ކެނދި ޕްލޭ ސްކޫލަށް ދަރިވަރުން ވެއްދުމާއި ގުޅޭ
2026 ވަނަ އަހަރުގެ ނާސަރީ އަދި ބޭބީ ނާސަރީ އަށް ދަރިވަރުން ސްކޫލަށް ވެއްދުމުގެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލާފައިވާ ވާހަކަ ދަންނަވަމެވެ.
ވީމާ މިކުލާސްތަކަށް އަލަށް ދަރިވަރުން ވެއްދުމަށް ބޭނުންވާ ފަރާތްތަކުން 10 ޖަނަވަރީ 2026 ގެ 13:00 ގެ ކުރިން މިއިދާރާއަށް ރަޖިސްޓްރޭޝަން ފޯމް ހުށައެޅުއްވުމަށް ދަންނަވަމެވެ. ރަޖިސްޓްރޭޝަން ފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. ފޯމް ބަލައިގަންނާނީ ހަމައެކަނި ކެނދިކުޅުދޫ ކައުންސިލް އިދާރާއިން ކަމުގައި ދަންނަވަމެވެ. އަދި ފޯމާއެކު، ހުށައެޅުމަށް ދަންނަވާފައިވާ ލިޔުންތައް ހަމަކުރައްވާ ކަނޑައަޅާފައިވާ ސުންގަޑިއަށް ފޯމު ހުށައެޅުއްވުމަށް ސާމާލުކަން ދެއްވުމަށްވެސް ދަންނަވަމެވެ.
ފީދެއްކުމާގުޅޭ މަޢުލޫމާތު، ފޮތްލިސްޓް އަދި ދަރިވަރުންގެ ޔުނީފޯމާއި ގުޅޭ މަޢުލޫމާތު، ކިޔެވުން ފެށުމުގެ ކުރިން ބެލެނިވެރިންނާއި ޙިއްސާކޮށް އޮޅުންފިލުވައިދެވޭނެ ކަމުގައި ދަންނަވަމެވެ. މިކަމާ ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، ކެނދިޕްލޭ ސްކޫލުގެ ފޯކަލް ޕޮއިންޓް، އ.ތ.މ ކޮމިޓީގެ ނައިބުރައީސް، އަލްފާޟިލާ ނަޛްފާ މުޙައްމަދު ސަޢީދު (9661385) އަށް ގުޅުއްވުމަށް ދަންނަވަމެވެ.
ގްރޭޑް
ޢުމުރުފުރާ
ބޭބީ ނާސަރީ
2025 ވަނަ އަހަރު ޑިސެންބަރު 31 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރުން
ނާސަރީ
2025 ވަނަ އަހަރު ޑިސެންބަރު 31 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރުން
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.
ޑައުންލޯޑް ކުރުމަށް
ރަށުގެ އިއުލާނާއި ދެންނެވުން
30-12-2025
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ ދޫކުރުމާއި ގުޅޭ
24-12-2025
ރަށުގެ ޕްރޮޓެކްޓެޑް އޭރިޔާ ތެރޭގައި ހުރި ގަސްގަހުގެ ހިކިދަރު ހޮވުމުގެ ފުރުސަތު ހުޅުވާލުމާއި ގުޅޭ
24-12-2025
ދިވެހި ބޭސްވެރިންގެ ދަފްތަރެއް އެކުލަވާލުން
22-12-2025
ޕަބްލިކް ސްޕީކިންގ ޓްރެއިނިންގ ޕްރޮގްރާމް ހިންގުމާއި ގުޅޭ
21-12-2025
ނ. ކެނދިކުޅުދޫގައި ކުރިއަށްދާ ފެނާ ނަރުދަމާގެ މަސައްކަތާއި ގުޅޭ
18-12-2025
މޯލްޑިވްސް، މިއުޒިކް އެންޑް އާރޓްސް ސެންޓަރުން ކުރިއަށް ގެންދާ މުބާރާތް، "މަދަހަ ރަންއަޑު" އާއި ގުޅޭ
18-12-2025
ވޮލީބޯޅަ ރެފްރީން ތަމްރީން ކުރުމުގެ ކޯހެއް ހިންގުމާއި ގުޅޭ
18-12-2025
ރުއްގަހުގެ ވެރިފަރާތްތައް ހޯދުމާއި ގުޅޭ
14-12-2025