޒް ހޮޅިންނެވެ. އަދި ބިއްތައް ބައްދައި ހިޔާކޮށްފައިވަނީ އިންސެކްޓް ނެޓުންނެވެ.
ށ - ގްރީން ހައުސްގައި މިވަގުތު ފެނުން ގަސް ހެއްދޭ ނިޒާމް (ހައިޑްރޯފޮނިކް ސިސްޓަމް) ޤާއިމުކޮށްފައިވެއެވެ.
ނ - ގްރީން ހައުސްގެ އެތެރެއާއި ވަށައިގެން އޮންނަ ސަރަޙައްދު ކުއްޔަށް ހިފާ ފަރާތުން ވިނަ ނޮޅައި ސާފުކުރަންވާނެއެވެ.
(ލައިސަންސް ޓްރެކާވީ ފަޅިއަށް އަދި ވާރޭފެން ރައްކާކުރުމަށް ޤާއިމުކޮށްފައިވާ ތާންގިތަކާވީ ފަޅިން 34 އިންޗީގެ ބަޔާއި، ރޮބިންސިއާ ޔޫތް ފައުންޑޭޝަނަށް ދީފައިވާ ބިމާ ދެމެދުގައިވާ 17 ފޫޓުގެ ހުސް ޖާގައާއި، ގްރީން ހައުސްގެ ދެކުނުން އޮތް ގޯޅިއާ ހަމައަށްވާ ހުސްޖާގަ).
ރ - ގްރީން ހައުސްއަށް ގެއްލުމެއްވެގެން މަރާމާތެއް ކުރަންޖެހިއްޖެނަމަ، ނުވަތަ ބައުވެގެން އާބާތުރަ ފިލުވަންޖެހިއްޖެނަމަ އެ މަސައްކަތް ކުރަންވާނީ ކުއްޔަށް ހިފާ ފަރާތުންނެވެ.
ބ - މި މަސައްކަތް ކުރުމަށް ކުއްޔަށް ނަގާ ފަރާތުން އެ ތަނުން ކުނި އުކާލުމަށް ރަޖިސްޓަރީވާންވާނެއެވެ. ޢާންމު އުޞޫލުގެ ތެރެއިން ކުނި ނެގުމަށް ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް ކުނި ނެގޭނެއެވެ. އެކަމަށް ދައްކަންޖެހޭ ފީ ދައްކާނީ ކުއްޔަށް ނަގާ ފަރާތުންނެވެ.
ޅ - ކުއްޔަށް ނަގާ ފަރާތުން ގްރީން ހައުސްގައި ތަރުކާރީއާއި މޭވާގެ ބޭނުން ބާވަތެއް ހެއްދޭނެއެވެ. ނަމަވެސް ބިޔަކޮށް ހެދޭ ބާވަތުގެ ގަސް ބިންމަތީގައި އިންދައި ހެއްދުމަކީ ހުއްދަކަމެއް ނޫނެވެ.
ކ - ކައުންސިލުން ބޭނުންވެއްޖެ ހިނދެއްގައި، ކުއްޔަށް ނަގާ ފަރާތުން އެ ތަނުގައި ކުރާ މަސައްކަތުގެ ސައްޙަ މަޢުލޫމާތު، ކައުންސިލުން އެ މަޢުލޫމާތު ނަގަންދާ މުވައްޒަފުންނަށް ފޯރުކޮށްދޭންވާނެއެވެ.
އ - ގްރީން ހައުސްއަށް ބޭނުންވާ ފެނުގެ ޚިދުމަތާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ކުއްޔަށް ހިފާ ފަރާތުގެ ޒިންމާއެކެވެ. އަދި އިމާރާތަށް ފޯރުކޮށްދޭ ޔުޓިލިޓީ ޚިދުމަތްތަކުގެ ބިލްތަކަށް ޒިންމާވާނީވެސް ކުއްޔަށް ހިފާ ފަރާތުންނެވެ.
2. ހުށަހަޅަންޖެހޭ ކުލީގެ މަޢުލޫމާތު
ހ - ގްރީން ހައުސް ހިމެނޭ ބިން ކުއްޔަށް ނެގުމަށް ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ މަހަކަށް -/750ރ (ހަތްސަތޭކަ ފަންސާސް ރުފިޔާ) އެވެ.
