ދިވެހިރާއްޖޭގައި އުފައްދާ ތަކެތީގެ

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ ފަރާތުން ވަނީ ރާއްޖޭގައި ބޭނުންކުރުމަށް ނުވަތަ ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރުމަށް އެކިބާވަތުގެ ތަކެތި އުފައްދާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފައްޓަވާފައެވެ.

މި ދަފްތަރު އެކުލަވާލުމުގެ މައިގަނޑު މަޤްސަދަކީ، ރާއްޖޭގައި އާމްދަނީ ހޯދުމަށް ތަކެތި އުފައްދާ ފަރާތްތަކުގެ މަޢުލޫމާތާއި ވިޔަފާރި އުޞޫލުން ވިއްކުމަށް ތަކެތި އުފައްދާ ފަރާތްތައް ދެނެގަނެ، އެފަރާތްތަކުގެ މަސައްކަތް ކުރިއަރުވައި، ރާއްޖޭގައި ވިއްކުމަށާއި އަދި ބޭރުގެ މާކެޓްތަކަށް އެކްސްޕޯޓުކުރެވޭނެ އުފެއްދުންތައް ދެނެގަނެ، ރާއްޖެއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކާއި އެނޫންވެސް ވިޔަފާރީގެ އެއްބަސްވުންތައްވެފައިވާ ޤައުމުތަކުގައި އެ އުފެއްދުންތަކަށް މާކެޓް ހޯދައިދިނުމެވެ. އަދި މިފަދަ މަސައްކަތްތައް ކުރާ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ، ދިވެހި މަސައްކަތްތެރިންނަށް ތަކެތި އުފެއްދުމުގައި ކުރިއެރުންތަކެއް ހޯދައިދިނުމަގައި އެހީތެރިވުމެވެ.

އެގޮތުން ކެނދިކުޅުދޫ ރައްޔިތުންގެ ތެރެއިން، ތަކެތި އުފައްދާ ދަފްތަރުގައި މަޢުލޫމާތު ހިމެނުމަށް ބޭނުންފުޅުވާ ފަރާތްތަކުން 15 އޮގަސްޓް 2024 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑިންގއާ މަޢުލޫމާތު ހިއްސާކޮށްދެއްވުމަށް ދަންނަވަމެވެ. އަދި މިކަމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކުން ކައުންސިލް އިދާރާގެ ކައުންޓަރަށް ވަޑައިގަތުމުން ރަޖިސްޓްރީކުރުމަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ވާހަކަ ދަންނަވަމެވެ.

ރަޖިސްޓްރޭޝަން ފޯމް

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

01 ޞަފަރު 1446

05 އޮގަސްޓް 2024

ޑައުންލޯޑް ކުރުމަށް

ރަށުގެ އިއުލާނާއި ދެންނެވުން

02-09-2024

ރުއްގަހުގެ ވެރިފަރާތްތައް ހޯދުމާއި ގުޅޭ

21-08-2024

ޖަމާޢަތްތެރިކަމުގެ ކޯސް ހިންގުމާއި ގުޅޭ

15-08-2024

ކައުންސިލް ޕްރޮޖެކްޓްތަކުގެ ޓެކްނިކަލް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

13-08-2024

ރުއްގަހުގެ ވެރިފަރާތްތައް ހޯދުމާއި ގުޅޭ

07-08-2024

ވޭޖު އުސޫލުން ޕޫލަށް މީހުން ނެގުމާއި ބެހޭ

06-08-2024

ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓު ލިބުނުގޮތުގެ ޝީޓު - އެސިސްޓެންޓް ކައުންސިލް އޮފިސަރ(ދާއިމީ)

06-08-2024

ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓު ލިބުނުގޮތުގެ ޝީޓު - އެސިސްޓެންޓް ކައުންސިލް އޮފިސަރ(ދާއިމީ)

05-08-2024

ދިވެހިރާއްޖޭގައި އުފައްދާ ތަކެތީގެ

30-07-2024

މިސްކިތްތަކުގައި ޤާރީ ކިލާސް ހިންގުމާއި ގުޅޭ