ޕްރީސްކޫލް ޓީޗަރު (ކޮންޓްރެކްޓް)
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު ނަންބަރު (2010/07) ގެ 24 ވަނަ މާއްދާގެ (ކ) ގެ ދަށުން ރަށުކައުންސިލަށް ލިބިދޭ ބާރާއި އިޚްތިޔާރުގެ ދަށުން މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާއިން ކެނދި ޕްލޭ ސްކޫލުގައި ކިޔަވައިދޭނެ ޕްރީސްކޫލް ޓީޗަރުން ހޯދަންބޭނުންވެއްޖެއެވެ.
މަޤާމް:
ޕްރިސްކޫލް ޓީޗަރު (ކޮންޓްރެކްޓް)
ބޭނުންވާ އަދަދު:
02 (ދޭއް)
މުސާރަ:
-/4000 ރުފިޔާ (މަހަކު)
އިތުރު އެލަވަންސް
ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
މަޤާމުގެ ގިންތި:
ވަޤުތީ
ވަޒީފާގެ ބާވަތް:
ކޮންޓްރެކްޓް 1 އަހަރު
މަސައްކަތްކުރަންޖެހޭ ދުވަހާއި ގަޑީގެ އަދަދު:
ޕްރީސްކޫލް ހިންގުމަށް މިކައުންސިލުން ކަނޑައަޅާ ވެރިއެއްގެ ނުވަތަ ކޮމިޓީއެއްގެ ދަށުން އެކުލަވާލާ އުސޫލަކާއި އެއްގޮތަށް.
ފެންވަރު ނުވަތަ ޝަރުތު:
(ހ) ޕްރީ ސްކޫލް ޓީޗިންގ ގެ ދާއިރާއިން، ސެޓްފިކެޓް 2 ލެވެލްގެ ސަނަދެއް ޙާސިލްކޮށްފައިވުން
ނުވަތަ ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުން.
(ނ) ގިނަވަޤުތު މަސައްކަތުގައި އުޅެވޭނެ، ޞިއްޙަތު ރަނގަޅު ފަރާތެއް ކަމުގައިވުން.
(ރ) ޢުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން.
މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:
މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލުވާގޮތަށް ކުލާހުގަޔާއި ކުލާހުން ބޭރުގައި ކިޔަވައިދިނުމާއި ކިޔަވައިދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.
މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލުވާގޮތަށް ލެސަންޕްލޭން ތައްޔާރުކުރުން.
ދަރިވަރުން ޙާޞިލުކުރާ މިންވަރާއި ކުރިއެރުމުގެ ރެކޯޑްތައް ބެލެހެއްޓުން.
ދަރިވަރުންލައްވާ ކުރުވާ ޕްރެކްޓިކަލް މަސައްކަތްތައް ބެލެހެއްޓުން.
ދަރިވަރުންގެ ކުރިއެރުމާބެހޭ ގޮތުން ބެލެނިވެރިންނާއި، ކަނޑައެޅިފައިވާ ވެރިންނަށް މަޢުލޫމާތު ހިއްސާ ކުރުން
ދަރިވަރުން ގެންގުޅޭ މާޙައުލަކީ ދަރިވަރުންނަށް ރައްކާތެރިކަމާއި އަމާންކަން ލިބިގެންވާ މާޙައުލެއްކަން ކަށަވަރުކުރުން.
ދަރިވަރުންނަށް ތަޢުލީމީ ލަނޑުދަނޑިތައް ޙާޞިލުވަމުންދާކަމާއި، ދަރިވަރުންގެ ކިބައިގައި ދީނީ، އަދި ރަނގަޅު އަޚްލާގީ އާދަތައް ހަރުލެއްވެމުންދާކަން ކަށަވަރުކުރުން.
ކުދިން ކުލާހަށް އައުމަށްފަހު ކިޔަވައި ނިމެންދެންނާއި، އަދި ކިޔަވައި ނިމުމުން، އެކުދިންގެ ބެލެނިވެރިން އެ ކުދިންނާ ހަވާލުވަންދެން އެކުދިން ބެލެހެއްޓުމުގެ ޒިންމާނެގުން.