ށ - ކުއްޔަށް ނަގާ ފަރާތުން މަސައްކަތް ފެށުމާ ދެމެދު ގްރޭސް ޕީރިއަޑްގެ ގޮތުގައި ދެވޭނީ ގިނަވެގެން 6 (ހައެއް) މަސް ދުވަހެވެ. ކުލީގެ ތާވަލު ހަދާއިރު ކުލި ދައްކަން ފަށާ މުއްދަތާއި، ގްރޭސް ޕީރިއަޑް އަދި ކުލީގެ ޖުމުލަ އެނގޭނޭހެން ތާވަލު ތައްޔާރުކޮށް، ފައިސާ ދައްކާނެ ގޮތުގެ ތަފްޞީލީ ތާވަލެއް ހުށަހަޅަންވާނެއެވެ.
ނ - ކުއްޔަށް ބަދަލު އަންނަމުންދާނަމަ އެ ބަދަލު އަންނަމުންދާގޮތުގެ ތަފްޞީލު އެނގޭނެގޮތަށް އަދި ކުލީގެ ޖުމުލައާއި އަހަރަކަށް އެވްރެޖް ޖެހޭނެ މިންވަރު އެނގޭގޮތަށް ތައްޔާރުކޮށްފައިވާ ޝީޓެއް ހުށަހަޅަންވާނެއެވެ.
3. ރަޖިސްޓްރޭޝަން
ހ - ބިޑުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، 01 ޖުލައި 2026 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އޮންލައިން ފޯމް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓަރ ވާންވާނެއެވެ.
ށ - ރަޖިސްޓްރޭޝަން ފޯމް: https://forms.office.com/r/esR1Y0zWs8
ނ - ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތައް ފިޔަވާ އެހެން އެއްވެސް ފަރާތްތަކަށް ބިޑު ހުށައެއް ނޭޅޭނެއެވެ.
4. މަޢުލޫމާތު ސާފުކުރުން
ހ - މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުން 05 ޖުލައި 2026 ވާ އާދީއްތަ ދުވަހުގެ 11:00 ގައި، ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަން (ކެނދި މާލަން) ގައި އޮންނާނެއެވެ.
ށ - ބީލަން ހުށަހަޅާފަރާތްތަކުން، މި ބައްދަލުވުމުގައި ބައިވެރިވުން ލާޒިމެއް ނޫނެވެ.
ނ - މަޢުލޫމާތު ސާފުކުރަން ހާޟިރު ނުވެވޭ ފަރާތްތަކަށް، ބަދަލުގައި މީހަކު ފޮނުވިދާނެއެވެ. ބަދަލުގައި ފޮނުވާ ފަރާތުގެ މަޢުލޫމާތު (ފުރިހަމަ ނަމާއި، އައިޑީ ކާޑު ނަންބަރާއި، ގުޅޭނެ ނަންބަރު) އިނގޭނެ ގޮތަށް ސިޓީއެއް ހުށަހަޅަންވާނެއެވެ.
ރ - މަޢުލޫމާތު ސެޝަންގައި ބައިވެރި ނުވެވޭނަމަ، ކެނދިކުޅުދޫ ކައުންސިލްގެ ފޯން ނަންބަރު 6563941 އަށް ގުޅުއްވައިގެން ނުވަތަ projects@kendhikulhudhoo.gov.mv މެއިލް ކޮށްގެން މަޢުލޫމާތު ސާފުކުރެވޭނެއެވެ. މަޢުލޫމާތު ސާފުކުރުމުގެ ސުންގަޑިއަކީ 09 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 11:00 އެވެ.
5. ބީލަން ހުށަހެޅުން
ހ - ބީލަން ހުޅުވުން އޮންނާނީ 12 ޖުލައި 2026 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަން (ކެނދި މާލަން) ގައެވެ.
ށ - ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަން އަދި އިޢުލާން ނަންބަރު ޖަހަންވާނެއެވެ.
