ޑައުންލޯޑް ކުރުމަށް
ޑައުންލޯޑް ކުރުމަށް
ޑައުންލޯޑް ކުރުމަށް
ނ. ކެނދިކުޅުދޫގައި ދެމެހެއްޓެނިވި ގޮތެއްގައި އިޖުތިމާޢީ ޙަރަކާތްތައް ހިންގާ ކުރިއެރުވުމަށްޓަކައި ކްލަބް، ޖަމްޢިއްޔާ ޖަމާޢަތްތަކަށް ބިންދޫކުރުމަށް ހުޅުވާލަމެވެ. ބިން ދޫކުރެވޭނެ އެންމެ ދިގު މުއްދަތަކީ 20 އަހަރެވެ.
މި ބީލަމުގައި ބައިވެރިވެވޭނީ ޤާނޫނު ނަންބަރު 2023/3 (ޖަމްޢިއްޔާތަކުގެ ޤާނޫނު) އަދި ގަވާއިދު ނަންބަރ: 2015/R-180 ގެ ދަށުން މިނިސްޓްރީ އޮފް ޔޫތް، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގެ ޖަމުޢިއްޔާ ތަކުގެ ދަފްތަރުގައި ރަޖިސްޓްރީކުރެވިގެން ހިންގާ ކްލަބް، ޖަމްޢިއްޔާ ޖަމާއަތްތަކަށެވެ. މިބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށް ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާހާއި، ކްލަބް، ޖަމްޢިއްޔާ ޖަމާޢަތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތައް އޮތް ސަރަހައްދު އަންގައިދޭ ޗާޓާއި، ކްލަބް، ޖަމިއްޔާ ޖަމާޢާތްތަކަށް ނ. ކެނދިކުޅުދޫއިން ބިން ދޫކުރުމުގައި ޢަމަލުކުރާނެގޮތުގެ އުސޫލު (ގެޒެޓްކޮށްފައިވާ) އެއްކަރުދާސްކޮށް ޝާއިޢުކުރަމެވެ.
ހ - ބީލަމުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، 23 ނޮވެންބަރު 2026 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އޮންލައިން ފޯމް މެދުވެރިކޮށް ރަޖިސްޓަރ ވާންވާނެއެވެ. ށ - ރަޖިސްޓްރޭޝަން ފޯމް: https://forms.cloud.microsoft/r/yEW3jmFQ3G ނ – ބީލަން ހުށަހެޅުމަށް ވަޑައިގަނެވޭނީ ހަމައެކަނި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. | . ރަޖިސްޓްރޭޝަން |
ހ - ބީލަން ހުޅުވުން އޮންނާނީ 30 ނޮވެންބަރު 2026 ވާ ހޯމަ ދުވަހުގެ 11:00 ގައި ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަން (ކެނދި މާލަން) ގައެވެ. | . ބީލަން ހުށަހެޅުން |
- މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ - ނ. ކެނދިކުޅުދޫ، ދިވެހިރާއްޖެ - ފޯން: 6560013 ނުވަތަ 6560674 (ރަސްމީ ގަޑީގައި) - އީމެއިލް: projects@kendhikulhudhoo.gov.mv |
|
ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.
10 ޖުމާދަލްއާޚިރާ 1448
19 ނޮވެންބަރު 2026