"ދި މެންގްރޫވް އައިލެންޑް ހުސްނޫނު ވޮލީބޯލް ޗެމްޕިއަންޝިޕް 2026" ކުރިއަށްދާ މުއްދަތުގައި ވޮލީ ކޯޓު ސަރަޙައްދުން ކެންޓީން/ގާޑިޔާ ހިންގުމަށް ކުއްޔަށް ދޫކުރުމާގުޅޭ

ކެނދިކުޅުދޫ ކައުންސިލުން އިންތިޒާމްކޮށް، 01 ނޮވެމްބަރ 2026 ގައި ބޭއްވުމަށް ނިންމާފައިވާ "ދި މެންގްރޫވް އައިލެންޑް ހުސްނޫނު ވޮލީބޯލް ޗެމްޕިއަންޝިޕް 2026" ގެ މެޗުތައް ކުރިޔަށް ދާ ވަގުތުތަކުގައި އެ ސަރަހައްދުގައި ކެންޓީން/ގާޑިޔާ ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ސިޓީ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މުބާރާތް ކުރިޔަށް ދާނީ 01 ނޮވެމްބަރ 2026 އިން ފެށިގެން، ކެނދިކުޅުދޫ ޓާފް ވޮލީބޯލް ކޯޓުގައެވެ.

ގާޑިޔާ ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ:

އަދަދު

ބާވަތް

ތަން

ތަނުގެ ބޮޑުމިން

އެންމެ ކުޑަ އަގު

1

ކެންޓީން/ގާޑިޔާ

އުތުރު ފަރާތް

20x20 ފޫޓް

ދުވާލަކަށް 500ރ

 

ގާޑިޔާ/ކެންޓީނުގައި ވިއްކާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި، ތަނުގެ ސާފުތާހިރުކަން ބެލެހެއްޓުމާއި އަދި އުފެދޭ ކުނި މެނޭޖް ކުރުމަކީ ކުއްޔަށް ހިފާ ފަރާތުގެ ޒިންމާއެކެވެ.

ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ އަދަދަށްވުރެ އިތުރަށް ބީލަން ސިޓީ ހުށަހަޅާފައިވާނަމަ ކުއްޔަށް ދޫކުރެވޭނީ އެންމެ މަތީ އަގު ހުށަހަޅާ ފަރާތްތަކަށެވެ. އަދި 2 ފަރާތުން އެއް އަގެއް ހުށަހަޅާފައިވާނަމަ ކުއްޔަށް ދޫކުރާނެ ފަރާތެއް ހޮވާނީ ގުރުއަތުންނެވެ.

މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ރަސްމީ ގަޑީގައި ކެނދިކުޅުދޫ ކައުންސިލްގެ ކައުންޓަރ ނަންބަރު 6560013 އަށް ގުޅުއްވުމަށް ދަންނަވަމެވެ. ނުވަތަ މުނިސިޕަލް އަދި ޕްރޮޖެކްޓްސް ވައިބަރ ނަންބަރު 9442745 އަށް ވައިބަރ ކުރައްވާ މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. ނުވަތަ sports@kendhikulhuhdoo.gov.mv އަށް މެއިލް ކުރައްވައިގެން މައުލޫމަތު ސާފުކުރެއްވުމަށް ދަންނަވަމެވެ.

ބީލަން ނުވަތަ ސިޓީ ކަރުދާހުގެ އަސްލު ހުށަހަޅުއްވަންވާނީ ސިޓީއުރައިގައި ބަންދު ކުރުމަށްފަހު ސިޓީ އުރައިގެ ބޭރުގައި "ކެންޓީން/ގާޑިޔާ ހިންގުމަށް" މިހެން ލިޔުއްވާ އިޢުލާން ނަންބަރު ޖެހުމަށް ފަހުގައެވެ.

ވީމާ، "ދި މެންގްރޫވް އައިލެންޑް ހުސްނޫނު ވޮލީބޯލް ޗެންޕިއަންޝިޕް 2026" ކުރިޔަށްދާ މުއްދަތުގައި އެސަރަހައްދުގައި ކެންޓީން/ގާޑިޔާ ހިންގުމަށް، ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާ ސިޓީ ބަލައިގަތުމާއި ހުޅުވުން އޮންނާނީ 21 އޮކްޓޫބަރު 2026 ވާ ބުދަ ދުވަހުގެ 11:00 ގައި މިއިދާރާގެ ޖަލްސާ ކުރާ މާލަމް (ކެނދި މާލަމް) ގައެވެ. އިޢުލާނާއެކު ކެންޓީން/ގާޑިޔާ ބެހެއްޓުމަށް ހަމަޖެހިފައިވާ ސަރަހައްދު އެނގޭނެ ކުރެހުން އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

13 އޮކްޓޫބަރު 2026

ޑައުންލޯޑް ކުރުމަށް