ނ - އޮންލައިން ފޯމް މެދުވެރިކޮށް ރަޖިސްޓަރ ނުކުރާ ފަރާތްތަކާއި، ގަޑިޖެހިގެން ބިޑުހުށަހަޅަން ވަޑައިގަންނަވާ ބޭފުޅުންނަށް ބިޑު ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.
6. ބީލަމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް
ހ - ފުރިހަމަކޮށް ސޮއިކޮށްފައިވާ ބީލަން ހުށަހަޅާ ފޯމް.
(ކުންފުނި، ކޯޕަރޭޓިވްސް، ޕާޓްނާރޝިޕް އަދި ވިޔަފާރި ފަދަތަންތަނުން ބީލަން ފޯމް ހުށަހަޅާއިރު އެތަނެއްގެ ސިއްކަ އޮތްނަމަ ސިއްކަ ޖަހަންވާނެއެވެ.)
ށ - ފުރިހަމަކޮށް ސޮއިކޮށްފައިވާ ޗެކްލިސްޓް (ބީލަން ހުށަހަޅާ ފޯމުގެ ފަހަތުގައިވާ)
ނ - ކުންފުނި، ކޯޕަރޭޓިވްސް، ޖަމްޢިއްޔާތައް އަދި ޕާޓްނަރޝިޕް އަކުން ހުށަހަޅާނަމަ ވިޔަފާރި ނުވަތަ ޖަމްޢިއްޔާ ރަޖިސްޓަރީގެ ކޮޕީ
ރ - އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީއާއި ވެރިފަރާތުގެ އައިޑީ ކާޑް ކޮޕީ
ބ - ޖީ.އެސް.ޓީ ރަޖިސްޓަރ ކޮށްފައިވާނަމަ ޖީ.އެސް.ޓީ ސެޓްފިކެޓްގެ ކޮޕީ. ރަޖިސްޓަރީ ނުކުރާނަމަ މީރާގައި ވިޔަފާރި ރަޖިސްޓަރީކުރިކަމުގެ ލިޔުމުގެ ކޮޕީ.
ޅ - ބީލަމުގައި ވެރިފަރާތް ނޫން އެހެން ފަރާތަކުން ސޮއިކުރާނަމަ ސޮއިކުރުމުގެ އިޚްތިޔާރުދީފާއި އޮތްކަމުގެ ލިޔުން؛ ފަރުދީ ވިޔަފާރި، ޕާޓްނާރޝިޕް އަދި ކޯޕަރޭޓިވް ސޮސައިޓީތަކުން ސޮއިކުރުމުގެ އިޚްތިޔާރުދީފައިވާ ކަމުގެ ޕަވާރ އޮފް އެޓަރނީ ހުށަހަޅަންވާނެއެވެ. ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރނޫން އެހެން ފަރާތަކުން ސޮއިކުރިނަމަ ބޯޑު ރިޒޮލިއުޝަން ހުށަހަޅަންވާނެއެވެ.
ކ - ޕްރޮޕޯސަލް އަދި ޕްރޮފައިލް:
މަސައްކަތް ހިންގުމާއި ގްރީން ހައުސް އަދި ވަށައިގެންވާ ބިންތަކުގެ ކަންކަން ބަލަހައްޓާނެ ގޮތުގެ މެނޭޖްމެންޓް ޕްލޭން.
ގަސް ހެއްދުމުގެ ފަންނީ ޕްލޭން
ޕްރޮފައިލްގައި ހުށަހަޅަންޖެހޭ މައިގަނޑު މައުލޫމާތުތަކަކީ:-
ކުރިމަތިލާ ފަރާތުގެ މަޢުލޫމާތު
ކުންފުނި، ޕާޓްނަރޝިޕް ނުވަތަ ކޯޕަރޭޓިވްސް ފަދަ ތަނަކުން ހުށަހަޅާނަމަ ބޯޑު މެންބަރުން އަދި މެނޭޖިންގ ޑިރެކްޓަރ / މެނޭޖިން ޕާޓްނާރ ފަދަ އިސްމަގާމުތަކުގައިވާ ފަރާތްތަކުގެ މަޢުލޫމާތު.
