ދި މެންގްރޫވް އައިލެންޑް ހުސްނޫނު ވޮލީބޯލް ޗެމްޕިއަންޝިޕް 2026 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުމާއި ހިންގާ ޤަވާއިދު އާންމުކުރުން
ނ. ކެނދިކުޅުދޫ ކައުންސިލުން އިންތިޒާމު ކޮށްގެން 2025 ވަނަ އަހަރުން ފެށިގެން ކުރިޔަށް ގެންދާ، "ދި މެންގްރޫވް އައިލެންޑް ހުސްނޫނު ވޮލީބޯލް ޗެމްޕިއަންޝިޕް 2026"، މިއަހަރު އޮކްޓޯބަރު 20 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަ ޖެހިފައެވެ. މިމުބާރާތަކީ ނޫނު އަތޮޅުގެ ރަށްތަކަށާއި ނޫނު އަތޮޅުގެ ރިސޯޓުތަކުގެ ޓީމުތަކަށް ހާއްސަކޮށްގެން ކުރިޔަށް ގެންދާ މުބާރާތެކެވެ.
މިމުބާރާތުގައި "ދި މެންގްރޫވް އައިލެންޑް ހުސްނޫނު ވޮލީބޯލް ޗެންޕިއަންޝިޕް" (ފިރިހެން އަދި އަންހެން) އާއި "ދި މެންގްރޫވް އައިލެންޑް ހުސްނޫނު ވޮލީބޯލް ރިސޯޓް ލީގް" އާއި "ދި މެންގްރޫވް އައިލެންޑް ހުސްނޫނު ވޮލީބޯލް ސުޕަރ ކަޕް" ހިމެނެއެވެ. މިމުބާރާތްތައް ކުރިޔަށް ދާނެ ގޮތުގެ ތަފުޞީލު އިޢުލާނާއެކު ގެޒެޓްކޮށްފައިވާ ޤަވާއިދުގައި ބަޔާންކޮށްފައިވާނެއެވެ.
ރަޖިސްޓްރޭޝަން ފޯމް ލިންކް:https://forms.cloud.microsoft/r/JQJTC4YSzK
މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކުން 20 ސެޕްޓެންބަރު 2026 ގެ 14:00 ގެ ކުރިން މަތީގައިވާ އޮންލައިން ފޯމް މެދުވެރިކޮށް ރަޖިސްޓްރީވުން އެދެމެވެ.
"ދި މެންގްރޫވް އައިލެންޑް ހުސްނޫނު ވޮލީބޯލް ޗެންޕިއަންޝިޕް 2026" ސްޕޮންސަރ ކުރަން ބޭނުންވާ ފަރާތްތަކަށް ސްޕޮންސަރ ހުށަހެޅުމުގެ ފުރުސަތުވެސް އޮންނާނެއެވެ. ސްޕޮންސަރ ކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ކެނދިކުޅުދޫ ކައުންސިލްގެ ސްޕޯޓްސް މެއިލް (sports@kendhikulhudhoo.gov.mv) މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރެއްވުމަށް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯދުމަށާއި މަޢުލޫމާތު ޙިއްސާކުރުމަށް އެސޯސިއޭޓް ކައުންސިލް އޮފިސަރ ޙުސައިން ޞަލާޙް (9899877) އަށް ގުޅުއްވުން އެދެމެވެ. އަދި މިއިޢުލާނާއެކު މުބާރާތުގެ ހިންގާ ޤަވާއިދުވެސް ގެޒެޓް ކުރަމެވެ.
ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.
29 ސަފަރު 1448
12 އޮގަސްޓް 2026
ރަށުގެ އިއުލާނާއި ދެންނެވުން
13-08-2026
ހަރަހެރި 3 ގުދަނުގައި ހުރި ބައިސްކަލުތައް އާންމު ރައްޔިތުންނަށް ދޫކުރުމާ ގުޅޭ
13-08-2026
ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓު ލިބުނުގޮތުގެ ޝީޓު އާއްމު ކުރުން – ކައުންސިލް އެސިސްޓެންޓް (ދާއިމީ)
13-08-2026
ދި މެންގްރޫވް އައިލެންޑް ހުސްނޫނު ވޮލީބޯލް ޗެމްޕިއަންޝިޕް 2026 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުމާއި ހިންގާ ޤަވާއިދު އާންމުކުރުން
12-08-2026
ނިޔަމި ކޯސް ލެވެލް 2 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން
12-08-2026
ވަގުތީ މަސައްކަތު މީހުންގެ ޕޫލް އެކުލަވާލުން
11-08-2026
ނ. ކެނދިކުޅުދޫ "ފަށަން" އެވެ ކިޔާ ބަންޑާރަ ގޯތީގެ، ގޯތީގެ ރަޖިސްޓްރީ ގެއްލުމާއި ގުޅޭ
11-08-2026
ކެނދިކުޅުދޫ ކައުންސިލްގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުމާގުޅޭ
10-08-2026
ޕްރީސްކޫލް ޓީޗަރު (ކޮންޓްރެކްޓް)
09-08-2026