ކައުންސިލް ޕްރޮޖެކްޓްތަކުގެ ޓެކްނިކަލް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އިޢުލާން ނަންބަރު: (IUL)286-CB/286/2024/90

.

މިކައުންސިލުން ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކުގެ ކޮންސެޕްޓް ކުރެހުންތައް ތައްޔާރުކޮށްދީ، ޓެކްނިކަލް ސްޕެސިފިކޭޝަންތަކާއި، ސްޓްރަކްޗަރަލް އަދި ސިވިލް ކުރެހުންތަކުގެ މަސައްކަތްތަކާއި ބީ.އޯ.ކިއު ތައްޔާރުކޮށް ކޮންސަލްޓަންސީ ދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މިމަސައްކަތަށް ކުރިމަތިލެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 18 އޮގަސްޓް 2024 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީވުމަށް ދަންނަވަމެވެ.

ރަޖިސްޓްރޭޝަން ލިންކު: https://forms.office.com/r/5L24npqTE9

މި މަސައްކަތަށް ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވާ ފަރާތްތަކުގެ ބީލަން ހުށަހެޅުން އޮންނާނީ، 22 އޯގަސްޓް 2024 ވާ ބުރާސްފަތި ދުވަހު 13:00 ގައެވެ.

ހުށައަޅަންޖެހޭ ލިޔެކިއުންތައް:

ބީލަން ހުށައަޅާ ފޯމް

އަމިއްލަ ފަރުދުންގެ ވިޔަފާރި / ޕާޓްނާޝިޕް ނުވަތަ ކުންފުނީގެ ރަޖިސްޓްރީ ކޮޕީ

ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ސެޓްފިކެޓް

ބީލަމުގައި ވެރިފަރާތް ނޫން އެހެން ފަރާތަކުން ސޮއިކުރާނަމަ ސޮއިކުރުމުގެ އިޚްތިޔާރުދީފައި އޮތްކަމުގެ ލިޔުން.

ބީލަން ހުށައަޅާ ފަރާތުގެ ޕްރޮފައިލް

ބީލަން ހުށައަޅާ ފަރާތުން މިހާރު ކުރަމުންގެެންދާ މަސައްކަތްތަކާއި މިދާއިރާއިން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކުގެ ކުރު ޚުލާސާއެއް ހުށައަޅަންވާނެއެވެ.

6. މަސައްކަތަށް ހުށައަޅާ ޕްރޮޕޯސަލް

ޕްރޮޕޯސަލް ހުށައަޅާއިރު، މިމަސައްކަތް ކޮށްދިނުމަށް ރީޓެއިނަރ ފީގެ ގޮތުގައި މަހެއްގެ މައްޗަށް ކަނޑައަޅާ އަދަދާއި، ޕްރޮޖެކްޓްގެ ސްކޯޕާއި، ކޮންސެޕްޓާއި، ކުރެހުންތަކާއި، ސްޕެސިފިކޭޝަންގެ އިތުރުން ބީ.އޯ.ކިއު ގެ މަސައްކަތް ކޮށްދިނުމަށް އެމަސައްކަތެއްގެ ކުޑަބޮޑު މިނަށް ބަލާ އަކަފޫޓަކަށް ކަނޑައަޅާ ރޭޓް ހުށައަޅަންވާނެއެވެ.

7. ކޮންސަލްޓަންސީގެ ދަށުން ފޯރުކޮށްދޭނެ ޚިދުމަތްތަކުގެ ޚުލާސާ

މަޢުލޫމާތު ކަރުދާހުގައިވާ ސްޕެސިފިކޭޝަނާއި ނުވަތަ ބީލަމާއި ބޭހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅު ވާ ފަރާތްތަކުން projects@kendhikulhudhoo.gov.mv އަށް މެއިލް ކުރެއްވުމަށް ދަންނަވަމެވެ.

ހުށައަޅާ ބީލަން އޮންނަން ވާނީ ސިޓީ އުރައަކަށް ލައި ބަންދު ކުރެވިފައެވެ. އަދި ސިޓީ އުރައިގެ ބޭރުގައި އިޢުލާން ނަންބަރާއި ހުށައަޅާ ފަރާތުގެ ނަމާއި ރަޖިސްޓްރީ ނަންބަރު އެނގެން އޮންނަންވާނެއެވެ.

އެހެންކަމުން، ޝައުޤުވެރިވާ ފަރާތްތަކުން 22 އޯގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކެނދިކުޅުދޫ ކައުންސިލުގެ ކެނދިމާލަން ހޯލަށް ވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

09 ޞަފަރު 1446

13 އޮގަސްޓް 2024

ޑައުންލޯޑް ކުރުމަށް

ރަށުގެ އިއުލާނާއި ދެންނެވުން

02-09-2024

ރުއްގަހުގެ ވެރިފަރާތްތައް ހޯދުމާއި ގުޅޭ

21-08-2024

ޖަމާޢަތްތެރިކަމުގެ ކޯސް ހިންގުމާއި ގުޅޭ

15-08-2024

ކައުންސިލް ޕްރޮޖެކްޓްތަކުގެ ޓެކްނިކަލް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

13-08-2024

ރުއްގަހުގެ ވެރިފަރާތްތައް ހޯދުމާއި ގުޅޭ

07-08-2024

ވޭޖު އުސޫލުން ޕޫލަށް މީހުން ނެގުމާއި ބެހޭ

06-08-2024

ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓު ލިބުނުގޮތުގެ ޝީޓު - އެސިސްޓެންޓް ކައުންސިލް އޮފިސަރ(ދާއިމީ)

06-08-2024

ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓު ލިބުނުގޮތުގެ ޝީޓު - އެސިސްޓެންޓް ކައުންސިލް އޮފިސަރ(ދާއިމީ)

05-08-2024

ދިވެހިރާއްޖޭގައި އުފައްދާ ތަކެތީގެ

30-07-2024

މިސްކިތްތަކުގައި ޤާރީ ކިލާސް ހިންގުމާއި ގުޅޭ