7. މާކްސް ދިނުން
ހިންގުމުގެ ކުއްޔަށް ހުށަހަޅާ އަގަށް %60 (ފަސްދޮޅަސް ޕަސަންޓް)
ހުށަހަޅާ ޕްރޮޕޯސަލްއަށް %40 (ސާޅީސް ޕަސަންޓް)
ޕްރޮޕޯސަލް އިވެލުވޭޓް ކުރުމުގައި ބެލޭނެ ކަންކަމާއި ޕޮއިންޓްދެވޭނެގޮތް (%40 އިންސައްތަ ބެހިފައިވާ ގޮތް)
- ޙިދުމަތް ދިނުމަށް ފަށާނެ މުއްދަތު %30
މި ބަޔަށް މާކްސް ދިނުމުގައި ބަލާނީ މި ބީލަމުގައިވާ ބިމުގައި ކުރަން ބޭނުންވާ މަސައްކަތްތައް ނިންމައި އޮޕަރޭޝަނަށް ގެނައުމަށް ހުށަހަޅާ މުއްދަތަށެވެ. (އެންމެ ކުރު މުއްދަތަށް އެންމެ ގިނަ ޕޮއިންޓް ދޭ އުޞޫލުން). - ބާޒާރަށް ނެރޭނެ ބާވަތްތައް
މިބަޔަކަށް މާކްސް ދިނުމުގައި ބަލާނީ އެންމެ ގިނަ ބާވަތް ހައްދާ މާކެޓަށް ނެރެން ހުށައަޅާ ފަރާތަށެވެ. އެފަރާތުން ހައްދަން ބޭނުންވާ ބާވަތްތަކުގެ ހުށަހެޅިދާނެއެވެ. ނަމަވެސް ގިނަވެގެން މާކްސް ދެވޭނީ ހުށަހަޅާ ބާވަތްތަކުގެ ތެރެއިން 10 ބާވަތަށެވެ. 10 މާކްސް ދެވޭއިރު އެއިން ކޮންމެ ބާވަތެއްގެ ބުރަދަނަކީ 1 މާކުހެވެ. (އެންމެ ގިނަ ބާވަތައް ގިނަ ޕޮއިންޓްދޭ އުޞޫލުން)
8. އިތުރު މަޢުލޫމާތު
އެކަށީގެންވާ އަދަދަށް ބިޑު ލިބިފައި ނުވާނަމަ އަދި ހުށަހަޅާފައިވާ ބިޑްތަކުގެ އަގާއި އެކަށީގެންނުވާނަމަ މި އިޢުލާނު ބާޠިލުކުރުމުގެ އިޚްތިޔާރު ނ. ކެނދިކުޅުދޫ ކައުންސިލަށް ލިބިގެން ވެއެވެ.
- މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
- ނ. ކެނދިކުޅުދޫ، ދިވެހިރާއްޖެ
- ފޯން: 6560013 ނުވަތަ 6560663 (ރަސްމީ ގަޑިގައި)
- އީމެއިލް: projects@kendhikulhudhoo.gov.mv
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
ޑައުންލޯޑް ކުރުމަށް
ރަށުގެ އިއުލާނާއި ދެންނެވުން
24-06-2026
ކައުންސިލް އޮފިސަރ - ދާއިމީ
24-06-2026
ކެނދިކުޅުދޫ "ކެނދި ގޮވާން 13" (ގްރީން ހައުސް) އަދި ވަށައިގެންވާ ބިން ކުއްޔަށް ދޫކުރުމާއި ގުޅޭ
21-06-2026
ކޮމްޕިއުޓަރ ޓެކްނީޝަން - ދާއިމީ
21-06-2026
ކައުންސިލް އެސިސްޓެންޓް - ދާއިމީ
18-06-2026
އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް - (ދާއިމީ)
18-06-2026
ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ޙަރަކާތްތައް ކުރިއަށްދާނެ ސަރަހައްދާއި ވަގުތު އެންގުމާއި ގުޅޭ
15-06-2026
ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން ބާއްވާ ފަރުމަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުމާ ގުޅޭ
19-05-2026
ބަނދަރުގައި ޓަކް ޝޮޕް ހިންގުމުގެ ފުރުޞަތު ހުޅުވާލުމާ ގުޅޭ
13-05-2026