ކެނދިކުޅުދޫ ޓުއަރިޒަމް ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުން
ކެނދިކުޅުދޫ ކައުންސިލަށް ލަފާދޭ ބޯޑުތަކާއި ކޮމެޓީތައް އުފެއްދުމުގެ އުޞޫލު (DIR)286-MP/286/2026/8 ގެ ދަށުން މި ކައުންސިލުގެ 20 ވަނަ ޖަލްސާއިން ފާސްކޮށްފައިވާ ޤަރާރާއި އެއްގޮތަށް، ކެނދިކުޅުދޫ ޓުއަރިޒަމް ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ބޯޑުގެ މެންބަރުންގެ އަދަދަކީ 7 މެންބަރުންނެވެ. މިބޯޑަށް ކުރިމަތިލުމާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައި އެ ވަނީއެވެ.
މަޤާމް: | ބޯޑު މެންބަރު |
ބޭނުންވާ އަދަދު: | 7 |
މަޤާމުގެ ޝަރުތުތައް: |
|
ހުށަހަޅަން ޖެހޭ ލިޔެކިޔުންތަށް | - ދިވެހި ރައްޔިތެއް އަންގައިދޭ ކާޑުގެ ކޮޕީ (ދުވަސް ހަމަ ނުވާ) - ވަނަ ވަރު ( ސީ.ވީ) - ޓުއަރިޒަމް ދާއިރާގެ ތަމްރީނާއި ތަޖްރިބާ ލިޔުންތަކުގެ ކޮޕީ |
އެޕްލިކޭޝަން ހުށަހެޅުމުގެ ސުން ގަޑި | 15 އޮކްޓޫބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 |
މި މަޤާމްތަކަށް އެދި ކުރިމަތިލުމަށް planning@kendhikulhudhoo.gov.mv ގުޅުން ހުރި ލިޔުންތަކާއިއެކު ސުންގަޑީގެ ކުރިން އީ-މެއިލް މެދުވެރިކޮށް ފޮނުވައިދެއްވުން އެދި ދަންނަވަމެވެ. މިކަމާއި ގުޅޭ އިތުރު މަޢޫލޫމާތު ސާފްކުރުމަށް 6560013 އަށް ގުޅުއްވާ މަޢުލޫމާތު ސާފްކުރެއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
26 ރަބީއުލްޢާޚިރް 1448
07 އޮކްޓޫބަރު 2026
ޑައުންލޯޑް ކުރުމަށް