ކެނދިކުޅުދޫ ވިޒިޓަރސް ސެންޓަރ އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ
ކެނދިކުޅުދޫ ކައުންސިލާއި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނަރޖީ އާއި ގުޅިގެން ކެނދިކުޅުދޫގައި ނޭޗަރ ބޭސްޑް ރިކްރިއޭޝަނަލް ފެސިލިޓީ ޤާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން ކެނދިކުޅުދޫގެ ވިޒިޓިންގ ސެންޓަރ އަމިއްލަ ތަކެތީގައި އަޅައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.
މި އިޢުލާނަށް ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ވެވޭނީ އަދި ބީލަން ހުށަހެޅޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
ހ - މިއިޢުލާނާއި ގުޅިގެން ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފޯރުކޮށްދެވޭ މަޢުލޫމާތު ޝީޓު ޝައުގުވެރިކަން ފާޅުކޮށް ރަޖިސްޓަރ ވެފައިވާ ފަރާތްތަކަށް 31 އޯގަސްޓް 2026 ވާ އަންގާރަ ދުވަހު އީމެއިލް މެދުވެރިކޮށް ރަޖިސްޓްރޭޝަން ފޯމުގައި ފޯރުކޮށްދީފައިވާ މެއިލްއަށް މަޢުލޫމާތު ޝީޓު ފޯރުކޮށްދެވޭނެއެވެ.
ށ - ނ.ކެނދިކުޅުދޫގައި އެޅުމަށް ހަމަޖެހިފައިވާ ވިސިޓަރސް ސެންޓަރގެ ކުރެހުން އަދި ބީ.އޯ.ކިއު ޓެމްޕްލެޓް އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.
ނ - ކުރަން ޖެހޭ މަސައްކަތްތައް
- 2 ޝޮޕް
- މިއުޒިއަމް އަދި ކްލާސްރޫމް
- ލައިބްރަރީ
- ރިސެޕްޝަން
- ކިޗަން އަދި އިންޑޯ ޑައިނިންގ
- ޑައިނިންގ އޭރިއާ ސީޓިންގ
- އެންޓްރޭންސް ސީޓިންގސް
- އެހެނިހެން ސީޓިންގސް
- މެންގްރޫވް ޖެޓީ
- ކޮންވެންޝަނަލް ސެންޓަރ
ރަޖިސްޓްރޭޝަން
ހ - ބީލަމުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، 27 އޯގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އޮންލައިން ފޯމް މެދުވެރިކޮށް ރަޖިސްޓަރ ވާންވާނެއެވެ.
ށ - ރަޖިސްޓްރޭޝަން ފޯމް: https://forms.office.com/r/rpbUv8BcgG
ނ – ރަޖިސްޓްރީވުމަށް ފަހު، ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 500ރ (ފައްސަތޭކަ ރުފިޔާ) އެންމެ ގިނަވެގެން 48 ގަޑިއިރުތެރޭގައި ކެނދިކުޅުދޫ ކައުންސިލުގެ ބޭންކް އެކައުންޓަށް ޖަމާކުރަން ވާނެއެވެ. އަދި ޓްރާންސްފާރ ސްލިޕް projects@kendhikulhudhoo.gov.mv އަށް މެއިލް ކުރަންވާނެއެވެ.
އެކައުންޓް ނަން: 1326 Revenue 1
އެކައުންޓް ނަންބަރު: 7720700434001
ބޭންކް ނަން: Bank of Maldives
ރ – ރަޖިސްޓްރޭޝަން ފީ ރީފަންޑް އެއް ކުރެވޭނެއެވެ.
ބ – ބީލަމުގައި ރަޖިސްޓްރީވެ، ރެޖިސްޓްރޭޝަން ފީ ދެއްކުމުން ބީލަމާއި ގުޅޭ ހުރިހާ ޑޮކިއުމެންޓެއް ރެޖިސްޓާރ ކޮށްފައިވާ މެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.
ނ – މަޢުލޫމާތު ސާފުކުރުމަށް އަދި ބީލަން ހުށަހެޅުމަށް ވަޑައިގަނެވޭނީ ހަމައެކަނި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ.
