ޑައުންލޯޑް ކުރުމަށް
ޑައުންލޯޑް ކުރުމަށް
ނ. ކެނދިކުޅުދޫ، ކުޅުދޫ އަވަށު ކެނދި އުރަހަ-2 އެކަމަޑޭޝަން ދިރިއުޅުމަށް، 2 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ.
މި އެކަމަޑޭޝަން ކުއްޔަށް ނަގަން ޝައުޤުވެރިވާ ފަރާތްތަކުން 29 ނޮވެމްބަރ 2026 ވާ އާދީއްތަ ދުވަހު 11:00 ގައި ކައުންސިލުގެ މީޓިންގ ރޫމަށް ވަޑައިގެން އަގުބަޔާންކޮށް މިއިޢުލާނާ އެއްކަރުދާސް ކުރެވިފައިވާ ފޯމް ހުށަހެޅުމަށް ދަންނަވަމެވެ. ފޯމްއާއިއެކު ކުއްޔަށް ނަގާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ވިޔަފާރިއެއްނަމަ ރަޖިސްޓްރީ ކޮޕީ ހުށަހަޅަންވާނެއެވެ.
މި އެކަމަޑޭޝަން ބްލޮކްގައި ހިމެނެނީ 4 ކޮޓަރިއާއި ފާޚާނާ އަދި ބަދިގެއާއި ސިޓިންގް ރޫމްއެކެވެ. މިތަނުގައި ބޭނުންކުރާނެ ފަރުނީޗަރާއި ހިފާ ގެންގުޅޭނެ އެހެނިހެން ވަޞީލަތްތައް ހޯދުމަކީ ކުއްޔަށް ހިފާ ފަރާތުން ކުރަންޖެހޭ ކަމެކެވެ. ކެނދި އުރަހަ-2 ކުއްޔަށް ހިފުމަށް ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ 6000ރ (ހަހާސް) ރުފިޔާއެވެ.
ކުއްޔަށް ދޭނެ ފަރާތެއް ކަނޑައެޅުމުގައި މާކްސް ދެވޭނެ ގޮތް:
އަގަށް: ކުލީގެ ގޮތުގައި ހުށަހަޅާފައިވާ ޖުމްލަ އަގަށް. ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ މީލާދީ ކޮންމެ މަހަކަށް 6000ރ (ހަހާސް ރުފިޔާ) އެވެ. އެންމެ މަތީ އަގު ހުށަހަޅާފަރާތަކަށް އެންމެ ގިނަ ޕޮއިންޓް ދެވޭނެއެވެ. | 100% |
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
19 ނޮވެންބަރު 2026