ވޭޖު އުސޫލުން ޕޫލަށް މީހުން ނެގުމާއި ބެހޭ

މިސްކިތްތަކުގެ މަސައްކަތު މީހުން ޗުއްޓީއާއީ ސަލާމުގައި ތިބޭ ދުވަސްވަރު ވޭޖު އުސޫލުން މިސްކިތްތައް ބަލަހައްޓައިދޭނެ ފަރާތްތަކެއް ދަފުތަރުކޮށްފައި ބޭއްވުމަށް ބޭނުންވެއެވެ. މިދަފުތަރުގެ މުއްދަތަކީ 15 އޮގަސްޓް 2024 އިން ފެށިގެން 14 އޮގަސްޓް 2025 ގެ ނިޔަލަށެވެ.

މަޤާމު:

ކައުންސިލް އެސިސްޓެންޓް

މަޤާމުގެ ބާވަތާއި މުއްދަތު

ވޭޖް އެމްޕްލޯއިމަންޓް އުސޫލުން 1 އަހަރު ދުވަހުގެ މުއްދަތަށް

ބޭނުންވާ އަދަދު

މަސައްކަތް ކުރާ ގަޑިއަކަށް -/45 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:

މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫގެ މިސްކިތްތައް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

ކޮންމެ ނަމާދު ވަގުތަކަށް 30 މިނެޓް ހޭދަ ކުރުމާއި އޭގެ އިތުރުން ގޯތިތެރާއި ގޯތީގެ ބޭރު މަގު ކުނިކަހައި ސާފު ކުރުމަށް ދުވާލަކު 2 ގަޑި 30 މިނިޓް ހޭދަކުރުން

ކޮންމެ ނަމާދަކަށް މިސްކިތުގެ އެތެރެ ފޮޅައި ސާފުކޮށް މޮޕް އަޅައި މުސައްލަ އަޅައި ނަމާދަށް މިސްކިތް ތައްޔާރު ކުރުން

މިސްކިތުގެ ބޭރު ދުވާރުތަކާއި ފާޚާނާތަކާއި އިސްކުރުބަރިއާއި ކާނުތައް ކޮންމެ ނަމާދު ވަގުތަކަށް ދޮވެ ސާފުކުރުމާއި އަބަދުވެސް އެތަންތަން ސާފުތާހިރުކޮށް ބޭއްވުން

މިސްކިތުގެ ގޯތީގެ އެތެރާއި ބޭރު ދުވާލަކު 1 ފަހަރު ކުނިކަހައި ސާފުކުރުން

މިސްކިތުގެ އެތެރެއާއި ބޭރު ފާރުތަކާއި ސީލިންގ އާއި ތަނބުތަކާއި ދޮރުތަކާ ދޮރުފަތްތަކާއި، މެމްބަރާއި ފަންކާތަކާއި ބޮކިތަކާއި، ފާޚާނާއާއި އިސްކުރުބަރި ހިމެނޭ ޢިމާރާތުގެ ފާރުތަކާއި ސީލިންގއާއި ބޮކިތައް ހަފްތާއަކު 1 ފަހަރު ފޮޅައި ފެންފޮތިލައި ސާފުކުރުން

މިސްކިތު ގޯތީގެ މަގުފާރުގެ ދެފަރާތާއި އިންފާރު މަހަކު 1 ފަހަރު ދޮވެ ސާފުކޮށް ބެލެހެއްޓުން

މިސްކިތުގެ ގޯތީގައި ބަގީޗާ ގަހާއި ވިނަ އިންދައި ދުވާލަކު 1 ފަހަރު ފެންދީ ހެއްދުމާއި ގަސްތައް ރީތިކޮށް ކޮށައި ރުއްތައް ސާފުކޮށް ބެލެހެއްޓުން

މިސްކިތުގެ އެސެޓްސްތައް ހަފްތާއަކު 1 ފަހަރު ފޮޅާ ފެންފޮތިލައި ފުހެ ސާފު ތާހިރުކޮށް ބެލެހެއްޓުން

ފުރާޅާއި ދިޔަދޮވިތައް ސާފުކުރުމާއި، މަހަކު 1 ފަހަރު ވަޅު ދިޔަހިއްކައި، ދާނިތަކަށް ދަނޑިލައްވައި ބެލެހެއްޓުން

މިސްކިތާއި ބެހޭގޮތުން ކުރާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި މިސްކިތުގެ މަސައްކަތުގެ ދާއިރާގެތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން

ފެންވަރު ނުވަތަ ޝަރުޠު: (ޝަރުޠު ފުރިހަމަ ވާމީހެއް ނަމަ)

ލިޔަންކިޔަން އެނގުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ހުރުން

ހުށަހަޅަންޖެހޭ ސުންގަޑި:

14 އޮގަސްޓް 2024 ، 13:00

ހުށަހަޅަންޖެހޭ ލިއުންތައް:

ދަފުތަރުގައި ރަޖިސްޓަރީ ވުމަށް އެދޭ ސިޓީ

އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ

ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް/ ތަމްރީނު ތަކުގެ ކޮޕީ

ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުން

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

03 ޞަފަރު 1446

07 އޮގަސްޓް 2024

ޑައުންލޯޑް ކުރުމަށް

ރަށުގެ އިއުލާނާއި ދެންނެވުން

02-09-2024

ރުއްގަހުގެ ވެރިފަރާތްތައް ހޯދުމާއި ގުޅޭ

21-08-2024

ޖަމާޢަތްތެރިކަމުގެ ކޯސް ހިންގުމާއި ގުޅޭ

15-08-2024

ކައުންސިލް ޕްރޮޖެކްޓްތަކުގެ ޓެކްނިކަލް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

13-08-2024

ރުއްގަހުގެ ވެރިފަރާތްތައް ހޯދުމާއި ގުޅޭ

07-08-2024

ވޭޖު އުސޫލުން ޕޫލަށް މީހުން ނެގުމާއި ބެހޭ

06-08-2024

ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓު ލިބުނުގޮތުގެ ޝީޓު - އެސިސްޓެންޓް ކައުންސިލް އޮފިސަރ(ދާއިމީ)

06-08-2024

ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓު ލިބުނުގޮތުގެ ޝީޓު - އެސިސްޓެންޓް ކައުންސިލް އޮފިސަރ(ދާއިމީ)

05-08-2024

ދިވެހިރާއްޖޭގައި އުފައްދާ ތަކެތީގެ

30-07-2024

މިސްކިތްތަކުގައި ޤާރީ ކިލާސް ހިންގުމާއި ގުޅޭ