ނ. ކެނދިކުޅުދޫއިން ހުސްވެފައިވާ 05 ގެވަޅު ލައިޖެއްސުމަށް ހުޅުވާލުމާއި ގުޅޭ
ކެނދިކުޅުދޫއިން ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކުގެ ތެރެއިން، އެކި ސަބަބުތަކާއި ހުރެ ބައެއް ފަރާތްތަކުން ދޫކޮށްލުމާ ގުޅިގެން ހުސްވެފައިވާ 05 ގެވަޅަށް، ލައިޖައްސަން ބޭނުންފުޅުވާ ފަރާތްތަކަށް އެފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ. މި 05 ގެވަޅާއި ލައިޖެއްސުމަށް ފުރުޞަތު ލިބޭނީ، ނ. ކެނދިކުޅުދޫއިން މިހާތަނަށް ގެވަޅުލިބިފައިވާ ފަރާތްތަކަށް އެކަންޏެވެ.
ވުމާއެކު، ކެނދިކުޅުދޫއިން ހުސްވެފައިވާ 05 ގެވަޅަށް ލައިޖައްސަން ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރޭޝަން ފޯމު ފުރުއްވުމަށްފަހު، 15 އޮކްޓޯބަރ 2026 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ގުރު ނެގުމުގައި ބައިވެރިވެވަޑައިގަތުމަށް ދަންނަވަމެވެ. ހުސްވެފައިވާ 05 ގެވަޅުގެ ސަރަހައްދު އަނގައިދޭ ޗާޓު މި އިޢުލާނާއެކު އެއްކަރުދާސްކުރީމެވެ.
ސުންގަޑިތައް:
ރަޖިސްޓްރޭޝަން | 12 އޮކްޓޫބަރު 2026، 14:00 | |
ގުރުއަތުނެގުން | 15 އޮކްޓޫބަރު 2026، 11:00 | ކެނދި މާލަމް |
ގުރުއަތުލުމަށް ވަޑައިގަންނަވާއިރު ގެންނަން ޖެހޭ ތަކެތި:
1. ލައިޖައްސަން އެދި ހުށަހަޅާ ސިޓީ
2. ގޯތީގެ ރަޖިސްޓްރީ އަސްލު
3. އައިޑީ ކާޑު ކޮޕީ
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
04 އޮކްޓޫބަރު 2026
ޑައުންލޯޑް ކުރުމަށް