ނ.ކެނދިކުޅުދޫއިން ސިޔާސީ ޕާޓީތަކަށް ބިންދޫކުރުމާއި ގުޅޭ

ނ.ކެނދިކުޅުދޫގައި ދެމެހެއްޓެނިވި ގޮތެއްގައި ސިޔާސީ ޙަރަކާތްތައް ހިންގާ ކުރިއެރުވުމަށްޓަކައި ސިޔާސީ ޕާޓީތަކަށް ބިންދޫކުރުމަށް ހުޅުވާލަމެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ ޤާނޫނު ނަންބަރ 4/2013 (ސިޔާސީ ޕާޓިތަކުގެ ޤާނޫނު) އަށް ރިޢާޔަތްކޮށް އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީކޮށް ހިންގަމުންގެންދާ ސިޔާސީ ޕާޓީތަކަށެވެ. މި ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށް ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާހާއި، ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިން އޮތް ސަރަހައްދު އަންގައިދޭ ޗާޓާއި، ސިޔާސީ ޕާޓީތަކަށް ނ. ކެނދިކުޅުދޫއިން ބިން ދޫކުރުމުގައި ޢަމަލުކުރާނެގޮތުގެ އުސޫލު (ގެޒެޓްކޮށްފައިވާ) އެއްކަރުދާސް ކޮށްފައިވާނެއެވެ.

މަޢުލޫމާތު ސެޝަން

ތާރީޚާއި ގަޑި: 01 ޖުލައި 2025، 11:00

ތަން: ކެނދިމާލަމް

ބީލަން ހުޅުވުން

ތާރީޚާއި ގަޑި: 06 ޖުލައި 2025، 13:00

ތަން:ކެނދިމާލަމް

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

26 ޛުލްޙިއްޖާ 1446

22 ޖޫން 2025