ނ.ކެނދިކުޅުދޫގެ އަތިރިމަތިން ކަނޑު އުޅަނދު އެހެލާ ބޭލުން މަނާ ސަރަހައްދުތައް ކަނޑައެޅުމާ ގުޅޭ

ކެނދިކުޅުދޫގެ އަތިރިމައްޗަށް ކަނޑު އުޅަނދު އެހެލުން މަނާ ސަރަހައްދުތައް މިކައުންސިލުން މިވަނީ ކަނޑަޅާފައެވެ.

ކަނޑު އުޅަނދު އެހެލުމާއި މަރާމާތުކުރުން މަނާކަމަށް ކަނޑައަޅާފައިވާ ސަރަހައްދުތައް:

  1. ބޮޑުމަގު ބީޗް (އައްސޭރި ހިނގުން (ގުލްބަކާގެއާއި އިންވެގެން ދެކުނުން އޮންނަ މަގު) ފެށިގެން ހީނާ ގޯޅި)
  2. ކޮރަކަލި ބީޗް ( ވާދީ ހިނގުމުން ފެށިގެން މައިޒާން ހިނގުމާ ހަމައަށް)
  3. ފިޔޮއްގަނޑު ބީޗް (ކެނދިކޮޅު ބޯޅަދަނޑުގެ އުތުރު ފާރުން ފެށިގެން ބަނދަރު ދެކުނު ފައިކައްޓާ ހަމައަށް އޮތް ސަރަހައްދު)
  4. ދިލްޝާދުގެ އާ ދިމާ އަތިރި (ހިތިމާ ގޯޅިން ފެށިގެން އަސުރުމާ ގޯޅިއާއި ހަމައަށް)
  5. ކުޅުދޫ ފާލަން ސަރަހައްދު (ފާލަން މަގު)
  6. ރެބިޓް ބީޗް (ހިބާ ބީޗް) (ސާފް ގޯތީގެ ދެކުނު ފާރުން ފެށިގެން ނާސިޔާ މަގާހަމައަށް)
  7. ކުޅުދޫ ޓުއަރިޒަމް ޒޯން ފެށޭ ހިސާބުން (ގަބުރުސްތާން އުތުރު ފާރުން) ފެށިގެން ރަށުގެ އުތުރަށް އަދި ފިނދަނަ ގޮނީގެ ދެކުނުން އޮންނަ ސަރަހައްދު (ކައިޓް ބީޗް ސަރަހައްދު ހިމެނޭހެން)

އިސްވެ ދެންނެވުނު ސަރަހައްދުތަކުގައި (ކެނދިކޮޅު އަވަށުން މަސްވެރި ހިނގުމުން ފެށިގެން އަދި ކުޅުދޫ އަވަށުން ދަށް މަގުން ފެށިގެން އަތިރި އާއި ދެމެދު) ސިނާޢީ މަސައްކަތް ކުރުމާއި، އޮޑިދޯނި އެހެލާ މަރާމާތުކުރުމުގެ މަސައްކަތް ކުރުމަކީ މަނާކަމެކެވެ. އަދި އެހެންމެ، ކެނދިކުޅުދޫގެ އެއްވެސް ސަރަހައްދަށް އޮޑި ދޯނި ފަހަރު އެހެލާނަމަ، އެކަމަށް ކައުންސިލުގެ ހުއްދަ ހޯއްދެއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

ޑައުންލޯޑް ކުރުމަށް

ރަށުގެ އިއުލާނާއި ދެންނެވުން

09-07-2026

ނ.ކެނދިކުޅުދޫގެ އަތިރިމަތިން ކަނޑު އުޅަނދު އެހެލާ ބޭލުން މަނާ ސަރަހައްދުތައް ކަނޑައެޅުމާ ގުޅޭ

09-07-2026

ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓު ލިބުނުގޮތުގެ ޝީޓު އާންމު ކުރުން – ކައުންސިލް އެސިސްޓެންޓް (ދާއިމީ)

05-07-2026

ވަޒީފާއަށް ކުރިމަތިލި ފަރާތްތަކުގެ ސްކްރީނިންގ މަރުޙަލާގެ ނަތީޖާ ޝީޓު –ކައުންސިލް އޮފިސަރ (ދާއިމީ)

01-07-2026

ވަޒީފާއަށް ކުރިމަތިލި ފަރާތްތަކުގެ ސްކްރީނިންގ މަރުޙަލާގެ ނަތީޖާ ޝީޓު – ކައުންސިލް އެސިސްޓެންޓް (ދާއިމީ)

01-07-2026

ވަޒީފާއަށް ކުރިމަތިލި ފަރާތްތަކުގެ ސްކްރީނިންގ މަރުޙަލާގެ ނަތީޖާ ޝީޓު – އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް (ދާއިމީ)

01-07-2026

ވަޒީފާއަށް ކުރިމަތިލި ފަރާތްތަކުގެ ސްކްރީނިންގ މަރުޙަލާގެ ނަތީޖާ ޝީޓު – ކޮމްޕިއުޓަރ ޓެކްނީޝަން (ދާއިމީ)

01-07-2026

ކެނދިކުޅުދޫ ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި އެކޮމަޑޭޝަން ބްލޮކްތަކުގެ ގޯތިތެރެ އާއި މަގުފަޅި ސާފުކޮށް ކުނި ކަހާދޭނެ ފަރާތެއް ހޯދުމާ ގުޅޭ

30-06-2026

އަންހެނުންނަށް ޚާއްޞަ ބޮޑުބެރު ޖަަހަން ދަސްކޮށްދޭ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުމާ ގުޅޭ

30-06-2026

އެކި ބޭނުމަށް މަގުމަތި ކޮނުމަށްފަހު އަލުން ފަސްއަޅާ އެއްވަރުކުރުމާ ގުޅޭ