ރުއްގަހުގެ ވެރިފަރާތްތައް ހޯދުމާއި ގުޅޭ

ނ. ކެނދިކުޅުދޫގައިން އަލަށް ދޫކޮށްފައިވާ ޓޫރިޒަމް ބިމާއި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނަށް ޖޫނިއަރ ކޮލެޖް އެޅުމަށް ދޫކޮށްފައިވާ ބިމުގައި ހުރި ރުއްގަހުގެ ވެރިފަރާތްތައް ހޯދަން ބޭނުންވެއްޖެއެވެ.

ޓޫރިޒަމް ބިން

މިިއީ ނ. ކެނދިކުޅުދޫ ކުޅުދޫ އަވަށުން، ޓޫރިޒަމަށް ދޫކޮށްފައިވާ 100،000 އަކަފޫޓުގެ ބިމެކެވެ. މިބިން އޮންނާނީ ކުޅުދޫ އަވަށު ކައިޓް ބީޗުގެ އުތުރުން ކާނީ ބީޗުގެ ދެކުނުން އެދެމެދުގައެވެ. މިބިމުގެ ފުޅާމިނަކީ ދެކުނުފަރާތުގައި 65 މީޓަރު، އުތުރު ފަރާތުގައި 77 މީޓަރެވެ. މި ބިމުގެ ދިގުމިނަކީ 143 މީޓަރެވެ. މިބިން އޮތް ސަރަހައްދުގައި ރުއްތަކުގައި ނަންބަރު ޖަހާފައިވާނީ T1އިން ފެށިގެން T268އަށް ނުލާއި ރަތްކުލައިންނެވެ. ގަސްތަކުގައި ނަންބަރު ޖަހާފައިވާނީ H1އިން ފެށިގެން H53އާއި ހަމަޔަށް ނުލާއި ރަތްކުލައިންނެވެ.

ޖޫނިއަރ ކޮލެޖް ބިން

މިބިމަކީ ނ. ކެނދިކުޅުދޫ، ކެނދިކޮޅު އަވަށުން ޖޫނިއަރ ކޮލެޖު އެޅުމަށްޓަކައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނަށް ދޫކޮށްފައިވާ ބިމެކެވެ. މިބިން އޮންނާނީ ގުލްބަކާގޭގެ ދެކުނުން ފެށިގެން ގޯޅި ދޫކޮށްފައި، އެގޯޅިން ފެށިގެން ކުޑައައިނުގަނޑާއި ހަމަޔަށެވެ. މިބިމަކީ 200 ފޫޓު ފުޅާ އަދި 430 ފޫޓު ދިގު، ޖުމްލަ 86،000 އަކަފޫޓުގެ ބިމެކެވެ. މިބިން އޮތް ސަރަހައްދުގައި ރުއްގަހުގައި ނަންބަރު ޖަހާފައިވާނީ، A1އިން A53އަށް އަދި 1 އިން ފެށިގެން 322 އާއި ހަމަޔަށް ނޫކުލަޔާއި ކަޅުކުލައިންނެވެ.

ވީމާ، މިބިންތަކުގައި ހުރި ރުއްގަހުގެ ވެރިފަރާތްތަކުން 22 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ރުއްގަސް ނަންނޯޓްކުރާ ފޯމް މެދުވެރިކޮށް ފޯމް ހުށައެޅުމަށް ދަންނަަވަމެވެ. ފޯމް ހުށައަޅާނީ ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ކައުންޓަރަށެވެ. ނުވަތަ އޮންލައިންކޮށްނަމަ ms@kendhikulhudhoo.gov.mv މި އީމެއިލް އެޑުރެހަށެވެ. ރުުއްގަހުގެ ނަންބަރު ނޯޓްކުރާ ފޯމް، އަދި 2 ސަރަހައްދުގެ ޗާޓު މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެެއެވެ. އަދި ރުއްގަސް ނޯޓްކުރާ ފޯމް މިކައުންސިލުގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

08 ޞަފަރު 1446

12 އޮގަސްޓް 2024

ރަށުގެ އިއުލާނާއި ދެންނެވުން

02-09-2024

ރުއްގަހުގެ ވެރިފަރާތްތައް ހޯދުމާއި ގުޅޭ

21-08-2024

ޖަމާޢަތްތެރިކަމުގެ ކޯސް ހިންގުމާއި ގުޅޭ

15-08-2024

ކައުންސިލް ޕްރޮޖެކްޓްތަކުގެ ޓެކްނިކަލް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

13-08-2024

ރުއްގަހުގެ ވެރިފަރާތްތައް ހޯދުމާއި ގުޅޭ

07-08-2024

ވޭޖު އުސޫލުން ޕޫލަށް މީހުން ނެގުމާއި ބެހޭ

06-08-2024

ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓު ލިބުނުގޮތުގެ ޝީޓު - އެސިސްޓެންޓް ކައުންސިލް އޮފިސަރ(ދާއިމީ)

06-08-2024

ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓު ލިބުނުގޮތުގެ ޝީޓު - އެސިސްޓެންޓް ކައުންސިލް އޮފިސަރ(ދާއިމީ)

05-08-2024

ދިވެހިރާއްޖޭގައި އުފައްދާ ތަކެތީގެ

30-07-2024

މިސްކިތްތަކުގައި ޤާރީ ކިލާސް ހިންގުމާއި ގުޅޭ