ކެނދިކުޅުދޫގައި ޤާއިމުކުރާ ގަހުގެ ނާސަރީ އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

ކެނދިކުޅުދޫ ކައުންސިލާއި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނަރޖީ އާއި ގުޅިގެން ކެނދިކުޅުދޫގައި ގަހުގެ ނާސަރީއެއް ޤާއިމުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

މި އިޢުލާނަށް ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ވެވޭނީ އަދި ބީލަން ހުށަހެޅޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

ރަޖިސްޓްރޭޝަން

ހ - ބީލަމުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، 30 އޮގަސްޓް 2026 ވާ އާދީއްތަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އޮންލައިން ފޯމް މެދުވެރިކޮށް ރަޖިސްޓަރ ވާންވާނެއެވެ.

ށ - ރަޖިސްޓްރޭޝަން ފޯމް: https://forms.cloud.microsoft/r/XVidzj1Th5

ނ – ބީލަން ހުށަހެޅުމަށް ވަޑައިގަނެވޭނީ ހަމައެކަނި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ.

މަޢުލޫމާތު ސާފުކުރުން

ހ - މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ސެޝަން 30 އޮގަސްޓް 2026 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ކެނދި މާލަމުގައި އޮންނާނެއެވެ. އަދި މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރި ނުވެވޭނަމަ، ނުވަތަ އިތުރުން މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޕްރޮޖެކްޓްސް މެއިލް (projects@kendhikulhudhoo.gov.mv) މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެވޭނެއެވެ. އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެވޭނެ ސުންގަޑިއަކީ 1 ސެޕްޓެންބަރު 2026 ވާ އަންގާރަ ދުވަހުގެ 13:00 ގެ ނިޔަލަށެވެ.

ށ - ޕްރޮޖެކްޓާއި ބެހޭ މަޢުލޫމާތު އަދި ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް އިޢުލާނާއެކު ގެޒެޓް ކޮށްފައިވާނެއެވެ.

ބީލަން ހުށަހެޅުން

ހ - ބީލަން ހުޅުވުން އޮންނާނީ 7 ސެޕްޓެންބަރު 2026 ވާ ހޯމަ ދުވަހުގެ 11:00 ގައި ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަން (ކެނދި މާލަން) ގައެވެ.

އިތުރު މަޢުލޫމާތު

އެކަށީގެންވާ އަދަދަށް ބިޑު ލިބިފައި ނުވާނަމަ އަދި ހުށަހަޅާފައިވާ ބިޑްތަކުގެ އަގާއި އެކަށީގެންނުވާނަމަ މި އިޢުލާނު ބާޠިލުކުރުމުގެ އިޚްތިޔާރު ނ. ކެނދިކުޅުދޫ ކައުންސިލަށް ލިބިގެން ވެއެވެ.

- މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ

- ނ. ކެނދިކުޅުދޫ، ދިވެހިރާއްޖެ

- ފޯން: 6560013 ނުވަތަ 6560674 (ރަސްމީ ގަޑީގައި)

- އީމެއިލް: projects@kendhikulhudhoo.gov.mv

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

11 ރަބީޢުލްއައްވަލް 1448

24 އޮގަސްޓް 2026

ރަށުގެ އިއުލާނާއި ދެންނެވުން

24-08-2026

ވަޒީފާއަށް ކުރިމަތިލި ފަރާތްތަކުގެ ސްކްރީނިންގ މަރުޙަލާގެ ނަތީޖާ ޝީޓު – ޕްރީސްކޫލް ޓީޗަރ (ކޮންޓްރެކްޓް)

24-08-2026

"ދި މެންގްރޫވް އައިލެންޑް ވޮލީބޯލް ޓޯރނަމެންޓް 2026" ކުރިއަށްދާ މުއްދަތުގައި ވޮލީ ދަނޑު ސަރަޙައްދުން ގާޑިޔާ ހިންގުމަށް ކުއްޔަށް ދޫކުރުމާގުޅޭ

24-08-2026

ކެނދިކުޅުދޫގައި ޤާއިމުކުރާ ގަހުގެ ނާސަރީ އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

19-08-2026

ވިޔަފާރިތަކަށް ލޯނު ދިނުމާ ގުޅޭގޮތުން އެސް.އެމް.އީ ޑިޖިޓަލްގެ ފަރާތުން ބާއްވާ ސެޝަން ތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

18-08-2026

ކެނދި ހިޔާ ގެސްޓްހައުސް ހިންގާދޭނެ ފަރާތެއް ހޯދުމާ ގުޅޭގޮތުން ކޮށްފައިވާ އިޢުލާނުގެ މަޢުލޫމާތު ކަރުދާހަށް ބަދަލު އައުމާއި ބީލަން ހުށަހަޅާ ތާރީޚް ބަދަލުކުރުން

13-08-2026

ހަރަހެރި 3 ގުދަނުގައި ހުރި ބައިސްކަލުތައް އާންމު ރައްޔިތުންނަށް ދޫކުރުމާ ގުޅޭ

13-08-2026

ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓު ލިބުނުގޮތުގެ ޝީޓު އާއްމު ކުރުން – ކައުންސިލް އެސިސްޓެންޓް (ދާއިމީ)

13-08-2026

ދި މެންގްރޫވް އައިލެންޑް ހުސްނޫނު ވޮލީބޯލް ޗެމްޕިއަންޝިޕް 2026 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުމާއި ހިންގާ ޤަވާއިދު އާންމުކުރުން

12-08-2026

ނިޔަމި ކޯސް ލެވެލް 2 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން