ހޭޅިފަށުގައި ހެދިފާހުރި ގަސްތައް ކެނޑުން މަނާކުރުމާއި ގުޅޭ

ރަށު އެކި ސަރަހައްދު ހޭޅިފަށް ކައުންސިލުން ސާފުކުރަމުންދާއިރު، ބައެއް ފަރާތްތަކުން ހޭޅިފަށުގައި ހެދިފައި ހުރި ބޮޑެތި ގަސްތައް ކަނޑަމުންދާކަން ވަނީ މި ކައުންސިލަށް ފާހަގަކުރެވިފައެވެ. މިކަމަކީ ގާނޫނު ނަންބަރު 93/4 (ދިވެހިރާއްޖެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ދަށުން ހެދިފައިވާ ޤަވާއިދު ނަންބަރު R-92/2022 (ދިވެހިރާއްޖޭގެ ރަށްތަކުގެ ފެހިކަމާއި ގަސްކަރަ ޙިމާޔަތްކޮށް ދެމެހެއްޓުމާބެހޭ ގަވާއިދު) ގައި މަނާ ކަންކަމުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންކަމުގައި ދަންނަވަމެވެ.

މިބާވަތުގެ ކަންކަމުގެ ސަބަބުން ރަށުގެ ހޭޅިފަށުގައި ހިފޭއްޓެމުންދާ ވެލިގަނޑު ގިރާލާ ރަށުގެ ހޭޅިފަށް ގިރާ ގޮތްވެއެވެ. އަދި ބިޔަ ބޮޑެތި ގަސްތައް ކޮށުމުގެ ސަބަބުން މި ގަސްތަކުން ލިބެމުން އައި ފިނިކަމާއި ހިޔާ ނުލިބި ރަށުގެ މަލަމަތީގެ ރީތިކަން ގެއްލި ގޮނޑުދޮށަށް އިއާދަ ނުކުރެވޭފަދަ ބޮޑެތި ގެއްލުންތަކެއް ލިބިދާނެކަމަށް ބެލެވޭތީ، މިފަދަ ކަންކަން ކުރާ ފަރާތްތަކަށް އެކަން ވަގުތުން ހުއްޓާލުމަށް އަންގަމެވެ.

ވީމާ، ކައުންސިލްގެ ހުއްދަ ނުހޯދާ ރަށުގެ ހޭޅިފަށުގައި ހެދިފައި ހުރި އެއްވެސް ބާވަތުގެ ގަހެއް ކޮށާ ކެނޑުމަކީ މަނާކަމެއްކަމުގައި އަންގާ އިޢުލާން ކުރަމެވެ. އަދި ރަށުގެ ވެށި ހިމާޔަތް ކުރުމަކީ ހުރިހާ ފަރުދުންގެ އިޖުތިމާއީ ޒިންމާއެއްކަމަށް ދެކި، ހޭލުންތެރި ފަރުދުންގެ މުޖުތަމައުއަކަށް ވުމަށް އަބަދުވެސް އިސްކަމެއް ދިނުމަށް ކައުންސިލުން ތިޔަ އެއްމެހާ ރައްޔިތުންނަށް އިލްތިމާސް ކުރަމެވެ.

06 މުޙައްރަމް 1447

01 ޖުލައި 2025

ޑައުންލޯޑް ކުރުމަށް

ރަށުގެ އިއުލާނާއި ދެންނެވުން

13-08-2026

ހަރަހެރި 3 ގުދަނުގައި ހުރި ބައިސްކަލުތައް އާންމު ރައްޔިތުންނަށް ދޫކުރުމާ ގުޅޭ

13-08-2026

ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓު ލިބުނުގޮތުގެ ޝީޓު އާއްމު ކުރުން – ކައުންސިލް އެސިސްޓެންޓް (ދާއިމީ)

13-08-2026

ދި މެންގްރޫވް އައިލެންޑް ހުސްނޫނު ވޮލީބޯލް ޗެމްޕިއަންޝިޕް 2026 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުމާއި ހިންގާ ޤަވާއިދު އާންމުކުރުން

12-08-2026

ނިޔަމި ކޯސް ލެވެލް 2 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

12-08-2026

ވަގުތީ މަސައްކަތު މީހުންގެ ޕޫލް އެކުލަވާލުން

11-08-2026

ނ. ކެނދިކުޅުދޫ "ފަށަން" އެވެ ކިޔާ ބަންޑާރަ ގޯތީގެ، ގޯތީގެ ރަޖިސްޓްރީ ގެއްލުމާއި ގުޅޭ

11-08-2026

ކެނދިކުޅުދޫ ކައުންސިލްގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުމާގުޅޭ

10-08-2026

ޕްރީސްކޫލް ޓީޗަރު (ކޮންޓްރެކްޓް)

09-08-2026

ހަރަހެރި 3 ގުދަނުގައި ހުރި ބައިސްކަލުތައް އާންމު ރައްޔިތުންނަށް ދޫކުރުމާ ގުޅޭ