ސިވިލް ސޮސައިޓީ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލުމާއި ގުޅޭ
ދިވެހިރާއްޖޭގެ ޖަމްޢިއްޔާތަކުގެ ޤާނޫނު ނަންބަރު 2022/3 ގެ ދަށުން ރަޖިސްޓްރީ ކޮށްގެން ހިންގާ މަދަނީ ޖަމްޢިއްޔާ/ޖަމާއަތްތަކުން ރާއްޖޭގެ މުޖުތަމައު ބާރުވެރި ކުރުމަށް ހިލޭ ސާބަހަށް ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮރމޭޝަން އެންޑް އާރޓްސް އިން 25 ޖޫން 2025 ގައި "ސިވިލް ސޮސައިޓީ އެވޯޑަށް" ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މިއެވޯޑުގެ މަގުޞަދަކީ ޤައުމުގެ ތަރައްގީގައި ޖަމުޢިއްޔާތައް ބާރުވެރިކުރުމާއި، އަމިއްލަ އިސްނެގުމުގެ މަތިން ތަފާތު ގޮތްގޮތުން އެޖަމުޢިއްޔާއެއް ނިސްބަތްވާ މުޖުތަމައުގެ ރައްޔިތުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް ހިލޭ ސާބަހަށް މަސައްކަތްކުރަމުންދާ މަދަނީ ޖަމްއިއްޔާތަކުގެ ތެރެއިން ނަމޫނާ ދައްކުވައިދޭ ފަދަ މަސައްކަތްތައް ކުރައްވަމުން ގެންދަވާ ޖަމުއިއްޔާ ތަކުގެ އަގުވަޒަންކުރުމެވެ.
ވީމާ، "ސިވިލް ސޮސައިޓީ އެވޯޑް" އަށް ނަން ހުށަހެޅުމަށް ޝައުޤުވެރިވާ ޖަމްޢިއްޔާތަކުން، 10 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން މިނިސްޓްރީގެ ކައުންޓަރަށް އެޕްލިކޭޝަން ފޯމް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ނުވަތަ މިނިސްޓްރީގެ އީމެއިލް: ce@youth.gov.mv އަށް މެއިލް މެދުވެރިކޮށް ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި މަދަނީ ޖަމްޢިއްޔާތަކުގެ އިނާމަށް ކުރިމަތިލުމުގެ އެޕްލިކޭޝަން ފޯމް މިނިސްޓްރީގެ ވެބްސައިޓް www.youth.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
03 ޖުލައި 2025
ޑައުންލޯޑް ކުރުމަށް
ރަށުގެ އިއުލާނާއި ދެންނެވުން
06-09-2026
ކެނދިކުޅުދޫގައި ޤާއިމުކުރާ ގަހުގެ ނާސަރީ އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭގޮތުން ކޮށްފައިވާ އިޢުލާނުގެ މަޢުލޫމާތު ކަރުދާހަށް ބަދަލު އައުމާއި ބީލަން ހުށަހަޅާ ތާރީޚަށް ބަދަލު އައުން
30-08-2026
ކެނދިކުޅުދޫ ވިޒިޓަރސް ސެންޓަރ އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭގޮތުން ކޮށްފައިވާ އިޢުލާނާއި ގުޅިގެން ބާއްވާ މަޢުލޫމާތު ބައްދަލުވުމާއި ބީލަން ހުށަހަޅާ ތާރީޚަށް ބަދަލުއައުމާ ގުޅޭ
24-08-2026
ވަޒީފާއަށް ކުރިމަތިލި ފަރާތްތަކުގެ ސްކްރީނިންގ މަރުޙަލާގެ ނަތީޖާ ޝީޓު – ޕްރީސްކޫލް ޓީޗަރ (ކޮންޓްރެކްޓް)
24-08-2026
"ދި މެންގްރޫވް އައިލެންޑް ވޮލީބޯލް ޓޯރނަމެންޓް 2026" ކުރިއަށްދާ މުއްދަތުގައި ވޮލީ ދަނޑު ސަރަޙައްދުން ގާޑިޔާ ހިންގުމަށް ކުއްޔަށް ދޫކުރުމާގުޅޭ
24-08-2026
ކެނދިކުޅުދޫގައި ޤާއިމުކުރާ ގަހުގެ ނާސަރީ އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ
19-08-2026
ވިޔަފާރިތަކަށް ލޯނު ދިނުމާ ގުޅޭގޮތުން އެސް.އެމް.އީ ޑިޖިޓަލްގެ ފަރާތުން ބާއްވާ ސެޝަން ތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން
18-08-2026
ކެނދި ހިޔާ ގެސްޓްހައުސް ހިންގާދޭނެ ފަރާތެއް ހޯދުމާ ގުޅޭގޮތުން ކޮށްފައިވާ އިޢުލާނުގެ މަޢުލޫމާތު ކަރުދާހަށް ބަދަލު އައުމާއި ބީލަން ހުށަހަޅާ ތާރީޚް ބަދަލުކުރުން
13-08-2026
ހަރަހެރި 3 ގުދަނުގައި ހުރި ބައިސްކަލުތައް އާންމު ރައްޔިތުންނަށް ދޫކުރުމާ ގުޅޭ
13-08-2026