ކުނި އަންދާ ރޯކުރުން މަނާކުރުމާ ގުޅޭ

އާންމުންގެ ޚިޔާލާއި މަޝްވަރާގެ މަތިން، ކެނދިކުޅުދޫގައި ކުނި މެނޭޖްކުރުމަށް ލުޔެއް ދިނުމުގެ ގޮތުން މި ކައުންސިލުން 21 ޖުލައި 2024 ގައި ކޮށްފައިވާ އިޢުލާން ނަންބަރު (IUL)286-MP/286/2024/80 އިން "ހުކުރު ދުވަހު ހެނދުނު ގެވަޅުތަކުގައި ފަތްކުނި އެންދުމަށް" ދޫކޮށްފައިވާ ޚާއްސަ ހުއްދައިގެ ބޭރުން، ވަކި ވަގުތެއް ބެލުމެއްނެތި އެކި ތަންތަނުގައި އަލިފާން ރޯކޮށް ކުނިއެންދުމާއި، ދިރިއުޅުމަށް ދޫކުރެވިފައިވާ ބައެއް ގެވަޅާއި ގޯތިތައް ސާފުކުރުމަށްފަހު ކުނި ނައްތާލުމުގެ ބޭނުމުގައިވެސް، ބޭނުން ވަގުތެއްގައި ކުނި އެންދުން މިހާރަކަށްއައިސް ޢާންމު ކަމަކަށް ވެފައިވާކަން މި ކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ. މީގެއިތުރުން، އަވަށުތެރޭގައި މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައިވެސް އަލިފާން ރޯކޮށް ކުނި އަންދަމުންދާތީ، އެކަމުގެ ޝަކުވާ ތަކުރާރުކޮށް ކައުންސިލަށް ދަނީ ލިބެމުންނެވެ.

އެހެންކަމުން، މި ކަންކަމަށް ހައްލެއް ހޯދުމުގެ ގޮތުންނާއި އާންމު ސިއްހަތާއި ރައްކާތެރިކަމަށްޓަކައި، "ހުކުރު ދުވަހު ހެނދުނު ގެވަޅުތަކުގައި ފަތްކުނި އެންދުމަށް" ދީފައިވާ ހާއްސަ ހުއްދަ މިއަދުން ފެށިގެން ބާތިލުކުރެވިފައިވާވާހަކަ ދަންނަވަމެވެ.

އަދި މިއަދުން ފެށިގެން ކެނދިކުޅުދޫގެ އެއްވެސް ތަނެއްގައި (މީހުން ދިރިއުޅޭ ގެތަކުގައި، ގޯތިތަކުގައި، ނުވަތަ އާންމު ސަރަހައްދުތަކުގައިވެސް) އަލިފާން ރޯކޮށް ކުނިއެންދުމަކީ މުޅިން މަނާކަމެއް ކަމުގައި ކައުންސިލުން ވަނީ ކަނޑައަޅާފައެވެ.

ވީމާ، މި އެންގުމާ ޚިލާފަށް ކެނދިކުޅުދޫގެ އެއްވެސް ތަނެއްގައި އަލިފާން ރޯކޮށް ކުނިއަންދާ ފަރާތްތަކާމެދު ކަނޑައެޅިފައިވާ ގަވާއިދާ އެއްގޮތަށް ފިޔަވަޅު އަޅަމުންދާނެ ވާހަކަ އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

04 އޮކްޓޫބަރު 2026

ޑައުންލޯޑް ކުރުމަށް