މަޢުލޫމާތު ސާފުކުރުން
ހ - މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުން 30 އޯގަސްޓް 2026 ވާ އާދީއްތަ ދުވަހުގެ 11:00 ގައި، ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަން (ކެނދި މާލަން) ގައި އޮންނާނެއެވެ. އަދި މަޢުލޫމާތު ސެޝަނަށްފަހު، މަޢުލޫމާތު ޝީޓު ފޯރުކޮށްދިނުމަށްފަހު، 8 ސެޕްޓެންބަރު 2026 ވާ އަންގާރަ ދުވަހުގެ 14:00 ގެ ނިޔަލަށް މެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެވޭނެއެވެ.
ށ - ބީލަން ހުށަހަޅާފަރާތްތަކުން، މި ބައްދަލުވުމުގައި ބައިވެރިވުން ލާޒިމެއް ނޫނެވެ.
ނ - މަޢުލޫމާތު ސާފުކުރަން ހާޟިރު ނުވެވޭ ފަރާތުގެ، ބަދަލުގައި އެހެން ފަރާތަކުން މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ވަޑައިގަންނަވާނަމަ، ބައްދަލުވުމުގައި ބައިވެރިވުމުގެ ހުއްދަދިން ކަމުގެ އިޤުރާރުގައި ސޮއިކޮށް މަޢުލޫމާތު ސާފުކުރުމަށް އަންނަ ފަރާތުގެ އައި.ޑީ ކާޑު ކޮޕީ ހުށަހަޅަން ވާނެއެވެ. (މި އިޤުރާރު ހިމެނިފައިވަނީ އިޢުލާނުގެ އެންމެ ތިރީގައި ޖަދުވަލު 1 ގައެވެ.)
ބީލަން ހުށަހެޅުން
ހ - ބީލަން ހުޅުވުން އޮންނާނީ 17 ސެޕްޓެންބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަން (ކެނދި މާލަން) ގައެވެ.
އިތުރު މަޢުލޫމާތު
އެކަށީގެންވާ އަދަދަށް ބިޑު ލިބިފައި ނުވާނަމަ އަދި ހުށަހަޅާފައިވާ ބިޑްތަކުގެ އަގާއި އެކަށީގެންނުވާނަމަ މި އިޢުލާނު ބާޠިލުކުރުމުގެ އިޚްތިޔާރު ނ. ކެނދިކުޅުދޫ ކައުންސިލަށް ލިބިގެން ވެއެވެ.
- މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
- ނ. ކެނދިކުޅުދޫ، ދިވެހިރާއްޖެ
- ފޯން: 6560013 ނުވަތަ 6560674 (ރަސްމީ ގަޑީގައި)
- އީމެއިލް: projects@kendhikulhudhoo.gov.mv
ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.
16 ސަފަރު 1448
30 ޖުލައި 2026
ޑައުންލޯޑް ކުރުމަށް
ރަށުގެ އިއުލާނާއި ދެންނެވުން
30-07-2026
ކެނދިކުޅުދޫ ވިޒިޓަރސް ސެންޓަރ އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ
30-07-2026
ނ. ކެނދިކުޅުދޫ 4 ގެއެއްގެ، ގޯތީގެ ރަޖިސްޓްރީ، ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ގެއްލުމާއި ގުޅޭ
30-07-2026
ކެނދި ހިޔާ ގެސްޓްހައުސް ހިންގާދޭނެ ފަރާތެއް ހޯދުމާ ގުޅޭ
28-07-2026
ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކުގެ ދަފުތަރެއް އެކުލަވައިލުމާ ގުޅޭ
28-07-2026
ކެނދި ޕްލޭ ސްކޫލް ހިންގާނެ ފަރާތެއް ހޯދުމާއި ގުޅޭ
20-07-2026
ކެނދިކުޅުދޫ ކައުންސިލްގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުމާގުޅޭ ގުޅޭ
14-07-2026
ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓު ލިބުނުގޮތުގެ ޝީޓު އާއްމު ކުރުން –ކައުންސިލް އޮފިސަރ (ދާއިމީ)
14-07-2026
ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓު ލިބުނުގޮތުގެ ޝީޓު އާއްމު ކުރުން – އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް (ދާއިމީ)
13-07-2026