ކުދިންގެ ތަޢުލީމީ ކުރިއެރުން (ކުދިންގެ ތަޢުލީމީ، ޖިސްމާނީ ކުރިއެރުން، ކުދިންގެ ހުނަރުތައް) ޤަވާއިދުން ބަލަހައްޓައި، އެމަޢުލޫމާތު ޤަވާއިދުން ބެލެނިވެރިންނަށް ފޯރުވައިދިނުން (ޕޯޓްފޯލިއޯ، އެނެކްޑޯޓަލް ރިކޯޑްސް).
ސްކޫލްގައި ހިންގާ އިތުރު ޙަރަކާތްތައް ހިންގުމުގެ ޒިންމާނަގައިގެން ހިންގުން.
މަސައްކަތް ކުރަންޖެހޭތަން:
ކުޅުދޫ އަވަށު ކެނދި ޕްލޭ ސްކޫލް
މަސައްކަތުގެ މާހައުލު:
(ހ) މަސައްކަތް ކުރަންޖެހޭ މާހައުލަކީ ދިވެހިރާއްޖޭގެ އާންމު މަސައްކަތު މާހައުލެވެ.
(ށ) މަސައްކަތްކުރަންޖެހޭ މާޙައުލަކީ ދަރިވަރުން ތަމްރީންކުރުމާއި އުނގަންނައިދިނުމަށް ޚާއްސަކުރެވިފައިވާ މާޙައުލެކެވެ.
(ނ) މަސައްކަތަކުގެ މާހައުލަކީ ޢާންމުންނާއި ކުޑަކުދިން އަދި އެނޫންވެސް މީހުން ގިނަ ތަންތަން ކަމުގައި ވާނެތީ، ރިވެތި ބަހުން މުޢާމަލާތްކުރުމާއި، އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު އަދަބު އިޙްތިރާމް އަދާކުރުމަށް ޚާއްޞަ އިސްކަމެއް ދޭންޖެހޭނެއެވެ.
ހުށައަޅަންޖެހޭ ލިޔުންތައް
1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (ފޯމް މިއިޢުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ. އަދި މިކައުންސިލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޙިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢުތިރާޒެއް ނެތްކަމަށް، އެމުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
3. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
4. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުއް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް (މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ).
5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ ( ގުޅޭނެ ނަންބަރާއެކު ) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".
ވަޒީފާޔަށް އެއްމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:
އަސާސީ ޝަރުޠު ހަމަވުން
30
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު
5
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ
5
އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)
25
އިންޓަރވިއު
35
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
(ހ) މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19 އޮގަސްޓް 2026 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް (hr@kendhikulhudhoo.gov.mv) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
(ނ) އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ޝޯޓްލިސްޓުކުރުން:
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 24 އޮގަސްޓް 2026 އާއި 27 އޮގަސްޓް 2026 އާ ދެމެދު، މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލް އިދާރާގައެވެ.ށ. އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
މި އިޢުލާނާއިގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލް އިދާރާގެ 6560013 ނަމްބަރ ފޯނާއިއެވެ. އީމެއިލް ކުރައްވާނީ hr@kendhikulhudhoo.gov.mv އަށެވެ.
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.
ޑައުންލޯޑް ކުރުމަށް
ރަށުގެ އިއުލާނާއި ދެންނެވުން
10-08-2026
ޕްރީސްކޫލް ޓީޗަރު (ކޮންޓްރެކްޓް)
09-08-2026
ހަރަހެރި 3 ގުދަނުގައި ހުރި ބައިސްކަލުތައް އާންމު ރައްޔިތުންނަށް ދޫކުރުމާ ގުޅޭ
05-08-2026
ދި މެންގްރޫވް އައިލެންޑް ވޮލީބޯލް ޓޯރނަމެންޓް 2026 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން
30-07-2026
ކެނދިކުޅުދޫ ވިޒިޓަރސް ސެންޓަރ އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ
30-07-2026
ނ. ކެނދިކުޅުދޫ 4 ގެއެއްގެ، ގޯތީގެ ރަޖިސްޓްރީ، ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ގެއްލުމާއި ގުޅޭ
30-07-2026
ކެނދި ހިޔާ ގެސްޓްހައުސް ހިންގާދޭނެ ފަރާތެއް ހޯދުމާ ގުޅޭ
28-07-2026
ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކުގެ ދަފުތަރެއް އެކުލަވައިލުމާ ގުޅޭ
28-07-2026
ކެނދި ޕްލޭ ސްކޫލް ހިންގާނެ ފަރާތެއް ހޯދުމާއި ގުޅޭ
20-07-2026