ޑައުންލޯޑް ކުރުމަށް
ޑައުންލޯޑް ކުރުމަށް
ޑައުންލޯޑް ކުރުމަށް
މޯލްޑިވްސް އިމިގްރޭޝަނުން ދެއްވާ ޕާސްޕޯޓްގެ ޚިދުމަތްތަކަށް އެދި ހުށަހެޅުމުގެ ފުރުޞަތު، އެންމެހާ ރައްޔިތުންނަށް މިހާރު ވަނީ ހަމަޖެހިފައެވެ. މޯލްޑިވްސް އިމިގްރޭޝަންގެ ފަރާތުން ދެއްވާ ދިވެހި ޕާސްޕޯޓުގެ ހިދުމަތް ލުއި ފަސޭހަ ގޮތެއްގައި އެންމެހާ ރައްޔިތުންނަށް ލިބޭނެ މަގު ތަނަވަސް ކުރުމަށްޓަކާ، ރަށުން ބޭރަށް ދަތުރު ނުކޮށް، ރަށުގައި ތިއްބަވައިގެން ޕާސްޕޯޓަށް އެޕްލައި ކުރުމުގެ ހިދުމަތް މިއަދުން ފެށިގެން މިކައުންސިލުން ލިބެމުންދާނެއެވެ.
ލިބިވަޑައިގަންނަވާނެ ޚިދުމަތްތައް:
އަލަށް ޕާސްޕޯޓް ހެއްދުމަށް އެދި ހުށަހެޅުން
ޕާސްޕޯޓް އައުކުރުމަށް އެދި ހުށަހެޅުން
އޮންލައިންކޮށް ފޯމު ފުރުމާއި ލިޔެކިޔުންތައް އަޕްލޯޑް ކުރުމުގެ އެހީތެރިކަން
ތަން: ނ. ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ކައުންސިލްގެ ނަންބަރަށް ގުޅުއްވުން އެދެމެވެ.
ފޯނު: 6560013
ޚިދުމަތް ދެވޭ ގަޑިތައް: ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 13:00 އަށް
އީމެއިލް: info@kendhikulhudhoo.gov.mv
ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.
10 ޖުމާދަލްއާޚިރާ 1448
19 ނޮވެންބަރު 2026