ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކުގެ ދަފުތަރެއް އެކުލަވައިލުމާ ގުޅޭ
ނ. ކެނދިކުޅުދޫ ރައްޔިތުންގެ ތެރެއިން މިހާތަނަށް ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗެއް ނުވަތަ ގެވަޅެއް ލިބިފައި ނުވާ ފަރާތްތަކުން، ގެވަޅަށް ބޭނުންވެފައިވާ މިންވަރު ދެނެގަތުމަށާއި، މިކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުގެ ދަފުތަރެއް އެކުލަވައިލުމަށް މި ކައުންސިލުން ވަނީ ނިންމާފައެވެ.
މި ދަފުތަރު އެކުލަވައިލުމުގެ މައިގަނޑު މަޤްޞަދަކީ ރަށުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތައް އެކަށައެޅުމުގައާއި، ކުރިއަށް އޮތް ތަނުގައި ގޯތި ދޫކުރުމުގެ މަޝްރޫޢުތައް ރޭވުމުގައި ރަށުގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ބޭނުންތެރިކަން ހުރި ނެތް މިންވަރު ދެނެގަތުމެވެ.
ވީމާ، ކެނދިކުޅުދޫ ރައްޔިތުންގެ ތެރެއިން ދިރިއުޅުމަށްޓަކައި ގެވަޅެއް ބޭނުންވާ، އަދި މިހާތަނަށް އެއްވެސް ތަނަކުން ގޯއްޗެއް ލިބިފައިނުވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތު ފުރިހަމަކުރެއްވުމަށްފަހު މި އިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ދަފުތަރުގައި ރަޖިސްޓްރީވުމަށް ތިރީގައިވާ އޮންލައިން ލިންކް މެދުވެރިކޮށް ނުވަތަ މި އިދާރާގެ ކައުންޓަރަށް ވަޑައިގެން 10 އޮގަސްޓް 2026 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓްރީ ވެލެއްވުމަށް ދަންނަވަމެވެ.
ލިންކް: https://forms.cloud.microsoft/r/YkbfgD2BWr
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
ޑައުންލޯޑް ކުރުމަށް
ރަށުގެ އިއުލާނާއި ދެންނެވުން
28-07-2026
ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކުގެ ދަފުތަރެއް އެކުލަވައިލުމާ ގުޅޭ
28-07-2026
ކެނދި ޕްލޭ ސްކޫލް ހިންގާނެ ފަރާތެއް ހޯދުމާއި ގުޅޭ
20-07-2026
ކެނދިކުޅުދޫ ކައުންސިލްގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުމާގުޅޭ ގުޅޭ
14-07-2026
ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓު ލިބުނުގޮތުގެ ޝީޓު އާއްމު ކުރުން –ކައުންސިލް އޮފިސަރ (ދާއިމީ)
14-07-2026
ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓު ލިބުނުގޮތުގެ ޝީޓު އާއްމު ކުރުން – އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް (ދާއިމީ)
13-07-2026
ކަދުރު ބެހުމާ ގުޅޭ
13-07-2026
ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓު ލިބުނުގޮތުގެ ޝީޓު އާއްމު ކުރުން – ކޮމްޕިއުޓަރ ޓެކްނީޝަން (ދާއިމީ)
09-07-2026
ނ.ކެނދިކުޅުދޫގެ އަތިރިމަތިން ކަނޑު އުޅަނދު އެހެލާ ބޭލުން މަނާ ސަރަހައްދުތައް ކަނޑައެޅުމާ ގުޅޭ
09-07-2026