ދި މެންގްރޫވް އައިލެންޑް ވޮލީބޯލް ޓޯރނަމެންޓް 2026 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

ނ. ކެނދިކުޅުދޫ ކައުންސިލުން އިންތިޒާމު ކޮށްގެން 2024 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ކުރިޔަށް ގެންދާ، "ދި މެންގްރޫވް އައިލެންޑް ވޮލީބޯލް ޓޯރނަމެންޓް 2026"، މިއަހަރު ސެޕްޓެންބަރު 1 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަ ޖެހިފައެވެ. މިމުބާރާތަކީ ކެނދިކުޅުދޫގެ ޓީމުތަކަށް ހާއްސަކޮށްގެން ކުރިޔަށް ގެންދާ މުބާރާތެކެވެ.

މިމުބާރާތް ކުރިޔަށް ދާނީ ފިރިހެން އަދި އަންހެން 2 ޑިވިޜަން ވަކިންނެވެ. މިބުރާތާތް ކުރިޔަށްދާނީ ކޮންމެ ޑިވިޜަނަކުންވެސް 4 ޓީމް ބައިވެރިވެފައިވާނަމައެވެ. އެއަށްވުރެ މަދުން ބައިވެރިވެފައިވާނަމަ، އެޑިވިޜަނެއްގެ މުބާރާތް ކެންސަލް ވެގެންދާނެއެވެ.

ރަޖިސްޓްރޭޝަން ފޯމް ލިންކް: https://forms.gle/ozTwTCJ8CWhUgd1i7

މުބާރާތުގެ ޤަވާއިދުގެ ގެޒެޓް ލިންކް: https://www.gazette.gov.mv/iulaan/403594

މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކުން 13 އޯގަސްޓް 2026 ގެ 14:00 ގެ ކުރިން މަތީގައިވާ އޮންލައިން ފޯމް މެދުވެރިކޮށް ރަޖިސްޓްރީވުން އެދެމެވެ.

"ދި މެންގްރޫވް އައިލެންޑް ވޮލީބޯލް ޓޯރނަމެންޓް 2026" ސްޕޮންސަރ ކުރަން ބޭނުންވާ ފަރާތްތަކަށް ސްޕޮންސަރ ހުށަހެޅުމުގެ ފުރުސަތުވެސް އޮންނާނެއެވެ. ސްޕޮންސަރ ކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ކެނދިކުޅުދޫ ކައުންސިލްގެ ސްޕޯޓްސް މެއިލް (sports@kendhikulhudhoo.gov.mv) މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރެއްވުމަށް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯދުމަށާއި މަޢުލޫމާތު ޙިއްސާކުރުމަށް އެސޯސިއޭޓް ކައުންސިލް އޮފިސަރ ޙުސައިން ޞަލާޙް (9899877) އަށް ގުޅުއްވުން އެދެމެވެ.

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

22 ސަފަރު 1448

05 އޮގަސްޓް 2026

ޑައުންލޯޑް ކުރުމަށް

ރަށުގެ އިއުލާނާއި ދެންނެވުން

05-08-2026

ދި މެންގްރޫވް އައިލެންޑް ވޮލީބޯލް ޓޯރނަމެންޓް 2026 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

30-07-2026

ކެނދިކުޅުދޫ ވިޒިޓަރސް ސެންޓަރ އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

30-07-2026

ނ. ކެނދިކުޅުދޫ 4 ގެއެއްގެ، ގޯތީގެ ރަޖިސްޓްރީ، ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ގެއްލުމާއި ގުޅޭ

30-07-2026

ކެނދި ހިޔާ ގެސްޓްހައުސް ހިންގާދޭނެ ފަރާތެއް ހޯދުމާ ގުޅޭ

28-07-2026

ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކުގެ ދަފުތަރެއް އެކުލަވައިލުމާ ގުޅޭ

28-07-2026

ކެނދި ޕްލޭ ސްކޫލް ހިންގާނެ ފަރާތެއް ހޯދުމާއި ގުޅޭ

20-07-2026

ކެނދިކުޅުދޫ ކައުންސިލްގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުމާގުޅޭ ގުޅޭ

14-07-2026

ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓު ލިބުނުގޮތުގެ ޝީޓު އާއްމު ކުރުން –ކައުންސިލް އޮފިސަރ (ދާއިމީ)

14-07-2026

ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓު ލިބުނުގޮތުގެ ޝީޓު އާއްމު ކުރުން – އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް (ދާއިމީ)